ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި މިހާރު ދެމުން އަންނަ ވެކްސިނާ ގުޅޭ ގޮތުން ދޮގު މައުލޫޟާތު ފަތުރަމުންދާ ޓީވީ ސްޓޭޝަންތަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދީފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19އަށް ވެކްސިން ޖަހަން ރާއްޖޭގައި ފެށުމާ ގުޅިގެން، އެކަމާ ގުޅޭ މައުލޫމާތު ބްރޯޑްކާސްޓްކުރުމުގައި ސަމާލުވުމަށް ޓީވީ ސްޓޭޝަންތަކަށް އަންގައިފައެވެ. އަދި އާންމުންގެ މެދުގައި ހާސްކަމާއި ނުތަނަވަސްކަން އުފެދޭ ގޮތަށް ސާބިތު ނުހިފޭ ދޮގު މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކުރިއެވެ.
މީގެ އިތުރުން ވެކްސިނާ ގުޅޭ މައުލޫމާތުތައް ބެލުންތެރިންނަށް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. އަދި މައުލޫމާތު ގެނެސްދިނުމުގައި ސިއްހީ ދާއިރާގެ މާހިރުންނާއި ފަންނީ ބޭފުޅުންގެ ބައިވެރިވުމާއި، ލަފާގެ މަތިން ގެނެސްދިނުމަށް އެދުނެވެ.
ބްރޯސްޑްކާސްޓިންގް ކޮމިޝަނުން ވިދާޅުވި ގޮތުގައި ޓީވީ ސްޓޭޝަން ތަކުން ގެނެސްދޭ މައުލޫމާތަކީ ކަމާ ބެހޭ އިދާރާތަކުން މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު ގެނެސްދޭ މަޢުލޫމާތަކަށް ވާންޖެހޭނެއެވެ. ނޫންނަމަ އެ ޗެނަލްއަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ރާއްޖޭގައި ފެތުރެމުން ދާއިރު އެންމެ ޒިންމާދާރު އެއްފަރާތަކީ ނޫސްވެރިންނާއި އެ މައުލޫމާތުތައް ބްރޯޑްކާސްޓް ކުރާ ފަރާތްތައް ކަމުގައިވާއިރު، ކޮވިޑް-19 ވެކްސިންއާ ގުޅޭ މައުލޫމާތުތައް ވީހާވެސް އަވަހަށް، ފަސޭހަކަމާއި ހަމަހަމަކަމާއެކު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޯރުކޮށްދިނުމަށް އެކޮމިޝަނުން ވަނީ ކަމާއި ބެހޭ އިދާރާތަކަށް ގޮވާލައިފައެވެ. އަދި އެ މައުލޫމާތުތައް ރައްޔިތުންނާއި ހިސާބަށް ވީ އެންމެ އަވަހަކަށް ފޯރުކޯށްދިނުމުގައި މީޑިއާތައް އަދާކުރަމުންދާ ދައުރު ފުރިހަމަކަމާ އެކު އަދާކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރިއެވެ.
ކޮބައި ދޮގު މަޢުލޫމަތަކީ؟ އެކަކުވެސް އެބަ ބުނޭތަ ތިޔައީ ވާރޭފެންފުޅިއެކޭ؟ އެކަކުވެސް އެބަ ބުނޭތަ ތިޔައީ ވެކްސިނެއް ނޫނޭ؟ ރައްޔިތުންގެ ގިނަ ބަޔަކު އެ ބުނަނީ އންޑިޔާގެ ވެކްސިންއަކީ މިހާތަނަށް ޑަބްލިއު އެޗް އޯ އިން ޕްރޫފްދީފައިވާ ވެކްސިނެއްނޫނޭ! ސަރުކާރުގެ ވެރިން ޖެހީ އެހެން ވެކްސިނެކޭ! އޭގައި ލޭބަލް ވަނީ ބަދަލުކޮށްފައޭ! މީގައި ދޮގެއް އެބަ އޮތްތަ؟
މަރިޔަމް ވަހީދާއަށް ގޮވާލަން ބޭނުންވަނި ހުރިހާ ޗެނަލްތަކާވެކު ހަމަހަމަ ކޮށް ކަންކުރުމަށް އެކަމު ރާއްޖެ ޓީވީން ކޮންމެފަދަ ވާހަކައެއްދެއްކިޔަސް އަޅާނުލާތަށް ފެނިގެއްދަނީ މީތޯ ހަމަހަމަ ކަމަކީ
އެއްކަމެއް ވެސް ނުކުރެވޭނެ.ތިޔަ ކޮމިޝަން އެއީ އެވަގުތަކު އޮންނަ ސަރުކާރެއްގެ ޕަޕެޓެއް.މަހަށް މަހަށް ދޭބަލަ.
