އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރިގެ ރައީސް އަބްދުﷲ ޔާމިން ފުލުހަށް ހާޒިރުކުރެވުނީ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ދޫކުރި ކަމަށް ބުނާ އިތުރު ރަށެއްގެ މައްސަލައާއި ގުޅޭ ތަހުގީގަށް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު 13:00 ޖަހިއިރު، ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނު ފުލުހަށް ހާޒިރުކުރެވުނީ ކުރިންވެސް ތަހުގީގު ކުރެވެމުން އަންނަ މައްސަލައަކާއި ގުޅިގެން ކަމަށާއި އާ މައްސަލައަކާއި ގުޅިގެން ނޫން ކިަމަށް އެމަނިކުފާނުގެ އިސް ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނި ވިދާޅުވެފައެވެ.

"އަނެއްކާވެސް މިއަދު ރައީސް ޔާމީނުގެ ފަރާތުން އަޅުގަނޑުމެން ފުލުހަށް ހާޒިރުކުރެވުނީ މީގެ ކުރިންވެސް ތަަހުގީގުކުރެވެމުން ދިޔަ މައްސަލައަކާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް" ނޫސްވެރިންނަށް މައުލޫމާތުދެމުން ޑރ. ޖަމީލް ވިދާޅުވިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރެވުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތެރެއިން ދޫކުރެވިފައިވާ އިތުރު ރަށެއްގެ މައްސަލައާއި ގުޅޭ ގޮތުން ސުވާލުކޮށް އެމަނިކުފާނުގެ ބަޔާން ނެގުމަށް ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށެއްގެ މުއާމަލާތަކާއި ގުޅޭ ގޮތުން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ގއ. ވޮޑަމުލާ އާއި ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ގުޅިގެންނެވެ.

ފުއްގިރީގެ މުއާމަލާތާއި ގުޅިގެން އުފުލި ދައުވާއަކީ އެންމެ ފަހުން އެމަނިކުފާނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެކެވެ. އެއީ އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތާއި، އެކުންފުނި މެދުވެރިކޮށް ފުއްގިރު ދޫކުރުމުގައި، ގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި މައްސަލައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ވޮޑަމުލާގެ މުއާމަލާތާއި ގުޅިގެންނެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ލޯންޑަ ކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެމަނިކުފާނު ލީޑް ކުރައްވާ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން ދެކެނީ އެމަނިކުފާނަށް ކުރަމުން ދަނީ ނުހައްގު ދައުވާތަކެއް ކަމަށެވެ. އަދި މި ސަރުކާރުން އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ނުކުރާ ކަމަށާއި ހަމައެކަނި ބޭނުމަކީ ޔާމީނަށް އަނިޔާ ކުރުން ކަމަށް އިދިކޮޅުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމީ

    ކިނބުލައް ތިކަމުގެ ހިތިރަހަ ﷲ އިރާދަކުރެއްވިއްޔާ މާގިނަދުވަހެއް ދައްކަވާނެ

    11
    1
    • ކެލާ އާރިފް

      ކޮން ކިނބުލެއްކިޔާކަށް، މާމީ އަކީ ވައްކަމާ ކޮރަޕްޝަނަށް ތާއީދުކުރާމީހެއްތާ؟ ރައްޔިތުންގެ ބައިތުލްމާލް ފެންފޮދަކާނުލާ ދިރުވާލިމީހެއްގެ ދިފާއުގަ ވާހަކަތިދައްކަނީ ކީއްވެތޯ؟ އެމީހާގެފަރާތުން ކުރިންލިބުނު ނާޖާއީޒްފައިދާތަކާ ކަޓްތައްމިހާރު ނުލިބޭތީ މާމީ އަނގަ ކަހަނީދެއްތޯ

  2. މުފައްކިރު.

    ތިބުނާ މައްސަލާގެ ތަޙުގީގަށް ޙާޟިރުކުރަންޖެހޭ މީހުން ހެކިހޯދުމަށް ފޮރުވާފަ ޔާމީން ދެކޮޅަށް ދަމަން ހަދާގެން ސަރުކާރު ފެއިލްވެ ނިމިފަ މިއޮތީ. ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ.

    14
    1
  3. މަނީމަނީ

    ދައުލަތް ލޫޓުވީމަ ތަންތަނައް ދަމާނެ(އެކަށީގެންވާ އަދެއްގެ ފައިސާ ދީފިއްޔާމު އޭގަނުހުފާނީ ކާކުތޯ ޚުދު އަނބި މީހާވެސް އަހާނުލާ ކަމައްބުނީ ކާކުތޯ

    1
    2
  4. އަލީ

    ވަގުތު ނޫސްވެސް މިހާރު އެންބަސީ އިންޚަރަދު ކުރާ ލިސްޓައް ވެއްޓުނީތޯ؟؟