މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑިއެފް އިން ފުރަތަމަ ވިދާޅުވީ، މާލޭގެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި އަލިފާން ރޯވެފައި ވަނީ، މ ގުލްސަމީމާގޭގައެވެ.

އެމްްއެންޑީއެފް އިން ވިދާޅުވީ, އެތަނުގެ ރޯވި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވީ، އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.