މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު ވަގުތު އިތުރުކޮށް، އުޅަނދުތައް ދުއްވުން މަނާ ގަޑިތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައިފިއެވެ.
އެޗްޕީއޭ އިން މިފަދަ ނިންމުންތަކެއް ނިންމާފައިވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެވެ.
މިގޮތުން ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓަރ މާލެ އޭރިއާގައި ކާފިއު ގަޑި ވަނީ އިތުރު ކޮށްފައެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 4:30 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވަން ކުރިއަށް އޮތް ދެ ހަފްތާއަށް ވަނީ މަނާ ކޮށްފައެވެ.
މި ފިޔަވަޅުތައް އަޅާފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ.
މި ފިޔަވަޅު އަޅަން ނިންމާފައި ވަނީ މިހާރު މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެންނެވެ. އެގޮތުން އިއްޔެ ވެސް ރާއްޖެއިން ރެކޯޑް އަދަދަކަށް މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އިއްޔެ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 215 މީހެކެވެ.
ރާއްޖޭގައި މި ބަލި ޖެހިގެން މިހާތަނަށް 52 މީހަކު ވަނީ ނިޔާވެފައެވެ.
ކިހާބޮޑު ބަލާވެރިކަނެމެއްތަ؟؟ ކޮވިޑާ އުޅަނދުފަހަރާ ހުރީ ކޮންގުޅުމެއްތަ؟؟ ރާބޮވިފަ ތިބި ބައެއްތަ ތިޔަ ޓެގު ކިޔާ ކޮމިޓީގަ ތިޔަ ތިބީ؟؟ ދުނިޔޭގެ އެއްވެސް މެޑިކަލް ދިރާސާއަކުން ނުފެންނަ ކަންކަން މި ބައިގަނޑަށް ފެނޭ
މޯދީގެ އެންގުމަކަށް ރޯދަމަސް އަންނަން ވާއިރަށް މިސްކިތް ތައް ތަޅުއަޅުވަން ވަރަށް ބޮޑައް ރެޑީވެ ނިމިއްޖެ ދޯ. ކުޅަދާނަ ދިވެހި ރަތްޔިތުންނަށް ހަމަ އައްސަރިބަހާއި ސާބަސް. އެއްކައުވަންތަ އިލާހަށް ވުރެން ޑިމޮކްރަސީގެ ވެެރިންނަށް ކުރެވޭ އަޅުކަން މާބޮޑެންނު މިހާރު. މި ކޮމެންޓް ޕްބްލިޝް ކުރަންވެސް ނުކެރޭނެ ކަން އިނގޭ.
އިދިކޮޅު މީހުން މާގިނައިން އެއްވަންޔާ މިހެންވާނީ
ޥެކްސިން ހުސްވަންދެން ކޮވިޑް ގިނަ ވާނެ... ޖަހާނެ މީހުން ވޭތޯ ކުވިޑް ގިނަވަނީ
އަސްލުވެސް ! ތިބުނީ ވަރަށް ބޮޑު ތެދެއް ، ވެކްސިންހުސްވީމަ ބަލި ޖެހޭމީހުން ގެ އަދަދު ދައްވާނެ.
ކައުން ސިލް އިންތިޙަބު ވަގުހަދަން ގައިދުރު ކުރަނީ...ޝަރީފު ބުނި މިހެން
ހޮޓާ ކެފޭ ރެސްޓޯރަންޓް ތަކުގަ މީހުން ތިބެންޖެހޭ ގޮތް ބަދަލުކުރަންޖެހޭ. 1- ކާވަގުތު ނޫން ހުރިހާވަގިތަކު ކަސްޓަމަރުން ނޭފަތާއި އަނގަ ފޮރުވޭގޮތަށް މާސްކްއަލައިގެންތިބުނ.ް 2 ވެއިޓަރުންނާ ބަދިގޭ މީހުން އަބަދުވެސް ނޭފަތާއި އަނގަ ފޮރުވޭ ގޮތަށް މާސްކްއަލައިގެންތިބުން. 3 މާސްކް ނަގައިގެންތިބެ ހޮޓާ ކެފޭ ރެސްޓޯރަންޓްގާ ވާހަކަދައްކަން ނުތިބުން ސަބަބކީ ވާހަކަދައްކައިރު ނިކުންނަ ވަޔައެކު ލޮލަށް ނުފެންނަ ކުޅުގެ ތިކިތަކާއެކު ޖަރަސީމުއަނގައިން ނިކުމެ އަނެކަކަށް ޖެހުމުގެ ފުރުސަތު އޮތުން.. 4- ކައިބޮއި ނިމުމާއެކު މޭޒު ހުސްކުރެވޭގޮތަށް އިންތިޒާމް ކުރުން. 5 އެއްބަޔަކު ކައި ނިމުމުން އަނެއްބަޔަކު އިށީނުމުގެ ކުރިން މޭޒުތަކާއި ގޮނޑި ޖަރަސީމް މަރުވަފަދަ ކެމިކަލަކުން ސާފުކުރުން. ދެ ދެން ކުރަންޖެހޭ ކަމަކީ ފުލުހުން މަގުރަހުގެ އެކި ހިސާބުގަ ތިބުން އަނގަޔާއިނޭފަތް ނުފޮރވާ މާސްކޮް ދަތްދޮޅިދަސަލައިގެން އުޅޭ މީހުޖަށް ނަސޭހަތް ދީ އެކަންރަނގަޅުކުރުވުން. ފަރުދީ ޒިންމާ ދެމެހެއްޓޭނީ ދަވްލަތގެ ޒިންމާއެއްވެސް އޮވެގެން ކަމަށްދެކެން. މިހާރު މަގުމަތިން ނެގެ ޓެސްޓް ސާމްޕަލް ގޭބިސީތަކުން ނަގައިގެން ބަލި ގައުމުން ފިލުވުމުގެ މަސައްކަތް ފެށުން.