ކިތައްމެ ބިރެއް ދެއްކިޔަސް ޑަބުލިޔު އެޗުއޯއިން ހުއްދަ ނުދޭ މުސްކުޅިންނަށް ނުޖެހޭ ރާމާމަކުނުގެ ސެލް ބޭނުންކޮށްގެން ހެދި އެއްޗަކަށް ނޫނީ ތިޔަ އިންޑިޔާ ވެކުސިން ނުވާނެ. މިއީ އެމީހުންގެ ވެބުސައިޓުގަ ހުރި މައުލޫމާތު.
ދިވެހި ނިކަމެތި ކުށެއްނެތް ރައްޔިތުންގެ މައްޗަށް މިއޮތީ ހިންދޫ އިސްތިއުމާރީ ޝައިތޯނީ ސަރުކާރެއްގެ ވަބާ ޖެހިފަ އަވަލާފަ.
ދެން ކީއްވެތަ މުޅިން ތަފާތު ވައްތަރެއްގެ ފުޅިއެއްގައި ބަންދުކޮށްފައި ހުރި ވެކްސިނެއް ސޯލިބޭ ޖެހީ! އަހަރެން ތި ވެކްސިން ޖަހާނީ އަހަރެމެންނަށްޓަކައި މައިލޯ ދަޅުގައި ބަންދުކޮށްފައި ފޮނުވުމުން!
ގައިމު ކުރިން ބުނެފަ އޮތީ ވެކްސިންޖަހަން ފަށާނީ ޑަބްލިޔު އެޗް އޯ ގެ ހުއްދަލިބުމުންނޭ ދެން އެވާހަކަބުނީމާ ބިރުދައްކަން ނޫޅޭ ކޮބާތަ ދުލާ ގަލަމުގެ މިނިވަން ކަމައް ދަޢުވާކުރިފަރާތްތައް ގައިމު ނުބުނާކަމަކައް ނުވާނެ
މަރިޔަން ކެރޭނެތަ ރާއްޖެ ޓީވީއަށް ފިޔަވަޅު އަޅަން ރާއްޖެ ޓީވީ އަކީ މުޅިންވެސް ލާދީނީ މީހުން ޕްރޮމޯރޓްކުރުމާ ފިތުނަ ފަސާދަ ކުރުމާ ދޮގު މަޢުލޫމާތު ފެތުރުމުގާ ލާމަސީލް ޗެމަލްއެއް ކަލޭގާ ހިންވަރެއް ހުރިއްޔާ ނިކަން ފިޔަވަޅު އަޅާލަބަލަ
ބިރެއް ނުދެއްކޭނެ. އިންޒާރެއް ނުދެވޭނެ. ނުކުރަން ގޮވަލެވިދަނެ. އެކަމު އެމީހަކު ބޭނުން ވާހަކަ އެއް ދައްކާނެ. ބިރު ފަހަނަ އަޅާ ގޮސް ބަސްބުނަން ރައީސް އެދެނީ.
ބިރު ނުދައްކާ ހެއްކާ އެކު ތި ވެކްސިންގެ ސައްހަކަން ރައްޔިތުން ނަށް ކަށަވަރު ކޮއްދީފާ ފިޔަވަޅު އަޅާ ވަހަކަ ދައްކަބަލަ.