ވަޒީފާ އަދާކުރުމުގެ މުއްދަތުގައިި ރާއްޖޭގައި ހުރުމުގެ ހުއްދަ (ވޯކް ޕާމިޓް)ގެެ ގޮތުގައި ނަގަމުން އައި އަދަދު ބޮޑުކޮށްފިއެވެ.

މީގެެ ކުރިން މި ފީގެ ގޮތުގައި ނަގަމުން އައިސްފައި ވަނީ 250 ރުފިޔާއެވެ. އެހެން ނަަމަވެސް މިހާރު ވަނީ ވަޒީފާ އާއި ބެެހޭ ގާނޫނަށް އިސްލާހު ގެނެެސް އެ އަދަދު 350 ރުފިިޔާ އަށް ބޮޑުކޮށްފައެވެ.

އިއްޔެ ބިދޭސީންނަށް ވަޒީފާ ދިނުމުގައި އަމަލުކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުން އާންމުކޮށްފައިވާ ގަވައިދުގައި ވިދާޅުވެފައި ވަނީީ ރާއްޖެއަށް މަސައްކަތްތެރިންގެ ގޮތުގައި ގެންނަ ބިދޭސީން މިހާރު ރަޖިސްޓްރީ ކުރެެވޭނީ ފަސް ކެޓަގަރީއެއްގެ ތެރެއިން ކަމަށެެވެ.

މިހާރު އާންމުުކޮށްފައިވާ ގަވައިދުގައި ބުނެފައިވާ ގޮތުން ގެވެެށި މަސައްކަތްތަކަށް ފިޔަވާ އެހެން ބޭނުންތަކުގައި ރާއްޖެ ގެންނަ ބިދޭސީން ގެނެެވޭނީ ކޯޓާ ފީގެެ ގޮތުން އެއް އަހަރު ދުވަހުުގެެ މުއްދަތަށް މަހަކު 2000 ރުފިޔާ ދެއްކުުމުންނެވެ. އެެ ފައިސާ ދައްކަން ޖެހޭނީ އަންނަ ޖުލައި މަހުން ފެށިގެެން ކަމަށާއި، ފައިސާ ދައްކަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ އަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ކަމަށް އެ ގަވައިދުގައި ވަނީ ވިދާޅުވެފައެވެ.

މި ކޯޓާއާ ނުލައި ބިދޭސީއަކު މަސައްކަތް ކުރުމަށް ރާއްޖެ ގެެނައުމަކީ މަނާކަމެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި ކޯޓާގެ ދަށުން ގެެންނަ ބިދޭސީއަކު ވެރިފަރާތުން ފިޔާވާ އެހެމް ފަރާތްތަކަށް އުސޫލާ ހިލާފަށް ދިނުމަކީވެސް މަނާކަމެއް ކަމަށް އެ ގަވައިދުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގާދިރު

    ތި ފީ ދައްކާ މީހުނަށް ވުރެން ގިނައީ ނުދައްކާ މީހުން

    12
    1
  2. ޙހހހ

    މިހާރު ތިއަށްވުރެވެސް ބޮޑުކުރަންވީ ، މަކަރާއި ހީލަތުން ދައުލަތުގެ ޚަރަދުގައި ފައްޔާޒުމެން ބޭނުންވާ ބިދޭސީން ފޮނުވާލެވިއްޖެއެއްނު ، ނޫމަޑު ފަދަ ކޮމްޕެނީތަކުން އަތުން ބައިރުފިޔާއެއްވެސް ނުދީ ތި ފޮނުވާލީ ، މަކަރުވެރިން

    7
    1
  3. ކޮރަލް

    އިތުރު އުނދަގުލެއް ޖެއްސީ އެވެ. ވޯޓެއް ނުދޭނަމެވެ. އަހަރުމެން މީ ބޭރުގެ ދަރަނި ދައްކަން ހުރި ބައެއް ނޫނެވެ.

    6
    1
  4. ކޮރަލް

    1 މަހައް ފީ ނުނަގަ އެވެ. އެންމެ ކުޑަކޮށް ނަގަނީ 3 މަހަށެވެ. ބައެއް ފަހަރު މީހުން ފުރުވާލާއިރު ނޫނީ ސައިޓް ބަދަލު ކުރާ އިރު ގެއްލުން ވެއެވެ.

  5. އަހުމަދު ނީޒް

    މިދެން ހަމަ ވިޔަފާރި ތައް ފުނޑާލާ ކޮރަޕްޝަން ލާރި ގަނޑު ދޮންނަން ބޭނުންވާ ސަރު ކާރުގެ ކޮރަޕްޓް މީހުންނަށް ހުޅުވަލަ ދޭ ދޮރެއް. އަވަަހަށް މި ކަމުން ސަލާމަތް ވުމަށް އެންމެން އަތު ގުޅާލާ.

    10
    4
  6. ރަންގު ރަޒީ

    ރައްޔިތުން ފެލަނީ..މީވެސް ރައްޔިތުން ފެލަންވެގެން ކުރާކަމެއް.މިވަރަށް ޚަރަދުކޮށްގެން ބޭރުމީހުން ގެނެއިމަވެސް ސަރުކާރުގެ އެއްވެސް ޒިންމާއެއްނޯވޭ.ފިލައިގެން މީހަކު ގޮއްސިއްޔާވެސް އަމިއްލަޔަށް ހޯދަންޖެހެނީ.ފުލުހުންގެ އެއްބާރުލުމެއްވެސް ނުލިބޭ.ކުރިޔަށް އޮތީ ކަޅު ދުވަސްތަކެއް.ރައްޔިތުން ފެލައިގެން ގައުމު ހިނަގަން މިއުޅެނީ.

  7. ރ

    އަނެއްކޮޅުން ދުއްވާ ސައިކަލު ފީ ޑަބަލް ބޮޑު ކޮށްފި

  8. ޙަސަނާ

    އިންސާނީ ވަގުފާރި ނުވަތަ ހިއުމަން ޓުރެފިކު ހިންގުވަނީ ސަރުކާރުން ތިޔަނޫނީ 3 ސަރުކާރައްވެސް ނުކުރެވުނު ކަމެއްނެތް ބޮންދުމެން ބުނާހެން ސަރުކާރު އެވައްތަރުބުނަނި ބިރުނެތީ ފަހުން މައްދްލަނެތީ ކަމާބެހޭމިނިސްޓަރައްވެސް ގަވާއިދެއްހެދިއަސް ދެކޮޅު ޖެހޭގޮތެއްނުވޭ ބައެއްރައްރަށުގަ އާބާދީއައްވުރެ ބޮދުންގިނަ ކައުންސިލްތައް ވަނީ ފެއިލްވެފަ ދައުލަތުން ބޭކާރުހަރަދު ދިވެހިންފެލަނީ ބިދޭސީން އްތުން ޖޫރިމަނާ ވެސްނުނެގޭ..