ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުން ކޮވިޑް-19 އަށް ވެކްސިން ޖެހުމަށް ޓޫރިޒަމް މިނިސްޓްރީން ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެެއްގައި ވިދާޅުވެެފައި ވަނީ، ފަތުރުވެެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުގެެ ނަމާއި އުފަން ތާރީހާއި، އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމެެންޓާއި މަގާމާއި އީމެެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވުމަށް އެދޭ ކަމަށެވެެ.

ބިދޭސީ މުވައްޒަފުންް ރަޖިސްޓްރީވާ ނަމަ މި މައުލޫމާތުތަކުގެ އިތުރުން ޕާސްޕޯޓު ނަންބަރާއި، ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.

ވެެކްސިން ޖެހުމަށް ރަޖިސްޓްރީީ ކުރެވޭނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ރިސޯޓުތަކުގެ މުވައްޒަފުންނާއި، ސަފާރީ އާއި، ގެސްޓު ހައުސް އަދި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުރައްކަލަށް ހުށަހެޅިގެން މަސައްކަތް ކުރަން ޖެހ މުވައްޒަފުންނަށް 10،000 ޑޯޒް ހާއްސަކުރެވިިފައިވާކަމަށް ވިދާޅުވެެފައެވެެ. އަދި 10،000 ޑޯޒް އިން ވެެކްސިން ދެެވޭނީ 5،000 މުވައްޒަފުންނަށެވެ.

ވެކްސިން ދިނުުމުގައި ސަމާލުކަން ދޭނީ ފަތުރުވެެރިންނާއި ކައިރިން މަސައްކަތް ކުރާ މުވައްޒަފުންނަށެެވެ. ނަމަވެސް އޭގެ ފަހުން ހުރިހާ މުވައްޒަފުންނަށްވެސް ވެކްސިން ދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެެފައެެވެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    މާކުރީގަވެސް އެގޭ ތި ޖަހާނެ ބަޔަކު ނެތީމާ ރިސޯޓުތަކައް ބާރުކުރާނެކަންއެޔައް ވުރެ ތާހިރެނޫން ސަރުކާރުގެ ކުންފުނިތަކުގަ ތިބިމީހުނައް މަހުބޫރުކުރިނަމަ

  2. ކެޔޮޅުބެ

    ޜިސޯޓު މުއްޒިފުންނަށްވުރެ ރަނގަޅުވާނެ ތި އުޅޭ އުދުހޭބޯޓުގަ އުޅޭ ފަޅުވެރިން ގަޔައް ތިޔާ ޖެހިއްޔާ.. އެކުދިން އެބޯޓުގަ އުޅެފަ އެ އަންނަނީ ގޭގެ ތިބި މުސްކުޅި މަންމަ އާ ބައްޕަ ގާތަށް ވިއްޔާ.. ރިސޯޓު ކުދިން އެރިސޯޓެއްގަ ހަމަ ތިބޭނީ ވިއްޔާ...