ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުން ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަމުންދާކަން ދެނެގަތުމަށް އާންމު ހިދުމަތްދޭ ތަންތަން ބަލާފާސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އިން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލު ކުރުމަކީ މި ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެއް ކަަމަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މި އިންސްޕެކްޝަން ކުރިއަށްދާނީ އެ އެޖެންސީ އާއި ފުލުހުންނާއި އަދި ސަރުކާރުގެ އެހެނިހެން އިދާރާތައް
ގުޅިގެން މާލޭ ސަރަޙައްދަށް އަމާޒުކޮށްގެން ކަމަށެެވެ.

އަދި މި އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފިހާރަތަކާއި، ފިޓްނަސް ސެންޓަރުތަކާއި، ސެލޫންތައް އަދި މާރުކޭޓުތައް ފަދަ އާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ބަލާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔަރ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރެވޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލު ކުރޭތޯ ބެލުމަށް މީގެ ކުރިންވެސް އެކިފަހަރުމަތިން އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައި ވެެއެވެ.

މި ފަހަރުގެ އިންސްޕެކްޝަންގައި ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން ކަޑައަޅާފައިވާ ގައިޑްލައިންއާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކިސްމޭ

    މަގުމަތީ މާސްކު ނާޅައި އެއުޅޭ މީހުންގަނޑު ހުއްޓުވަބަލަ!

    16
  2. ބެލެނިވެރިޔާ.

    ވަރަށް ވަރަށް ހިތާމަވެރި ކަމެއް.... މާލޭގަ ކިޔަވައިދޭ ދަބު ކުލައިގެ ސްކޫލުގެ އެއް ޑެޕިއުޓީ ޕްރިންސިޕަލް ކުދިން ވަންނަ ގަޑީގަ ވެސް މާސްކް ތިރި ކޮށްގެން.... ހެދުނު ގަޑީގަ މި ޑެޕިއުޓީ ޕްރިންސިޕަލް ހުންނަވަނީ.... ދެން ކުދިންގެ ރައްކާތެރިކަން ކޮބާ... މި ޑެޕިއުޓީ ޕްރިންސިޕަލްގެ ފަރުދީ ޒިންމާ ކޮބާ... 1 ން 10 ކިޔަވައިދޭ މި ސްކޫލަށް ދާ ކުދިންގެ ރައްކާތެރިކަމަށް ބަލައިލުމެއް ވެސް ނެތް...

  3. ދެރަ

    ސްކޫލްތަކާ އޮފީސްތަށް ޗެކް ކޮށްލިއަސް އަދަދުތައް މައްޗަށް ދާ ސަބަބް ފެނިދާނެ.. ސްކޫލްތަކުގެ ވެރިން ވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ބޯނުލަބާ... ވަރަށް ހިތާމެވެރި ކަމެއް.. ދަރިވަރުންގެ ރައްކާތެރި ކަމަށް ވިސްނާލާފަ ފަރުދީ ޒިންމާ އަދާކުރައްވާނެ ނަމަ ކިހާ ރަގަޅު ވީސް

    11
  4. ދަންބެރު

    މުޒާހަރާ ޖަށްސާތީ އިތުރުކުރަނީ އިތުރުވަނީއެއްނޫން.

    15
    5
  5. ސަމްސިއްޔާ

    ބްރީގައިރޯވީމަތަ ނިކުންނަން އިނގުނީ

  6. ދެކުނުތަރި

    އެޗްޕީއޭ ނިދިންހޭލީތޯ؟/؟؟؟ ކިތައްޝަކުވާ ހުށަހަޅާފަ އެއަށް ޖަވާބުދާރީ ވެވުނުތޯ އެޗްޕީއޭގެ ވެރިންނާ ސުވާލުކޮށްބަލަ. ޒިންމާ އަދާނުކުރެވެންޏާ ގޭގަތިބެބަލަ. ކޮވިޑޭ، ކުކުޅޭ، ހާލޭ، މުރަގަނގަފަތޭ ނުކިޔާ

  7. Anonymous

    ﷲށް ފުރިހަމަ ގޮތުގައި ވަކީލު ކޮށްބަލަ އޭރުން ބަލާ މުޞީބާތްތަކުން ސަލާމަތްވާނެ. ﷲގެ ނިދާ އިއްވޭއިރުވެސް ދުނިޔަވީ ކަންްކަމުގައިއާއި ކުޅިވަރާއި މަޖަލުގައި. ތިމާމެން ފާފ ފަތަކަށް އަރާގަންނަމުން ޙަލާލެއް ޙަރާމެއް ބެލުމެއްނެތި އަދި ﷲ އެންގެވި ގޮތަށް ޢަމަލުތައް ނުބަހައްޓާ ﷲ ވަކީލެއް ނުކުރެވޭނެ.
    އެއީ ދުލުން ބުނެލުމަކުން ކުރެވޭނެ ކަމެއް ނޫން. ތަޤްވާވެރި ނުވެ ކުރެވޭނެ ކަމެއްވެސް ނޫން.