ނ. މަނަދޫގައި ސިޓީ ހޮޓަލެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެ ރަށު ކައުންސިލުން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ރަށު ކައުންސިލަށް އަންގާފައެވެ. އެގޮތުން އެ ސަރަހައްދުގެ ޓީޒަ ވީޑީއޯއެއް ވަނީ އާންމު ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މިމަހުގެ ތިން ވަނަ ދުވަހު ބީލަން އިއުލާނު ކުރާނެ ކަމަށާއި ތިން ވަނަ ދުވަހު ބީލަން ފޮތް ވިއްކަން ފަށާނެ ކަމަށެވެ. އަދި 18 ވަނަ ދުވަހު އެކަމާއި ގުޅޭ އިންފޮމޭޝަން ސެޝަނެއް ދެވޭނެ ކަމަށްވެއެވެ.

ބީލަން ހުށަހެޅުމުގެ ސުން ގަޑިއަކީ މާރިޗު މަހުގެ 14 ވަނަ ދުވަހު ކަމަށާއި 23 މާރިޗުގައި ބީލަން ދިރާސާކޮށް ނިންމާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އެވޯޑް ކުރާތާ 60 ދުވަސް ތެރޭ އެކުއިޒިޝަން ކޯސްޓް ދައްކަން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މަނަދޫ ކައުންސިލްގެ ނައިބު ރައީސް ހުސެއިން ނަޒީދު "ވަގުތަށް" ވިދާޅުވީ، އެ ރަށުގައި ސިޓީ ހޮޓަލެއް ގާއިމު ކުރުމަށް ފުރަތަމަ ކައުންސިލުން މަސައްކަތް ފަށާފައިވަނީ 2011 ވަނަ އަހަރު ކަމަށާއި އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުން އެ މަސައްކަތް އޮތީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައިވަނީ އެ މަސައްކަތް ފެށުމަށް ސަރުކާރުން އިއުލާނު ކުރަން އޮތް ދުވަހު ކަމަށްވެސް ނަޒީދު ވިދާޅުވިއެވެ.

އޭގެ ފަހުން މިދިޔަ އަހަރު އަނެއްކާވެސް ކައުންސިލުން އެ މަސައްކަތް ފަށައި މިހާރު އަލި މަގެއް ފެންނަން ފަށާފައިވާ ކަންވެސް ނަޒީދު ފާހަގަ ކުރެއްވިއެވެ.

މަނަދޫގައި ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ރަށުގެ ހުޅަނގު ކޮޅުގައި އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކޮށްފައިވާ 132،000 އަކަފޫޓުގެ ސަރަހައްދުގައެވެ.

ނަޒީދު ވިދާޅުވީ، ސިޓީ ހޮޓަލެއް ގާއިމު ކުރެވުމުން މުޅި ރަށަށް އެކަމުގެ ފައިދާކޮށް ހެޔޮ ބަދަލުތަކެއް ލިބިގެންދާނެ ކަމަށެވެ.

"މުޅިން އެއްކޮށް މިތަން ހުޅުވާލުމުން ރަށަށް ވަރަށް ފައިދާ ކުރާނެ. އެއަށް ރަނގަޅު އިންވެސްޓަރުން ލިބިގެން އޭތި ވިން ވީމަ ރަށަށް ހެޔޮ ބަދަލުތަކެއް ލިބިގެން ދާނެ" ނަޒީދު ވިދާޅުވިއެވެ.

މިކަމަށް އަލިމަގެއް ފެންނަ ކަން ފަހާގަ ކުރައްވައި ނަޒީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އަދި އެރަށް ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ޝުކުރު އަދާ ކުރައްވާފައެވެ.

މީގެ އިތުރުން ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރާ ހުރިހާ އެންމެންގެ އެއްބާރުލުން އެރަށުން ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޅަތީފާ

  ކަލޭމެ ން ވޯޓައް ރައްޔިތު ން ގު ނބޯ ހެއްދު ން ހުއްޓާލާ ކިތައް ރަށުގަތޯ ސިޓީހޮޓާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަޅަަ ންމީގެކުރި ން ވައުދުވެފައޮތީ ބައެއް ރައްރަށުގެ އި ންވެސް ވީތަ ނެއް މިހާރަކު އެ ނގޭކައް ނެތް

  2
  1
 2. ޖަނާޒާ

  ކެންޕެއިން ހުވަފެން # 01

  1
  1
 3. މޯންޑޭ

  އަވަހަށް ނައިބު ކުރެޑިޓް ނެގީދޯ
  މާލެ އައިސް މިކުރި ކަންކަމުން ތިކަންތިވީ