ދ. ކުޑަހުވަދޫ އަށް ރޭ ވިއްސާރަވެ، އެ ރަށުގެ ގިނަ މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކުޑަހުވަދޫއަށް ކުރި ވިއްސާރައިގައި އެ ރަށުގައި ފެން ބޮޑުވެފައިވާތީ ފެންބޮޑުވި ސަރަހައްދުތަކުން މިހާރު ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ކުޑަހުވަދޫގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ބޮޑުވެފައެވެ.

އަދި ބައެއް ގޭގެއަށް ވެސް ފެން ވަދެ ގެއްލުންތަކެއް ލިބިފައިވެއެވެ.

ކުޑަހުވަދޫގައި ފެން ބޮޑުވި އިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ނ. އަތޮޅުން ފެށެގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން މެންދުރު ފަހު 1:00 އާ ހަމައަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކުޑަހުވަދޫ މީހާ

  މެޓް އޮފީހަކަށް ނޭނގޭ މި ހިސާބަށް ވިއްސާރަ ކުރާކަމެއް

 2. ސިނެކް

  މަގުހެދިބަޔެއްގެވާހަ ކަ ނުލިޔާނެ ވަ ކިއަތަށް ނުޖެހެމޯ ދެންރަނގަޅުތާ

 3. ބޮލް

  ސަމާލުނެރުނީ ނ އާއި ވ ވަށް ވެހުނުހާ އެއްޗެއް ތ އަތޮޅާއި ކުޑަހުވަދޫ ހިސާބަށް ބޯހަލާކި

 4. އަލީ

  ވާރޭ ވެހެނީ ވަކި ރަށެއް ބަލާފަ އެތަނައް އެކަނިތަ؟؟؟؟