ފިކުރީ އަޅުންގެ ދިފާއުގައި ސާހިބުން އުޅޭނެ ކަމަށް ވިދާޅުވެ، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ގެ ބަހުގެ ހަމަލާތަކެއް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައިފިއެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުން ގަތުލު ކުރުމުގެ އަނިޔާވެރިކަމުގެ ފަހަތުގައި ހުންނެވި އެ ގައުމުގެ ލީޑަރު އޮން ސަން ސޫކީގެ ދިފާއުގައި އެމެރިކާ އިން ތެދުވެފައިވާ އިރު، އެ ގައުމުގެ އަސްކަރީ ބަޣާވާތް ހުއްޓާ ނުލައިފި ނަމަ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

އެކަމަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ އޮން ސަން ސޫކީ އާއި ރައީސް ނަޝީދުގެ ދިފާއުގައި ނުކުތް ހުޅަނގުގެ މީހުން މިސްރުގެ ރައީސް ޑރ. މުރުސީގެ ދިފާއުގައު ނުކުންނަވާނެ ކަމަށެެވެ. އެއީ ނަޝީދުއާއި އަންގްސަން ސޫކީއަކީ އެއް ފިކުރެއްގެ ދެމީހުން ކަމަށް ވެފައި ޑރ. މުރުސީއަކީ އިސްލާމްދީނުު ނެގެހެއްޓެވުމުގައި މަސައްކަތް ކުރައްވަމުންދާ ވެރިއެއް ކަމަށް ވާތީ ކަމުގައި މޮސްޓާ ވިދާޅުވިއެވެ.

"އޮން ސަން ސޫކީއާއި ރައީސް ނަޝީދުގެ ދިފާއުގައި ނުކުތް ހުޅަނގު ޑރ.މުރުސީގެ ދިފާޢުގައި ނުނިކުންނަ ސަބަބަކީ ދެ މީހުންނަކީ ވެސް އެއް ފިކުރުގެ މީހުންނަށްވުން. ޑރ. މުރުސީއަކީ އިސްލާމީ ވެރިއަކަށްވުން. ފިކުރީ އަޅުން ގެ ދިފާއުގައި ސާހިބުން އުޅޭނެ." މޮސްޓާ ވިދާޅުވިއެވެ.

މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ ލީޑަރު އޮން ސަން ސޫކީ އާއި ރައީސް ވިން މިންޓް އާއި އޮން ސަން ސޫކީގެ ނޭޝަނަލް ލީގު ފޮ ޑިމޮކްރަސީ (އެންއެލްޑީ) ގެ ވެރިންނާއި ސަރުކާރުގެ ވަޒީރުން ހައްޔަރުކޮށް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއަށް ފަހު، އަސްކަރިއްޔާ އިން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތެއް ވަންދެން މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. ސޫޗީގެ އިތުރުން ގައުމުގެ ރައީސް އާއި ސަރުކާރުގެ އިސް 45 އޮފިޝަލުން ވެސް ސިފައިންގެ ބެލުމުގެ ދަށުގައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިނެކް

    މޮސްޓާ ގެ ތިވާހަ ކަ ހަމަސަތޭ ކަ އިސްލާމްދީނުގެ ފުރިހަމަވާހަ ކަ ކައްޒާބަ ކަށް ނު ކެރޭނެދައް ކާ ކަށް އޭނަޔަ ކީ ޔަހޫދީމީހުންގެ ހައްގު ހޯދަންވަ ކާލާތު ކުރާ
    މުނާފިގެއް

    47
    4
  2. އިބުރާހީމް

    މޮސްޓޯ ތިޔަބުނީ ހަމަތެދެއް ތިޔަ ނަސީގުއަކީ އެމީހުން މި ޤައުމަށް ފޮނުވާފަހުރި އެޖެއްޓެކޭ ޝޭޚް އިމުރާނު ބުނި އަޑުއެހިން

    47
    3
  3. ވ ރަނގަޅުތެދެއް

    މޮސްޓާގެ ތިވާހަކަތީ ވަރައްބޮޑުތެދެއް ހުޅަނގުގެ އެއްވެސްގައުމަކުން އިސްލާމީވެރިޔަކާއެއްކޮޅައް ދުވަހަކުވެސް ވަކާލާތު ނުކުރާނެ އެއީ އެމީހުންނާޚިޔާލުތަފާތުވީމަ މިސާލެއްގެގޮތުންބަލަ ދުވަހަކުވެސް އިޒްލޭލްމީހުންނަދެކޮޅައް އެއްޗެއްނުބުނާނެ ދެންބަލަ ލީބިޔާ ޢިރާޤު އެއޮތީ ހުޅަނގުންނިކުމެ ފުނޑުފުނޑުކޮއްފަ އެހެންވީމާ މޮސްޓާ ތިބުނަނީ ހަޤީޤަތް

    22
    1
    • ޜަޟީ

      ކުރަން ޖެހޭތަ؟

  4. ދަރަނި ދަންތުރަ

    އެމް ޑީ ޕީ މީހުން ވަރަށްގިނައިން ބުނާ ވާހަކައެއް ލަނޑަޔާ ވާނީ ލަނޑަޔާ އޭ ، ފަރަންޖީންނާ ވާނީވެސް ފަރަންޖީންތޯ ؟

    23