ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގެ ޕާކްތައް ބަންދު ކޮށްފި އެވެ.

ރާއްޖެއިން ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ ސަރުކާރުން މިވަގުތު އިއުލާނު ކޮށްފައިވާ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. އެގޮތުން ގެޒެޓްގައި ޝާއިއު ކުރި "ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަލުތަކަށް ބަދަލު ގެނައުން" އުސޫލުގައި ބުނެފައިވަނީ މިވަގުތުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންތަކަށް މިވަގުތުން ފެށިގެން ޒިޔާރަތް ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ.

ޕާކުތައް ބަންދު ކުރި ނަމަވެސް، ކަސްރަތު ކުރުމަށް ކަނޑައަޅާފައިވާ ޕާކުތަކުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ ގައިޑްލައިން ތަކާއި އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ކޮވިޑް-19 ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތައްވެސް އަޅާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާ ކޮށްފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16056 އަށް އަރާފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދަނީ 1807 މީހަކަށެވެ. މީގެ ތެރެއިން 184 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްތަކުގައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 52 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މމ

    ޕާކުތައް ހުޅުވީ ހަމަ ތި ބޭފުން ނޫންތޯ، ކޮވިޑްގެ ޙާލަތު އޮއްވާ

    19
  2. ބޯގޯސް

    ވެރި ން ނާޗަރަ ންގީ ކުޅެ ންވެސް ލުއިދި ނީ ތިޔަގާރު ންތަކެއް ނޫނ ންތަ އަހަރެމެ ން ރައްޔިތު ން ނާދިމާލައް ފެލޭ ނެކަމެއް ނެތް ދެ ނެއް