ރާއްޖޭގައި ކުޅިވަރުތައް މެދުކަނޑާލަން، އަންގަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ ކަމާއި ގުޅުން ހުރި އިދާރާތަކުން ބޭއްވި ބައްދަލުވުމެއްގައެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވަނީ އެކަނިވެރި ކަސްރަތު ފިޔަވާ، ހުރިހާ ކުޅިވަރު ހަރަކާތްތައް ކުރިއަށް އޮތް ދެ ހަފްތާއަށް ހުއްޓާލަން އަންގާފައެވެ.

އެ އެންގުުގައިވާގޮތުން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަސްރަތު ކުރުމުގައި އެކުގައި މީހަކު ބައިވެރިވެވޭނެއެވެ.

މީގެ އިތުރުން، އެޗްޕީއޭއިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއް ވެސް އެކަނި ކުރާ ކަސްރަތު ކުރެވޭނެ ގޮތަކަށް ބަދަލުކުރަން ވަނީ އަންގާފަައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުން ފެންނަ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މާލެއިން ވޭދަނަތައް ފެނުން އިތުރުވެގެން ގޮސްފައިވާއިރު، މިހާރު ހޮސްޕިޓަކްތަކުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16000 އަށްވުރެ މައްޗަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަގުރޫޕް

    ލަސްވެސް ވެއްޖެ، ދެން ރައްޔިތުން ކަސްތޮޅު އަޅުވާފައި މާގިރި ޕާރޓީ ބޫން ބޫނން ބޭސް

    9
    2
  2. ހެޑްލައިން އާބިދާ

    މާ އަވަސް އެއްނުން؟ އަދިމަޑުކޮއްލާ.. ހޭ ޖެހިއްޖެތަ މީހުން އޮހޯ ކޮވިޑެއް ނެއް- ހެޑްލައިން އާބިދާ

  3. އައްޑޫ ލެއި

    ކިހާބޮޑު ނުހޮރޮއްޕާނެއްތަ އައްޑޫ ސިޓީން ކޮވިޑް ކޭސްއެއް ފެނުނީއެއްނޫން. އެކަމަކު އައްޑޫ ޔޫތުސެންޓަރުތަށް ވެސް ބަންދު.