ކޮވިޑް-19 ފެތުރުން އަނެއްކާވެސް އިތުރުވަމުން އަންނާތީ ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ދެންނެވުމެއްގައި ވަނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ ބޭންކުން ދެމުން އަންނަ ތިން ހިދުމަތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުުން އެދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގައި ހެނދުނު 11:00 އިން ފެށިގެން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހުު ޕްރޮސެސް ކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ އަދި ހެނދުނު 11:00ގެ ފަހުން ލިބޭ ލެޓާ އޮފް ކްރެޑިޓް ޕްރޮސެސް ކުރެވޭނީ ދެން އަންނަ ދުވަހެއްގައި ކަމަށް އެ ބޭންކުން ވަނީ ވިދާޅުވެފައެވެ.

ދެ ވަނަ އަށް ބަދަލު ގެނައުމަށް ނިންމާފައިި ވަނީ، ޕޭ ރޯލް ނުވަތަ ކުންފުނިތަކުން ބީއެމްއެލް މެެދުވެރިކޮށް ޖަމާކުރާ މުސާރަ ޖަމާކޮށްދިނުމުގެ ހިދުމަތަށާއި، ބީއެމްއެލްގެ ޗެކް ޕްރޮސެސް ކުރުން އަދި ލޯކަލް ބޭންކުތަކަށް ކުރާ ޓްރާންސްފާގެ ހިދުމަތަށެވެ.

އެގޮތުން މެންދުރު 12:00 ގެ ކުރިން ލިބޭ ޕެރޯލް ރިކުއެސްޓުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެ ކަމަށާއި، އޭގެ ފަހުން ލިބޭ ރިކުއެެސްޓުތައް ޕްރޮސެސް ކުރަމުން ދާނީ ދެން ބޭންކް ހުޅުުވާ ދުވަހެއްގައި ކަމަށް ބީއެެމްއެލް އިން ވަނީ ވިދާޅުވެފައެވެެ.

އެހެން ބޭންކުތައް މެދުވެރިކޮށް ޗެކް ޕްރޮސެެސް ކުރުމަށްވެސް އެ ބޭންކުން ވަނީ ބަދަލުުތަކެއް ގެނެެސްފައެވެ.

އެގޮތުން ހެނދުނު 11:00 އިން ފެށިގެެން ލިބޭ ޗެކްތައް އެދުވަހަކު ޕްރޮސެސް ކުރާނެ ކަމަށާއި އޭގެ ފަހުން ލިބޭ ޗެކްތައް ޕްރޮސެސް ކުރަމުން ދާނީ ދެން އެންމެ އަވަހަށް ބޭންކު ހުޅުވާ ދުވަހަކު ކަމަށް ބީއެމްއެލް އިން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިން އިތުރަށް ވިދާޅުވީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ފޯރުކޮށްދިނުމަށް ބޭންކުގެ މުވައްޒަފުން ޝިފްޓް ޑިއުޓީއާ ވަކިވަކި ޓީމް ތަކަށް ބަހާލައި އަދި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމުތައް މިވަނީ ހަމަޖައްސާފައި ކަަމަށެވެ.

މިބަދަލުތަކުގެ ސަބަބުން މެދުކެނޑުމެއްނެތި ބޭންކިން ހިދުމަތް ފޯރުކޮށްދެވި، ކަސްޓަމަރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަން ލިބިގެންދާނެއެވެ. މާލެ ސިޓީގައި ގާއިމްކޮށްފައިވާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އަށެވެ. ބޭންކިން ހިދުމަތްދޭ ދުވަސްތަކުގައި ހެނދުނު 08:00 އިން މެންދުރު 12:00 އަށް ކިއުބް އެޕް މެދުވެރިކޮށް އޮންލައިން ޓޯކަން ލިބޭނެއެވެ.

އެކައުންޓް އޯޕްނިން ސެންޓަރު ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރު މެދުވެރިކޮށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް މެދުވެރިކޮށެވެ. ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ. އަދި އެދެނީ މި ދުވަސްވަރު ކަސްޓަމަރުުން ގޭގައި ތިބެގެން ހިދުމަތްތައް ހޯދުމަށް ކަމަށް ބީއެމްއެލް އިން ވަނީ ވިދާޅުވެެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީރާޖާ

    ދުނިޔޭގެ އެއްވެސް ތަނެއްގައި އެންމެ ހަރުކަށި ލޮކްޑައުންގައިވެސް ބަދަލެއް ނުގެނެސް ޚިދުމަތްދޭ ޒަރޫރީ ތަންތަން ހުރޭ. އޭގެ ތެރޭގައި ފުލުހުން، ސިފައިން، ސިއްހީ ޚިދުމަތް، ސުޕަރމާކެޓް، ބޭންކުތައް ހިމެނޭ. ރާއްޖޭގައި ހަމަ ކޮންމެ ކަމެއް ވިޔަސް ބޭންކު މިއީ ބުރަކި ޖެހޭ ތަނެއް. މިއީ އަޅެ އަޖައިބެއް!