އައްޑޫ ސިޓީ ފޭދޫއިން ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު ކުކުޅާ އެކު ހައްޔަރުކޮށްފިއެވެ.

"ވަގުތު" މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ކުކުޅެއް ވަގަށް ނަގަން އުޅުނު އުމުރުން 31 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ކުކުޅެއް ވަގަށް ނަގަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހާއާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީސް މީޑިއާގައި ކުކުޅު ވަގަށް ނެގި މީހާ ހައްޔަރަށް ގެންދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި ފުލުހުންގެ ވެހިކަލަށް އޭނާ އަރުވާފައި ވަނީ ވަގަށް ނަގަން އުޅުނު ކުކުޅާ ވެސް އެކުގައެވެ.

މީސް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުކުޅު އޮތީ މަރުވެފައެވެ. ކުކުޅު މަރުވީ ވަގަށް ނަގަން އުޅުނު މީހާގެ އަމަލުތަކުން ކަމެއް، ނުވަތަ ހައްޔަރު ކުރުމުގެ ތެރޭގައި ހިނގި ކަމަކުން ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޕަރަޕަރާސް

    ކުކުޅުވެސް ހައްޔަރަށް. އެކުކުޅުގެ ކުށަކީ ކޮބާ؟ އަދި އެވެސް ފުރާނަ ނެތް ހާލުގައި. ކުކުޅަށް ހެޔޮ ރަހުމަތް ލައްވާށި. އާމީން

  2. މާމިގިލީ މީހާ

    ސަޅިކަމެއް ތިޔަކުރީ.. ފަހުގެ ތާރީހްގައި ރޭކޯޑެއް ތިޔަހެދީ..އޭނ.ާ އިދެގެންއުޅޭ ކުކުޅަށް ވެސް ވެދާނެ. ކަންނޭގެ.. ނުނީ އީދަށް ނެގި އެއްޗެކަށް ވާނީ

    • Ok

      ޙހހހހ

  3. ޙަހަހަހަ

    ސާބަސް

  4. Hussain

    Kukulhuge maruge masala insaafu verikamaaehku ahvaha balaadhinumah migaumuge valeeul ahmurah govaalan

  5. ފާތުން

    މިއޮއްފަދަ ރޯދަމަހުވެސް ހޭބޯނާރާ ވައްކަންކުރުމުގައި...... ކީކޭ އަޅެ ބުނާނީ

  6. ރޭއަލި

    އަސްލު ކުކުޅުޭނަ ނަގަން އުޅުނީ. އުޅެނިކޮށް ޕޮލިހުން ގޮސް ކުުކުޅު ހައްޔަރުކުރީ. މިހާރުވެސް ކުކުޅު އޮތީ ހައްޔަރީގަ ޕެޕަރ ސްޕްރޭ ޖަހާފަ

  7. ރަށްދު

    ކުކުޅެއް ވަގަށް ނެގީމަ ހައްޔަރު މާހަކުމެރީމަ ދޫކޮއްލަނީ ވަރަށްފައްކާ

  8. އުޅެގަ

    އަބަދުވެސް އައްޑޫ މީހުން އުޅޭނީ ވައްކަން ކުރުމުގެ ތެރޭގައި ދޯ ރޯދަ މަހުވެސް. ދެން ތަމެން ގައުމީ ކަންކަމުގައި އުޅުމުގެ ބަދަލުގައި ވައްކަން ކުރުން ހުއްޓުވޭތޯ ބަލާބަލަ އެއިރުން މާ ތާހިރު ވާނެ އެއް ނޫންތޭ ރަންރީނދޫ ޓްވިޓަރޭ ދޯ.

    • ma

      hahahah,,,,heee hee halaaku

  9. މޯޑް،،،

    ތީކުކުޅެއް ހެންނެއް ހިއެއްނުވޭ ތިހީވަނީ ހާލެއްހެން

  10. އިސްމާލު

    މިރޯދަމަހުގައި އިވުނު އެންމެ މަޖާ ވާހަކަ. ރޯދާ ކުރުވާނީ މިކަހަލަ ވާހަކަ ގިނަގިނައިން އަޑުއިވިގެން.

  11. އެއްޑޭ

    އެއީ އަދި ކުކުޅަކަށްނުވެ އޮތް ހާލެއް. އެކައްކާލުކުން ކުކުޅަކަށް ވެދާނެ.

  12. ކުކުޅޭ

    މިއޭދޯ މިގޫބައްޑާމެންގެ ފެންވަރު.

  13. Anonymous

    ތިއަކަށް ނުކިޔާނެ ވައްކަމެކޭ ޔާމީނު ދަވާލި ލާރިތަކާ ބަލާއިރު

    • ކެނެރީ ސޮނި މުގާބޭ

      އާބިދާގޭ ނަސޯރާ ވެސް