އަދާލަތު ޕާޓީގެ ތިން ވަނަ ދައުރަށް އެޕާޓީގެ ރައީސާއި ނާއިބު ރައީސް އިންތިހާބު ކުރުމަށް ކުރިއަށް ގެންދިޔަ އެތެރޭގެ އިންތިހާބު ބާތިލުކޮށް ދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށައެޅިކަމަށް ބުނެ މީޑިޔާތަކުގައި ފެތުރެމުންދާ ވާހަކަ އެޕާޓީއިން ދޮގުކޮށްފިއެވެ.

އަދާލަތު ޕާޓީއިން މިދިޔަ މަހު ބޭއްވި އެތެރޭގެ އިންތިހާބު ބާތިލްކޮށް އިލްމުވެރިންގެ މަޖިލީހުގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވައި ދިނުމަށް އެދި ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް އެޕާޓީީގެ އާންމު މެމްބަރަކު ހުށައަޅާފައި ނުވާކަމަށް އެ ޕާޓީއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރެއް ރީޓުވިޓް ކުރައްވަމުން އަދާލަތުން ވަނީ އެޙަބަރު ދޮކޮށްފައެވެ. އެ ޙަބަރުގައި ވަނީ އެޕާޓީގެ އާންމު މެމްބަރަކު އިންތިހާބު ބާތިލްކުރުަމށް އެދި ސިވިލްް ކޯޓަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.

އަދި އެޙަބަރު ލިޔުމުގައި ޕާޓީގެ އެއްވެސް ބޭފުޅެއްގެ ބަހެއް ހޯދާފައި ނުވާކަން ފާހަގަކުރައްވާ ނޫސްވެރިނކަމުގެ ރީތި އުސޫލުތައް ހިފެހެއްޓުމަށް ވަނީ ގޮވާލާފައެވެ.

އޮންލައިންކޮށް ގޭގައި ތިބެގެން ވެސް ވޯޓް ދެވޭ ގޮތަށް ކުރިއަށް ދިޔަ އެ އިންތިޚާބުގައި ވޯޓް ލުމުގެ ހައްގު 4،055 މީހުނަށް އޮތްއިރު، ވޯޓް ދީފައިވަނީ 1،088 މީހުނެވެ.

މި އިންތިޚާބުގައި ވޯޓް ލީ 1،033 މީހުންގެ ތެރެއިން 921 ވޯޓް ލިބިވަޑައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު އަދާލަތު ޕާޓީގެ ރައީސްކަން ކުރައްވަމުން އައި އިމްރާން އަބްދުﷲއެވެ.

މި އިންތިޚާބުގައި އިމްރާންއާ ވާދަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އޭނާއަށް ލިބިވަޑައިގަތީ އެންމެ 197 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޯގޯސް

    ދެން ސިވިލް ކޯޓުން ކޮން އަމުރެއްތަ ނެރިފައޮތީ ޔަ ހޫދީ ބައިގަނޑެއްމީ ހަމަ ސޭކް އިމުރާނޫ

    4
    1
  2. ވަތަނަބޭ

    އަދާލަތަށް އަދާވަތްތެރި ސޭކު އިމްރާނު