ބ. އަތޮޅުގައި އޮންނަ ހަނިފަރު ސަރަހައްދަށް ގަވައިދާ ހިލާފަށް ވަތް ޔޮޓެއް ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ، ބ. ހަނިފަރު ސަރަހައްދަށް "ވިޓާލިއާ 2 ލަންޑަން" ނަމަކަށް ކިޔާ ޔޮޓެއް ގަވައިދާ ހިިލާފަށް ވަދެފައިވާކަމަށެވެ. އަދި އެމީހުން ވަނީ އެ ސަރަހައްދުގައި ކައިޓް ސާފުކޮށް ހަނިފަރަށް އަރައި ހަރަކާތްތަކެއް ހިންގާފައި ކަމަށް އީޕީއޭ އިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ބ. އަތޮޅު ހަނިފަރު ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގަވައިދުގެ ދަށުން 6،000 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައި ކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

އެ ޔޮޓު ޔޫރިމަނާކޮށްފައި ވަނީ އިއްޔެ ކަމަށާއި، އިއްޔެެއިން ފެށިގެން 30 ދުވަހުގެ މުއްދަތުގެތެރޭގައި ޖޫރިމަނާ ފައިސާ އެ އޮތޯރިޓީއަށް ދެއްކުމަށް އީޕީއޭ އިން ވަނީ އަންގާފައެެވެ.

މިސަރަހައްދުތަކަށް ވަނުމުގެ ކުރިން އީޕީއޭއިން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމާއި މި މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ލޯކަލްއޭޖެންޓުންނާއި ޓުއަރ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އީޕީއޭ އިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.