ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭ ތަނަކުން ވަގަށް ނެގި 59،500ރ. ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީ މީހެއްގެ އެ ރުފިޔާތައް ވަގަށް ނެގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި ފުލުހުން ކުރި ތަހުގީގުން އެ ހުރިހާ ފައިސާއެއް ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރި ތަހުގީގުގައި ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފޫޓޭޖުތައް ބަލާފައިވެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި ބައެއް ފައިސާތައް ފެނިފައި ވަނީ ތިލަފުށި ސައިޓެއްގައި ހުރި ޖަމްބޯ ބޭގެއްގެ ތެރެއިންނެވެ.

އަދި ބާކީ ފައިސާ ހޯދާފައި ވަނީ ބަންގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފަކޮށްފައި ހުއްޓަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެ އެކައުންޓަށް ޓްރާންސްފަ ކޮށްފައި ހުރި ފައިސާއާ އެކު ޖުމްލަ 59،500ރ. ބިދޭސީ މީހާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސިނެކް

    ފުލުހުން މި ކަން ކޮއްފަ ތިއޮތީވަރަށް ޕޮރޯ ކޮއް

    6
    1
  2. މާމިގިލީ މީހާ

    ރާއްޖޭ ފުލުހުން މާ މޮޅު. އެއްވެސް މީހަކު ހައްޔަރު ނުކޮއް ފައިސާތައް ހޯދައިފި. މިހާރު ރުފިޔާތަކު ފައިފަޅައިގެން ފިލާން ދުވަނީތަ؟ މިހާރު ރުފިޔާ ފޮރުވާފަ ބަހައްޓާންވެސް ބިރުގަނޭ. އަނެއްކާ ރުފިޔާތަކައް ކޮރޯނާ ޖެހިގެން ވާގޮތެއް ބާ މީ...

    6
    1
  3. ކަލޯގަޔާ

    ސީ އައި ޑީ ބަލައިން އުޅޭ ބައެއްތީ، ކަމަކަށް ވަރު ކަމެއް ޖެހޭ އިރު ނުވާނެ އެއްކަމެއްވެސް.

  4. ކޮމެންޓު

    ތިޔަ ހޯދި އިރު 500ވައްޓާލާފަ 60 ހަދާލިނަމަ ސަޅިވީސް