ހއ.އަތޮޅު އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތިދުވަހު އެރި އިރާނުގެ ބޯޓުގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހއ. މޮޅަދޫއަށް ލައްގައިފިއެވެ.

އިރާނުގެ ބޯޓު ފަރަށް އެރުމާއެކު ބޯޓުގައި ތިބި އަށް މީހުން ވަނީ ބޯޓު އަންދާލުމަށް ފަހު ފިލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް މިހާރު އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

މިހާރު އެމީހުންގެ ބޯޓުން އެއްލާލި ކަމަށް ބެލެވޭ މަސްތުވާތަކެތި ދަނީ މޮޅަދޫއަށް ވެސް ލައްގަމުންނެވެ. އެގޮތުން ވަށާ ޓޭޕު އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއްގައި ރޭ އަދި މިއަދު ހެނދުނު ވެސް އެރަށަށް ވަނީ ލައްގާފައެވެ.

ލެއްގި މަސްތުވާތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން ވިދާޅުވީ އިރާާނުގެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތީގެ ނިޝާންތައް ފެންނަން ހުންނާތީ އެ ބޯޓު ފުލުހުން ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ.

އެ ބޯޓުގައި ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި، އެ އަތޮޅު އުލިގަމަށް ވެސް ލައްގާާފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. މިހާރު ރަށްރަށަށް ލައްގާފައިވާ މަސްތުވާތަކެތީގެ ޖުމްލަ އަދަދު އަދި ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު