އެމެރިކާގައި ކޮވިޑް-19 ޖެހިގެން އިތުރު 3،632 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 104 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 އަށް ޖެހި، ދެ މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު 76 މިލިިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. މި ބައްޔަށް އެންމެ ގިނަ ބަޔަކު ފައްސިވެ، ބަލީގައި މަރުވެފައި ވަނީ ވެސް އެމެރިކާއިންނެވެ. އަދި މި ބަލި ޖެހިގެން އެންމެ ގިނަ ބަޔަކު ރަނގަޅުވެފައި ވަނީ ވެސް އެ ގައުމުގައެވެ.

އެމެރިކާ އިން މިހާތަނަށް 27 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހުނު އިރު، 457,856 މީހަކު ވަނީ މަރުވެފައެވެ. އިއްޔެ އެކަނި ވެސް އެ ގައުމުން 3،632 މީހަކު މަރުވި އިރު، އިތުރު 114,703 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

އެމެރިކާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ނުވަ މިލިއަނަށް ވުރެ މައްޗަށް އަރާފައިވާ އިރު، ބަލި ޖެހިގެން ސީރިއަސް ހާލަތުގައި 23،000 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

 

ކިޔުންތެރިންގެ ހިޔާލު