ރާއްޖޭގައި ބަލި މީހުން އެޑްމިޓް ކުރާ ތަންތަން ފުރިދާނެ ކަމުގެ އިންޒާރު ޕަބްލިކް ހެލްތު ސްޕެޝަލިސްޓް ޑރ. ޝީނާ މޫސާ ދެއްވައިފިއެެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، މިހާރު ހޮސްޕިޓަލްތަކުގައި އެނދުމަތިކުރަން ޖެހޭ މީހުންގެެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަކަަމަށެވެ. މި ބަލީގެ ދެވަނަ ރާޅު ނަގައިގެން އައި އިރު ރާއްޖޭގައި މި ބަލި ޖެހިގެން މީހުން އެނދުމަތިކުރާ މިންވަރަށްވުރެ ގާތްގަނޑަކަށް ދެގުނަ މީހުން އެނދުމަތިކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ، މި ބައްޔާއި ގުޅިގެން މީހުން ފިޔަވަޅު އަޅަން ނަގާ ވަގުތާއި، އަޅާ ފިޔަވަޅު ދައްވަމުން އަންނަ ވަރަކަށް އެެނދުމަތިކުރަން ޖެހޭ މީހުންގެ އަދަދު ވެެސް އަންނާނީ އިތުރުވަމުން ކަމަށެެވެ.

"މިސާލަކަށް ކޮންޓެކްޓް ޓްރޭސިން ހަދަން. ކޮންޓެެކްޓް ޓްރޭސިން ހަދާ އަޅުގަނޑުމެންނަށް ނުނިމިއްޖިއްޔާމު އައިޑެންޓިފައި ނުކުރެވި ތިބޭ މީހުންގެ ފަރާތުން އަނެއްކާވެސް މި ބަލި ފެތުރިގެން ދާނެ އެހެން މީހުންނަށް" ޑރ. ޝީނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ބަލި މިހާރު ފެތުރޭ މިންވަރު އަދި އެނދުމަތިކުރަން ޖެހޭ މީހުންގެ އަދަދަށް ބަލާއިރު، މިހާރުގެ ސްޕީޑުގައި ބަލި ފެތުރެމުން އަންނަ ނަމަ ހޮސްޕިޓަލްތަކުގައި ހިދުމަތް ދޭން ތިބޭ މީހުން މަދުވެ އެނދުތައް ފުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ފަރުވާދޭން ތިބޭ މީހުންގެ އަދަދު ހުންނާނީ އެއްވަރަކަށް ކަމަށާއި، އެ އަދަދު އިތުރު ނުވާނަމަ އެއީވެސް ވިސްނުުން މުހިިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބަލި ފެތުރޭ މިންވަރު ވަރަށް ބިޮޑަށް ްއިތުރުވަމުން އަންނަކަމަށާއި، މިހާ ހަލުވިމިނުގައި ބަލި ފެތުރެން ފަށާފައި ވަނީ އިނގިރޭސިވިލާތުގައި ފެތުރެން ފެށި މި ބަލީގެ ވޭރިއަންޓުގެ ސަބަބުން އަދި، އެޅިފައިވާ ފިޔަވަޅުތައް ދަށްވުމުން ކަމަށެެވެ.

އަދި ވޭރިއަންޓު އުޅޭ ކަމުގައިވާނަމަ ބަލި ބާރަށް ފެތުރެމުން އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޝީނާ އިތުރަށް ވިދާޅުވީ ހުރިހާ ފަރާތްތަަކަކުންވެސް މިބަލިމަޑުކަމުން ރައްކާތެރިވާން މަސައްކަތް ކުރާނަމަ ކުރިން ބަލި ފެތުރެމުން ދިޔަ "ލޯ ލެވެލް" އަށް އަނެއްކާވެސް ދެވޭނެ ކަމަށެވެެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ސާބަސް! އެންމެން ބިރުގަންނަވާ! އޭރުން އަވަހަށް އިންޑިޔާ ވެކްސިން ޓެސްޓްކުރެވޭނީ!

    8
    4
  2. ާއަޅުގަނޑު

    އަޅަމެން އެންމެންނަށް ރައްކާތެރިކަން ދެއްވާށި .

    21
    • ލަޔާން

      އާމީން

      11
  3. ބޯގޯސް

    ދެ ން ދައުލަތު ން ބިލިއަ ނުނ ން ހަރަދުކުރީ ކޮ ންކަމަކައްތަ ޖީބައް އަޅަ ންތަ ނޫ ނީ ބައިކުދި ން ނައް ބަހަ ންތަ ކިހާބޮޑު ބަލާއެއް

    11
    3
  4. ކިނބޫ

    ކޮރޯނާ ފެށިގެން އައިއިރު ބުނި ތިމަންނަމެން މިތިބީ ތައްޔާރަށޭ، މިހާރު ކީހާޅެން ފަރިއްސަވެ ނިމިއްޖެ، ބޮޑުންގެ ޖީބު ބޮޑުވެ ރައްޔިތުން ހަނާވެ ނިމިއްޖެ، މާތްﷲ އަޅަމެން މިކަމުން ސަލާމަތްކުރައްވާށި!

    12
    1
  5. ނަންރީތި ހުސޭނު

    ކުރިންވެސް 6 ކަފަހަރު ޓިނުޖެހީމާ ފެސިލިޓީތަކުން ވާރޭ ހިޔާނުވިސް ލާރި ލިބުނެއްނު. އަނެއް ކާ ހައެއް ކަތަން ގޮތެއް ހަދާލާފަ ލާރި ގަނޑެއް ބަނޑުއަޅާލާނެ ގޮތެއް ހޯދަނީދޯ.

    2
    2
  6. އަޙްމަދު

    މިކަން މިހިސާބަށް ދިޔާއީ ކޮންބައެއްގެ ސަބަބުންތޯ ބަލާނެ ބަޔަކު ނެތިތޯ!