ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ.

އެޗްއީއޯސީން ވިދާޅުވީ، މިއަދު ހަވީރު އެމާޖެންސީ ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުން ހަވީރު 16:30 ގައި ފަށާނެ ކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މިއަދު ބާއްވާ މި ނޫސްވެރިންގެ ބައްދަލުވުމަކީ މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް އިތުުރުވާން ފެށުމާއެކު، ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައި، އެކަން އިއުލާނު ކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ކަމަށް މައުލޫމާތު ލިބެއެވެ.

އިއްުޔެ ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ ރާއްޖެއިން ފައްސިވެފައި ވަނީ 215 މީހެކެވެ.

ރާއްޖެއިން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16,056 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 1,806 މީހަކަށެވެ. މީގެ ތެރެއިން 184 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

މިހާރު މި ބަލި ޖެހިގެން 14,190 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ހަމައެކަނި ރޭގަނޑު 8.30 ހުންފެށިގެން މަގުމަށްޗަށް މީހުންނުކުތުން މަނާކޮށްގެން ކޮވިޑުން ސަލާމަތްވާނަމަ މިހާރު މިގައުމުއޮންނާނީ ސަލާމަތްވެފަ

  2. މަގުރޫޕް

    ނަޒްލާ މުސާރަ ބޮޑޯ ކިނބުލަށްވުރެ، އެހެން ވެ ގައުމު ހިންގަން ހަވާލު ކޮއްފަ