ކޮވިޑް-19ގެ އާ ވައްތަރުތައް ރާއްޖެއިން ފެނިފައިވާ ކަމަށް ރާއްޖޭގައި ހެދި ސާވޭ އަކުން ދައްކައިފިއެވެ.
ސަރުކާރުން ކުރިއަށް ގެންދިޔަ ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑޮކްޓަރު ޝީނާ ވިދާޅުވީ، މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކޮވިޑް-19 ފެތުރޭ މިންވަރު އަނެއްކާވެސް އިތުރުވާން ފަށާފައިވާ ކަމަށް ފެންނަ ކަމަށާއި އެގޮތަށް އިތުރުވާން ދިމާވެފައިވަނީ މި ބަލީގެ އާ ވައްތަރެއް ރާއްޖޭގައި އުޅޭތީ ކަމަށެވެ.
ޝީނާ ވިދާޅުވީ، އެކަން ބެލުމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ހެދި ސާވޭގައި ރާއްޖޭގައި ކޮވިޑް-19ގެ އާ ވޭރިއެންޓެއް އުޅޭ ކަން އެނގިފައިވާ ކަމަށެވެ.
"އެޗްއީސީގައި ހެދި ސްޓަޑީޒްއިން ދައްކާ ގޮތުގައި މިހާރު އަޅުގަނޑުމެންގެ ތެރޭގައި، ރާއްޖޭގައި އެބަ އުޅޭ ވޭރިއެންޓް ގާތްގަނޑަކަށް 30 އިންސައްތަ." ޑރ. ޝީނާ ވިދާޅުވިއެވެ.
ޝީނާ ވިދާޅުވީ، އެހެންކަމުން ތިންބައި ކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ޖެހެނީ މި ވޭރިއެންޓުން ކަމަށާއި މިއީ ރާއްޖެއިން ކޮވިޑް-19ގެ ވޭދަނަތައް އެހާ އަވަހަށް އިތުރުވި އެއް ސަބަބު ކަމަށް ވެދާނެ ކަމަށެވެ.
"ޓެކްނިކަލީ ބުނަންޔާމުން ވޭރިއެންޓް އުޅެންޔާ ޓްރާންސްމިޝަން ކުރިނަށްވުރެ ބާރަށް ހިނގާނެއޭ. ހަނދުމަފުޅު ހުންނާނެ ކަންނޭނގޭ އާރު ވެލިއުގެ ވާހަކަ ދެކެވިފައި އޮންނާނެ ކޮވިޑް ފެތުރިގެން އައިއިރު. އެހެންމަ އާރު ވެލިއު ނޯމަލް ކުރީގެ ވޭރިއެންޓްސްތަކަށްވުރެ މި ވޭރިއެންޓްގެ ގާތްގަނޑަކަށް 4.4 އެބަ ބާރުމިނުގައި ފެތުރޭ" ޝީނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19ގެ އާ ވައްތަރުތައް ފެނިފައިވާ ކަމަށް ހާމަ ކުރިނަމަވެސް، އެއީ ކޮން ވައްތަރެއް ކަމަށާއި އެއީ ކޮން ގައުމަކުން ފެނިފައިވާ ވައްތަރެއް ކަމެއް ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.
ކޮވިޑް-19ގެ އާ ވޭރިއެންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުން މިވަގުތު ފެންނަމުން އަންނައިރު، މި ވޭރިއެންޓް ފެންނަ ގައުމުތަކުން ބަލި ޖެހޭ މީހުންގެ އިންސައްތަ އިތުރުވެ މަރުވާ މީހުންގެ އިންސައްތަވެސް އިތުރުވާ ކަން ތަފާސް ހިސާބުތަކުން ދައްކައެވެ.
އަޅެފަހެ މީހަކު މޮޔައެއް ނުވާނެތަ 😡 އިބާރާތް ތަފާތު ވިޔަސް ހަމަ އެކައްޗެކޭ ލިޔެފަ މިއޮތީ. ހެޑްލައިން އެކަނި ލިޔެލާފަ ނިންމާލިނަމަ ދޯ
ބުރާންތި ސީނާ
ތެދެއް. މި ޝީނާ ދައްކަވާ ވާހަކަ ފަހުމެއްނުވާނެ. ވަރަށް ބަސއބުނަން ދެރަ!
މުސްލިމުން ނަކީ ރެއާއި ދުވާލު 5 ފަހަރު ވަރުގަދަ 5 ޑޯޒް ވެކްސިން މިސްކިތުން ލިބިގަންނަ ބަޔެއް ! މިމީހުންގެ އަތުގައި ކޮވިޑުން ސަލާމަތްވާން މިގެން ގުޅެނީ އެންމެ ދެ ޑޯޒް ވެކްސިނޯ ؟
ސަބަބު ތަކުގައި ހިފަން ވާނެ.
ރާއްޖޭގައި ބަލިޖެހިފައި މިތިބީ އެހެން ދީނެއްގެ ބަޔަކަށްތަ؟
ބައްޔަށް ޝިފާދެއްވުމަށް އެދި ދުއާ އެކަނި ކުރިޔަކަސް ނުފުދޭ ބައްޔަށް ބޭސްކުރަން ވެސް އޮވޭ.
އަހަރެންނައް ފެނޭ ތިޔަ ބަސް ، މިހާރުގެ ޝިޔާރަ ކައް ހަދަން ، ހަމަ ހަގީގަތުގައިވެސް ތީ ވަރައް ބޮޑު ހަގީގަތެއް.
މިކަހަލަ ބުރާންތިންނަށް ލައިކްދޭ ވަރުން މިރާއްޖޭގެ ހާލަތު ވަރަށް ސާފު🤔
މީ ގިނަ މީހުން ވެ ކުދިން ޖައްސަވަން ހަނދާ ސްޓަންޓެއް
ފެނުނީތޯ ނުވަތަ ގެނައީތޯ
އިމްޕޯރޓު ކުރީ ސަރުކާރުން
ނަޝީދުމެން ދެނޭވާ ދޭތެރޭ އިނގިރޭސިވިލާތައް ދާންވާނެ
ކޮން ލެބޯޓަރީ އަކުން ވައިރަސް އެނަލައިސް ކުރީ. ސަރވޭ އަކުން އެކަމެއް ނުކުރެވޭނެ ކަން އެނގޭނެ ބޮލެއް ހުރި މީހަކަށް
އިމްރާނު ނަސީދު ސޮހޮލު ގައުސިމް ބަ ކަމޫނުު ކިޔާ ވައްތަރު ތަކެއް
ހެޔޮ ނުވާނެ ކުދިން ސްކޫލަށް ނުފޮނުވާ! ޓީޗަރުން ޕޮޒިޓިވް ވަނީ. ނުއެއް އަންގާ. ސިއްރު ކުރަނީ. ކުދިންނަށް ކިޔަވަދޭ ޓިޗަރުން ޕޮޒިޓިވް ވިޔަސް ކުދިން ކަރަންޓިން ވާންވެސް ނާނގާ. ބައެއް ޓިޗަރުން މާސްކް ނާޅާ ކިޔަވަދޭ. ޕޭރެންޓުންނަކަށް ނުފެންނާނެ ޓިޗަރުން ކިޔަވަދޭ ތަނެއް. ހެޔޮ ނުވާނެ ސްކޫލްތައް ބަންދު ކުރޭ!
ބަލި މާ ގިނައިން ފެތުރެނީޔޭ ކިޔާފަ އަވަހަށް މަކަރުން އެއުޅެނީ ރައްޔިތުން ލައްވާ ވެކްސިން ޖަހުވާން ވެގެން. ސަރުކާރުން ޖަހާ މަކަރު ރައްޔިތުންނައް އެބަ އެނގޭ.... އަލެކަށް ކުރާކަމެއް ނޫން ވިއްޔާ.
އެވަރުންވެސް ސްކޫލްތަށް ބަންދު ނުކުރާތި
ދެން އަވަހަށް އާ ވައްތަރު ވެކްސިން އިނޑިއާއިން ހޯދީމަދޯ ދިވެހި ރައްޔިތުން ގުރުބާން ކޮށްލެވޭނީ
އާވައްތަރުގެ ވާހަކަ ވައްތަރީ ތިއަރީއަކާ! ރާއްޖޭގައި އަބަދުވެސް އުޅެނީ އާވައްތަރެއް! 75 އިންސައްތަ އަލާމާތެއް ނުފެނޭ!!
އާވޭރިއަންޓާއި ބާ ވޭރިއަންޓު ގެނައީ ޓުއަރިސްޓުން
ސިއްކަ ކޮވިޑު
ކެރަފާ ކޮވިޑު
ހެދި ސްޓަޑީޒްއިން ދައްކާ ގޮތުގައި ( ހާދަ މޮޅޭ ހައްހައް )
އަނެއްކާ ކޮންސަލްޓަންޓް ޑރ.!! ކުރީ ދުވަހު ބުނީ ލުއިދިނީމަ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކޮށްފައޭ އޮންނާނީ..! މިހާރު އާ ވޭރިއަންޓް..!!...!!
ކޮވިޑް19ގެ އެންމެފަހުގެ އާވައްތަރުތައް އެންމެ އަވަހަށް ފެނުނު ގައުމުގެ ފަޚުރާ ޝަރަފް ލިބިއްޖެ.
ދެން އާ ވޭރިއަންޓުގެ އާ ވެކްސިން އިންޑިއާ އިން ތައާރަފު ކުރަންދެން.މިވެސް ޒާތެއްގެ ސިޔާސީ ވިޔަފާރިއެއް.ސިޔާސީ ވިޔަފާރިކުރާ މީހުންނަކީ އެންމެ ކުރު ރާސްތާގައި މުއްސަނދިވާނެ ފޯމިއުލާ.
