ހދ. ކުޅުދުއްފުށިން ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އެރަށުން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެރަށު ހޮސްޕިޓަލުން "ވަގުތު" އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެރަށުން ފައްސިވެފައިވަނީ ކަރަންޓީނުގައި ތިބި ދެ މީހުންނެވެ.

މިވޭދަނައާއި ބެހޭ އިތުރު މައުލޫމާތެއް އެރަށު ހޮސްޕިޓަލުން ހާމަ ކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށިން އިތުރު 2 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، މީގެ ކުރިންވެސް އެރަށުގެ ފުލުހުންގެ ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ފަހުން އެތަނުގައި މަސައްކަތް ކުރާ އެހެން ފުލުހުންތަކާއި، ފުލުހެއްގެ އާއިލާ އެންމެންނާއި، އަދި ފުރަތަމަ ފައްސިވި މީހާއާ ގާތުން ބައްދަލުވި ބައެއް ރަށްތަކުންވެސް މީހުން ކޮވިޑް-19އަށް ފައްސިވެފައި ވެއެވެ.

އެ ވޭދަނައާއި ގުޅިގެން މީގެ ކުރިން އެރަށް ވަނީ މޮނިޓަރިންގެ ހާލަތައްވެސް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    ދެންތިކަމައް އޮތް ހަމަެކަނި ހައްލަކެެ އިންޑިއާ ވެކުސިންޖެހުން އެމީހުންގެ ބޭނުމަކައް ވާނީ އެކަމަކު ނުޖަހާނަން