އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ، މުހައްމަދު ޔަސްރިފް މާގާމުން އިސްތިއުފާ ދެއްވަން ނިންމައިފިއެވެ.
ޔަސްރިފް ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އޭނާ ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
"ވަގުތު" އާއި ވާހަކަ ދައްކަމުން ޔަސްރިފް ވިދާޅުވީ، އިސްތިއުފާ ދެއްވަނީ ވަކި ކަމަކާއި ގުޅިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ކައުންސިލް ކަމުގައި ވަރަށް ގިނަ ދުވަހު ހުރެވިއްޖެ ކަމަށާއި އެހެން ކަމެއްވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ޔަސްރިފް ވިދާޅުވީ، އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އަކީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށެވެ.
"އަޅުގަނޑު މާދަމާއިން ފެށިގެން ޑެޕިއުޓީ މޭޔަރ މޭޔަރުގެ މަގާމުން އިސްތިއުފާ ދެނީ. ކައުންސިލް ކަމުގައި ވަރަށް ގިނަ ދުވަހު ހުރެވިއްޖެ. އެހެން ކަމެއްތާ ދެން ހޯދަން ޖެހޭނީ. އަޅުގަނޑު މާދަމާ މި އިސްތިއުފާ ދެނީ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމުން. އެހެންވީމާ މާދަމާވެސް އަޅުގަނޑަކީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރ" ޔަސްރިފް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޔަސްރިފް މަގާމުން އިސްތިއުފާ ދެއްވަނީ އައްޑޫ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް އެންޑް ޕްލޭނިން ޑިޕާޓްމެންޓުގެ ޑިރެކްޓަރުގެ މަގާމާއި ހަވާލުވުމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ޔަސްރިފް ވަކި އެއްޗެކޭ ވިދާޅުވެފައެއް ނުވެއެވެ.
އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރުގެ މަގާމު ފުރުއްވަމުން އަންނަ ޔަސްރިފް މަގާމައި ހަވާލުވެވަޑައިގެންނެވީ 2017 ވަނަ އަހަރުއެވެ. އޭނާއަކީ ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރުވެސްމެއެވެ.
ތިކަހަލަ ބޯގަޅިންނަށް މިސަރުކާރުން ބޮޑެތި މަގާމުތަށް ދޭނެ
މީކާކުތަ ބަލާބެލުމަށް ހާއްސަ އެހީއަށްބޭޭނުންވާ މީހަކާ ވަރަށް ވައްތަރު ގޮތެއް އެބަހުރި
ވަރަށް ވައްތަރު ހަމަނުޖެހޭ މީހަކާ
ކަަލޭ ބޭނުންންވާވާރަށް ބިން ވިއްކާ ނިމުނީތަ
އައްޑޫގެ ތަރައްގީ ޗޮކުހުން ދުއްވާލި އެއް މޭސްތިރި. އަދިވެސް އެހެން ތަނެއްގެ ދުވަސް ދުއްވާލަން ބޭނުމިއްޔާ ޙަވާލުކުރޭ.
ފްރައިމަރީން ފެއިލްވީ ހިސާބުން އިސްތިއުފާ ދޭންޖެހޭ! ކައުންސިލާ ޖެނަރަލްގެ ވަޒީފާލިބުނީތޯ؟
Y
ބިން ތަށް ވިއްކާނެ ވަރަކައް ވިކާފަޅާރިހަދާގެން ކައުންސިލަރ ޖެނަރަލްގެ މަގާމު ބޮއުވަޒީރު ހަމަޖަށްސަވައިދެއްވީމަ އިސްތިއުފާދޭންވީނުން
މޭޔަރައްޢޮތީ ހޮސްޕިޓަލުން ބޮޑުމަގާމެއް ނިމިފަ
މީ މޮޔަ ގޮވާ ބޯ ގޯސް ސޮރެއް.
މި ސޮރު ބުނެފައި އެވަނީ "ކައުންސިލް ކަމުގައި ވަރަށް ގިނަ ދުވަހު ހުރެވިއްޖެ. އެހެން ކަމެއްތާ ދެން ހޯދަން ޖެހޭނީ."
ނަމަވެސް ކައުންސިލްކަމުން އިސްތިއުފާދޭކަށެއް ނޫޅޭ.
މި ސޮރަށް ކިޔޭނުކިޔޭ އެއްޗެއް ނޭނގެ.
މި ސޮރު ސަކަރާއް.
ޙައްހައްހާ
ޒިންމާކުޑަވެފައަދިވެސްރަގަޅުވަރެއްގެފައިސާކޮޅެއް
ލިބޭނެ!