ބޮޑު ބަލާވެރިކމެއް މި ނާޤާބިލް ސަރުކާރަކާހެދި
ކޮން ކޮވިޑެއްތަ މިހާރު މިވެސް ފާޑެއްގެ އަޅުވެތިކަމެންނު. ބަލ.ނު
ތަމެން ވެރިކަން ވެއްޓިދާނެތީވެ ބިރުން ތަމެން ކުރާ ކަމެކޭ ތިޔާއީ ތިޔާއީ ކޮވިޑް ފެތުރިގެން އުޅެނީ އެއް ނުނޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..
ތައްޔިތުން ހަނާއަރުވާފާވެސް ވެރިކަން ދަމަހައްޓަން ތެޅިބާލަނީ. ވިޔަފާރިތައް ހަލާކުކޮށްފި ބޮޑު ނާގާބިލު އިބޫ
ޗައިނާ ވެކްސިންގެ 5،000 ޑޯޒު ރާއްޖެ ގެނެސްފި ނަމަ ބޭބީ އައި ބެޓަރ ސްޓާރޓް ކްރައިންގް ޓު ޓޭކް އިޓް މަމެން ޗައިނާގެ ވެކްސިން ޖަހަން މަމެންގެ ކޮނޑު ދޭނަމޭ އައި އޭމް އިން ނީޑް އޮފް އިޓް އައި އޭމް އިލޫޝަނަލް އިލޫޝަނަލް އިލޫޝަނަލް ފޯރ ޗައިނާގެ ވެކްސިނަށް ދޯ...
އަނެއް ކާވެސް ދަތި ކުރުމުގެ ފިޔަވަޅެއް.
މާލޭގައި ތިހާ ހަލުވިކޮށް ކޮވިޑް19 ތި ފެތުރެނީ ތިތާ އުޅެމީހުންގެ މުޑުދާރުކަމުން. ކުޑަކުޑަ އަލިފާން ފޮށި ކަހަލަ ތަންތާގައި ތިހާ މުޑުދާރުކޮށް އުޅެންޏާ ވާނީ ތިހެން. އަދި މަގުމައްޗަށް ކުޅުވެސް ޖަހާނެ. ތިތާ އުޅޭމީހުންނަށް އިސްލާމްދީނުގައި ސާފްތާހިރު ކަމަށް ސަމާލުކަންދޭން ޖެހިފަ އޮތް މިންވަރު ބުނެދޭން އެބަޖެހޭ.
ކޮވިޑު އުޅެނީ ރޭގަނޑު އެގަޑީގަ އެކަނިތޯ ބަލިފެތުރުނުގަ އަވަދި ނެތި. ؟ ދުވާލު މީހުން މަސައްކަތު ނިކުމެ އުޅޭއިރު ކޮވިޑު އޮންނަނީ ރަޖާލައިގެން ނިދާފަވިއްޔާ. އަދަދުތައް ގިނައޭ ބުނާއިރު މަތިންދާބޯޓުގައާއި އެޔާޕޯޓުގެ ބަސްތެރޭގަ މީހުން ތިބެނީ ތޮއްޖެހިގެން. ތީހުސް މިވަގުތު އޮޕޮސިޝަނުގެ ކޭމްޕޭނައް ހުރަސްއަޅަން އުފައްދައިގެން އުޅޭ ހާލަތެއް.