ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް އެންމެ ބުރަ މަސައްކަތްތަކެއްކޮށް އެންމެ އިސް ސަފުގައި (ފްރޮންޓްލައިންގައި) ހަރަކާތްތެރިވި ދިވެހި ސިފައިންނަށް އެލެވެންސް ވަރަށް އަވަހަށް ދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

"މިނިސްޓަރުގެ ގަލަންކޮޅުން'' ގެ ނަމުގައި ކޮންމެ ހަފުތާއަކު މިނިސްޓަރު މާރިޔާ ޝާއިއުކޮށް އާންމު ކުރައްވާ ލިޔުމުގައިވާ ގޮތުން، މި ނުރައްކާތެރި ބަލިމަޑުކަމުގެ ތެރޭގައި އަމިއްލަ ނަފްސު ނުރައްކަލެއްގެ ތެރެއަށް ހުށަހަޅައިގެން ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެއްވި ސިފައިންގެ މިންނެތް ބުރަ މަސައްކަތް ބަަލައިގަނެ އެ ބޭފުޅުންނަށް އިނާޔަތެއް ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު މާރިޔާ ލިޔުއްވާފައިވާ ގޮތުގައި ސިފައިންނަށް އެލަވަންސް ދިނުމަށް ޚާއްސަ އުސޫލެއް ކަނޑައަޅައި ސިފައިންގެ ލަފާ ދޭ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކަމަށް ޚާއްސަ ކޮމިޓީއެއް ވެސް އެ މަޖިލީހުގައި އެކުލަވާލާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މި ބަލިމަޑުކަމާ ދެކޮޅަށް ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގެ އެންމެ ކުރީ ސަފުގައި، ދިވެހި ސިފައިންދަނީ، ކަމާބެހޭ އެހެން އިދާރާތަކާއެކު، އެއްވެސް ފަސްޖެހުމެއް އަދި ވަރުބަލިކަމެއް ނެތި، ރެއާއި ދުވާލު، ހަރަކާތްތެރިވަމުން ކަމަށް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މާރިޔާ މިިގޮތަށް ވިދާޅުވިއިރު، ސިފައިންނަށް ލިބުނު ކޮވިޑް-19 އެލަވެންސް ސިފައިންނަށް ނުދީ، ސިފައިންގެ ކުޅިވަރު ތަރައްގީ ކުރަން މަޝްވަރާތަކެއް ކުރިއަށްގެންދިޔަ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޜަފޮޑު

  ހައްހއް. ޕްރެޝަރާހެދި ނުވި ދޯ ކުޅޭ އެތިކޮޅެއް ހޯދޭވަރެއް.

  7
  1
 2. ކޮވިޑް

  ޢެންމެ ރުފިޔާއްވެސް ނުދޭ.. ހުރިހަާ ލަަރިއެއް ކާލައިފި މިހާރު

  11
 3. އަޖޭ

  ކޮބާ ފުލުހުން

 4. ގުލްޝާދާ

  މާރިޔާ ހަޑި ގޮލާ!!!!😠😠😠

  9
  1
 5. މަގުރޫޕް

  އޭނާ ކައުޅެއް ދޯ

 6. ސަޓޯ

  ކޮބާ ޕޮލިހުންގެ އެލަވަންސް