ޕާސްޕޯޓު ހިފަހައްޓާފައި އޮތުމުން ކާފާފުޅުގެ ޖަނާޒާ އަށް ސްރީލަންކާ އަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައި ނުގެންނެވި ކަމަށް މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އަމީތު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގުބޫލު އުޒުރެއް ނެތި އޭނާގެ ޕާސްޕޯޓު ދޫކޮށްލަން ފުލުހުންނާއި ކްރިމިނަލް ކޯޓުން ވެސް ދެކޮޅު ހަދާފައިވާ ކަމަށާއި އެއާއެކު ކާފާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ނުލިބުނު ކަމަށެވެ. އަދި އެންމެފަހުގެ އިހުތިރާމް އަދާކުރަން ކާފަގެ ގާތުގައި ހުރެވުނު ނަމައޭ ހިތަށް އަރާ ކަމަށްވެސް އަމީތު ވިދާޅުވިއެވެ.

އަމީތުގެ ޕާސްޕޯޓު ހިފެހެއްޓީ މިދިޔަ މަހުގެ ފަހުކޮޅު ކަމަށްވާއިރު އޭނާ ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކާފަގެ މޫނު ދެކިލުމަށް ސްރީލަންކާއަށް ދިޔުމަށް ބޭނުންވާތީ ޕާސްޕޯޓު ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައެވެ. އަމީތު ވަނީ މިއަދު ކުރެއްވި ޓްވީޓާއެކު އެ ސިޓީ ވެސް އާއްމުކޮށްފައެވެ.

މީގެ ކުރިންވެސް ދެ ފަހަރު ފުލުހުން އަމީތުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، މިފަހަރު ޕާސްޕޯޓު ހިފަހައްޓާފައިވަނީ ކުރިން ޕާސްޕޯޓު ހިފެހެއްޓި މުއްދަތު ހަމަވުމުންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އާއި ގުޅިގެން އަމީތު ވަނީ 2 ފަހަރެއްގެ މަތިން ފުލުހަށް ވެސް ހާޒިރު ކޮށްފައެވެ.

އިދިކޮޅު ހަރަކާތުގައި އުޅުއްވާ އަމީތުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ޗެއާ އަލީ ނަޒީރުގެ ޕާސްޕޯޓުވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަމީތުގެ ހައްގު ގެއްލުން ވާހަކަ ދައްކާއިރު މަޑުއްވަރީ އިރާގެ ކިތައް މީހުންގެ ހައްގު ދުއްވާލާފަ ޕާޓީ ބަދަލް ކޮއްފަ އެ ހުރީ

    • ތެދެއް ތިބުނީ އެމީހުންގެ ކަމެއް ވިއްޔާ

      ނިކަން ފޯރި ދައްކާނެ އެކަމު ނިކަމެތި

      ރައްޔިތުންގެ ހައްޤުތަކަށް އަރާއިރު

      އެކަމެއް ނޭންގެ އެމީހުންނަށް

    • ކަލޭތީ ކާކު ބުޅަލަށް ވެސް ކާންދޭ މީހާ އިނގޭ ޔާމީނުއަށް ހުރިހާކަމެއް ކޮއްދިނީމާ އެހެން މީހުން ހަލާކު ކުރަނީ ކަލޭމެން ކަހަލަ 2 ބޯ ބުރާންތިން ނަށް ނޭގިދާނެ ބުރާންޗާ މި ކިޔަނީ އަމީތުގެ ކާފަ މި ދުނިޔެއާ ވަކިވެ ދިޔަ ވާހަކަ.. މި ކޮމެންޓް ނާރުވާތި މީހަމަ ސަރުކަރުގެ ކަންކަން ފަތުރާބައެއް ގައުމުގާފިތުނަ ފަސާދަ އުފައްދާ ވަގުތު

  2. ކަމަނަ މުހައްމަދު

    ކުށްވެރިން، ތިކަހަލަ ޖައްބާރުންނަކަށް ބޭނުންހާ ގޮތަކަށް އުޅެވޭތަ.