ކ. ހިންމަފުއްޓާއި ގިލިލަންކަންފުށި ކައިރީގައި އޮންނަ ފިނޮޅެއް ނައްތާލުމަށް މަސައްކަތް ކުރި އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑޭވިޑް ސްޓެޕެޓިކް މަގާމުން ވަކިކޮށްފައިވާ ކަމަށް އެ ރިސޯޓުން ހާމަކޮށްފިއެވެ.

ހިންމަފުށި ބައެއް ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ގިލިލަންކަންފުށި ކައިރީގައި އޮންނަ ފިނޮޅު ނައްތާލަން މަސައްކަތް ކުރީ ރިސޯޓުގެ މެނޭޖަރު އިސްވެ ހުންނަވައި، އެ ތަނުގެ މުވައްޒަފުން ގުޅިގެންނެވެ. ފިނޮޅު ނައްތާލުމަށް ބޮޑު ފެން ދައުރުވާ ގޮތަށް ބޮޑު ކޯރެއް ކެނޑި ކަމަށްވެއެވެ. ރިސޯޓުން ފިނޮޅަށް އެރި މީހުން ވަނީ ފިނޮޅަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި އެ މައްސަލަ ފުލުހުންނާއި އީޕީއޭ އިން ދަނީ ބަލަމުންނެވެ.

ރިސޯޓުގެ ޖެނެރަލް މެނޭޖަރު ވަކިކޮށްފައި ވަނީ ޒިންމާ އިން އެއްކިބާކޮށްފައި ހުންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަހު ބެހެއްޓުމަށް ފަހުއެވެ.

ރިސޯޓުގެ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓުގެ ވައިސް ޕްރެޒިޑެންޓް ޑޭވިޑް ބްރައުން ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ ރިސޯޓު ކައިރީ އޮތް ފިނޮޅެއް ނައްތާލަން އުޅުނު ހިތާމަވެރި ހާދިސާ ހިނގައިދިޔަ ގޮތް އޭނާ އޮޅުންފިލުއްވާފައިވާ ކަމަށެވެ.

މިކަން މިހާރު ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުން ތަހުގީގު ކުރަމުންދާ އިރު އެ އިދާރާތަކުން ނިންމާ ގޮތަކަށް އަމަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށި މީހުންނާއި އެ ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް އާންމުކޮށް އެ ފިނޮޅަށް ދަތުރު ގޮސް ހަދާ ކަމަށްވެއެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި، ގިލިލަންކަންފުށި ރިސޯޓުން ހިތްހަމަނުޖެހުނީ އެ ތަނަށް ރަށުން މީހުން ދަތުރު ގޮސް ހަދާތީ ރިސޯޓަށް ޗުއްޓީ ހޭދަ ކުރަން އަންނަ ފަތުރުވެރިންނަށް އުނދަގުލާ ކުރިމަތިވާ ކަމަށް ބުނެއެވެ.

އެހެންވެ، ރިސޯޓުގައި މަސައްކަތް ކުރާ ބަޔަކު ފިނޮޅަށް އަރައި ގެއްލުން ދިނީ ފަކީރާ ފަދަ ތަކެތި ހިފައިގެން ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޠު

    މަސްލަހަތަށް އަވަހަށް އޭނަ ފުރުވާލާ.

    11
  2. ލަކީސާ

    ޑީޕޯޓުކޮށްލަން ޖެހޭނީ. މިގައުމުގެ ރަށްތައް ފަނާކުރަން ދިމާކުރީ!!

  3. ޟުސުމް

    ބޮޑުވަރަކަށް ޖުރީމަނާ ކުރެވޭނީ.
    ނުކެރޭނެ ޖަލަށް ލާކަށް.
    އިންޑިއާ މީހުން ރާބޮއިގެން އިސްލާމްދީނަށާއި ދިވެހިންނަށް ފުރައްސާރަ ކުރި އިރު ނޭޅުނު ފިޔަވަޅެއް އަޅަން މިއީ އެއަށްވުރެ ކުޑަކަމެއް.

  4. ފުއާދު

    މެނޭޖަރ ބުނެގެން ވެސް ދިވެހިން ދިވެހިންނައް ގެއްލުން ދިނީތީވެ އެކަމުގައި ބައިވެރި ދިވެހިންވެސް ވަޒީފާއިން ވަކިކުރަން ޖެހޭ،،އެހެން ނޫނީ މިކަލަ ކަންތަކުގައި ދިވެހިން އަދިވެސް ބައިވެރިވާނެ.

  5. ނަޖީބު އައްބާސް

    ބޭރުގެ ބޯޓުފަހަރު ފަރައް އެރީމަ އެތައް މިލިއަން ޑޮލަރުން ޖޫރިމަނާކުރޭ! އެމަކު ބޯޓުފަރައް އަރުވާލަނީގަސްތަކުނޫން! ގަސްތުގަ ދަންރު ވަގައް އަރާ ފިނޮޅެއް ނާންތާލައް މަސައްކުރިބަޔަކު ޖޫރިމަނާކޮއް ވަގައްކަން ކުރީމަ އިތުރު އަބުނުދެނީ ކޮންހަޔަކުން ކަން އެގޭމީހަކު ހުރިބާ! އަޅުގަކީ ޔާމީނައް ދާއީކުރާ މީހަކައްނުވިއަސް ބުނަޖެހޭނީ މިވަސް ޔާމީނު ކުރިކަމެއްނަމަ ސަދޫމުގެ ކުމައްވެފަ އަރެމެން އެމްޑީޕީ ސަރުކާރު ވީމަ ތިލަފަތް ހަމަވަނީ ކޮން އުސޫލަކުންހޭ؟؟