މީހަކު ބުނާ ކަމެއް ފުރިހަމަކޮށް ދިނުމުން ސަބްމެރިން ނުވަތަ ސައިދޭނަމޭ ބުނެފި ނަމަ އެ ވާނީ ފުއްދަން ޖެހޭ ދަރަންޏަކަށް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް އެގޮތަށް ވިދާޅުވީ އިސްލާމިކް ނޮލެޖް ވައިބަ ގްރޫޕްގައި މީހަކު ކުރި ސުވާލެއްގެ ޖަވާބުގައެވެ.

ސުވާލު ކުރި މީހާ އަހާފައި ވަނީ ރައްޓެހިން ކައިރީ، ކަމެއް ކޮށްދީފިއްޔާ ސަބްމެރިން ނޫނީ ސައި ދޭނަމޭ ބުނާ ކަމަށެވެ. އަދި އެކަމެއް ކުރުވާފައި ދޭން ބުނި އެތި ނުދިނީމަ ވާނީ ކޮންކަހަލަ ކަމަކަށްތޯ އެމީހާ ވަނީ ސުވާލުކޮށްފައެވެ.

އަދި އެއީ ދަރަންޏަކަށްވާނެތޯ ވެސް އެމީހާ ސުވާލުކޮށްފައިވެއެވެ.

އެމީހާ ކުރި ސުވާލުގެ ޖަވާބުގައި އިޔާޒް ވިދާޅުވީ އެއީ ވައުދެއް ކަމަށާއި އެ ވައުދު ފުއްދަން ޖެހޭ ކަމަށެވެ. އަދި އެއީ ދަރަންޏެއް ކަމަށާއި އެ ދަރަނި އަދާކުރަން ޖެހޭނެ ކަމަށް ވެސް އިޔާޒް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. Anonymous

  ތެލުލި ބަނބުކޭލާކަޅު ސައި ދޭން ބުނެ ފިނަމަ ފުްައްދަން ޖެހޭނެތޯ ވަރަށް މީރު އެއްޗެއްވީމަ ބުނެލީ

  19
 2. މޯދީ

  ޔަޤީނޭ މިގޮލައަށް ކުއްޖަކު ސަބްމެރިންނުދީގެން އެއުޅެނީ

  20
  4
 3. ދިވެހި މުދިމެއް

  ޑރ. ޢިޔާޟް ޖަވާބުދީހަދާ ބައިވަރު ވާހަކަ ތަކުން ނޫހުގައި ޖަހާލަން ފުރްޞަތު މިލިބެނީ މިކަހަލަ ކުދިކުދި ބޭކާރު ޚަބަރުތައް އެކަނި ތަ؟

  24
  6
 4. ޖަނާޒާ

  ކަލޯގަޔާ . ހާދަ ބައެއް ހާދަ ބަޔަކަށް ސޭ ދޭން އޮންނާނެއޭ. މުޅި ޒުވާޏްޖީނު ޗަވީގޮތުން ދެރީތީ. ސަރުކާރުން މި ދަރަނިތަކަށް ހައްލެއްހޯދަން އަވަސް ގޮތަކަށް ފަންޑެއް ހުޅުވާދެއްވާ. އިޔާޒުގެ އާޓިކަލުން އަޚުން ބޯގޮވައިފި

  10
  1
 5. ވަހީދް

  ދަންނަ ބޭކަލުން ދައްކާނެ ވާހަކަ ހުސްވީ.

  6
  4
 6. ނަންރީތި ހުސޭނު

  ނަސީދު ދޭނަމޭބުނެގެން ސޭކު ސަބަމެރީން ނުކެވިގެން އުޅޭއިރު މަމިކިޔަނީ 3 ވަނަ ރާޅު ނަގައިފިޔާ ވެންޓިލޭޓަރުތައް ކޮބާހޭ، ރައްޔިތުން އެހާ ބައިބަރު ލާރިކޭމީހުން ކޮބާހޭ، ގައުމުތަކުން ރައްޔިތުންނައް ހިލޭބަހަން ދިން އެއްޗިއްސައް ވީކިހިނެއްހޭ، ތަންތަނުން ދިން ލާރިތައް ކޮބާހޭ، ނުވިތާކައް އިންކަމްސަޕޯޓު ލިބުން މީހަކުނެތޭ އެކަމު އަދަދު ހިސްތިހާރުކުރެޔޭ ، މިހާރުވެސް ތި ޖަހަނީ ބަޑްލިޔުއެޗްއޯ އަދި ހުއްދަނުދޭ ވެކްސިނެކޭ. ސަބްމެރީން ނުކެވިގެން މިއުޅެނީ!!!!!

  8
  2
 7. ސުވާލީ

  ޕިކްފައިނާ ނާރިނގުފަނި ތައްޓަކާ ދޭންބުނުމަކީ ކޮންކަހަލަ ކަމެއް ސައިހޫ؟

  9
  1
 8. އަކްމެޑް

  ނުކުރެވޭ ކަންކަން ކޮށްދޭނަމޭ ކިޔާ ފޮނި ނުކަޑަންވީ.

 9. އެމަންޖެ

  އިޔާޒް އައް މީހުން ވަރަށް ސަބްމެރިން އާއި ސައި ދޭނަމޭ ބުނެފަ ހުރިހެން ހީވޭ.

 10. Anonymous

  ތި ތާއީދު ކުރާ މީހުން އެވަޢުދު ފުއްދަންބުނެ ނުފުއްދާދެނީތޯ؟ އެހެންވެ ހަނދަާންކޮށްލަދިނީ.

 11. Anonymous

  އެހެންވީމާ ރައްޔިތުންނަށް އެންމެ ގިނަ ވަޢުދުވެ އެ ވަޢުދުތައް ފުއްދާނުދީގެން ބަލާއިރު އެންމެ ދަރަނި ބޮޑުވާނީ މިސަރުކާރުގަތަ.