މިކަން ވަރަށް ކުރިންވެސް ނޫސްވެރިން ސާފުކޮށްދިނުމަށްއެދުން ދެރަކަމެއް ބޭރުޤައުމުތަކުން އަންނަ މީހުން ކަރަންޓީނުކުރިނަމަ މިވަރެއްނުވީސް
ތާކުން ތާކު ނުޖެހޭ ވާހަކައެެއް، ތި ކިޔާލީމަ ހިނި އަންނަނީ
އިންޑިއާ ވެކްސިނަށް ވުރެން އެތައް ގުނައެއް އިތުބާރު ކުރެވޭނެއޭ ޗައިނާގެ ވެކްސިނަށް ޗައިނާ ވެކްސިން ޖަހަން މަމެން މިތިބީ ތައްޔާރަށޭ އައި ނީޑް އިޓް އައި އާސްކް ޔޫ ދިސް އައި އާސްކް ޔޫ ދިސް އައި އާސްކް ޔޫ އައި އާސްކް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް...
މަމެން މިތިބީ ޗައިނާ އިން ގެންނަ ވެކްސިން މަމެން ގަޔަށް ޖަހަން ތައްޔާރު ވެގެންނޭ މަމެން ބޭނުމޭ ޗައިނާ ވެކްސިން މަމެން ބޭނުމޭ ޗައިނާ ވެކްސިން ޖަހަން މަމެން ބޭނުމޭ ޗައިނާ ވެކްސިން ޖަހަން.،.
ތި ޝީބިލްޑިންގަ ބޭއްވި ޕާޓީ އިން ފެންމަތިވި ކޮވިޑްގެ އާވައްތަރުމީ. މިކަންމިހިނގީ ސަރުކާރުގެ ފަރުވާކުޑަކަމުންހަމަ
ޕާރޓީ އޯކޭ... ކުދިންނަށް ޓިއުޝަންދޭ ތަން ތަން ހިންގާ މީހުން ބަނގުރޫޓު
އެމްޓީސީސީ ތިލަފުށި ސައިޓުގަ ހެސްކިޔަަފައި އޮތި ކޮވިޑް ފެތުރިފައި. ބޭރުމީހުންނައި އެތާ އުޅޭ ރާއްޖެމީހުނަތައްވެސް ޖެހިގެން ހިރިނުލެވިފައި ތިބެނީ. އެޗްޕީއޭގެ ގައިޑްލައިނަކަށް ފޮލޮއެއްނުކުރޭ! ކަރަންޓީނުވާން އެންގިމީހުންވެސް ބަރާބަރަށް ސައިޓަށްދޭ. ނުކުންނަކޮންމެ ދުވަހަކަށް އެލަވަންސެއް ދޭތަނެއްވިމަ އެ ނިލިބި ފައިސާކޮޅު މަދުވެދާނެތީ އެހެންމިހުންނަކަށް ނުބަލާ! ޢެތާގެ ވެރިންވެސް ވަރަށް ދޯދިޔާކޮށް ކަރަންޓީނުނުވޭ! މިކަން ކަމާބެހޭ އިދާރާތަކުން ބަލައިދީ!
ސާވޭލުކުރީ އިންޑިއާ އިންގެނައިވެކުސިން ޖަހާނެމީހުން ނެތިގެންމީހުންނަށްބިރުދައްކައިގެން ވެކުސިންތަށްހުސްކުރަން
އެއްޗެއް ވިދާޅުވާއިރު އެ ވިދާޅުވި އެއްޗެއް ބިނާ ކުރެއްވި ސައިންޓިފިކް ހެކި ދައްކަވަންޖެހޭނެ. ރާއްޖޭގައި %30 އާ ވޭރިއަންޓު އުޅޭކަން ހޯދީ ކިހިނެއްތޯ؟ ވޭރިއަންޓު ހޯދަން ޖެނެޓިކް ޓެސްޓު ހެދީތޯ؟ އެހެން ކަމަށްވާނަމަ އުޅެނީ ކޮން ވޭރިއަންޓެއްތޯ؟ ޔޫކޭތޯ؟ ސައުތުއެފްރިކާތޯ؟ ބްރެޒިލްތޯ؟ މި ކަހަލަ ސްޕެސިފިކް އެއްޗެއް ބުނާިއރު ހަމަ އެކަނި ކްލިނިކަލް ފައިންޑިންގްގެ މައްޗަށް ކޮންކްލޫޝަން އެއް ނުނެރެވޭނެ. ރާއްޖޭގައި ސެޕްޓެމްބަރު މަހު ފެތުރުނު އަދަދު މާ މަތި. އެހެންވީމާ މިއީ ކްލިނިކަލް ޑޭޓާއާވެސް ދިމާވާ ކަމެއް ނޫން.