އއ. މަތިވެރިން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު އެރަށުން ފައްސިވެފައި ވަނީ، އެރަށުން ދާދި ފަހުން ކޮވިޑް-19 އަށް ފައްސިވި، ކުދިންނާއި ގާތުން އެއްތާވި އަންހެނެކެވެ.

އެ އަންހެން މީހާއަކީ، އެ ކުދިން ކަރަންޓީންވެގެން ތިބި ގޭގައި އުޅޭ މީހެކެވެ.

މި އިހާ އަށް ނިސްބަތްވާ މީހަކު މިއަދު ތޮއްޑޫންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެރަށު ފެނުނު ވޭދަނަތަކާއި ގުޅިގެން އެރަށް މިހާރު ހުރީ ކަރަންޓީންގައެވެ.

އެރަށުގައި މިހާރު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ މިހާރު ފަހަކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު