ނުރައްކާތެރި ބަލިމަޑުކަމަކުން ފުރާނަ ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުއީ މަގުސަދުތަކުގެ ނަޒަރުން ބަލާއިރު ޒަރޫރީ ކަމެއް ކަމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނަ އިރު، އެ ބައްޔަށް ރައްކާތެރިވުމަށް އިންޑިއާ އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ވަނީ ޖަހަން ފަށައިފައެވެ. އެ ވެކްސިނާ މެދު ސުވާލު އުފައްދައި އެކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދަނީ އަޑު އުފުލަމުންނެވެ.

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ މި ނާޒުކު، ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި ގައުމީ އެއްބައިވަންތަކަމުގެ ސަފުތައް ބަދަހިކޮށް ގައުމު ރައްކާތެރި ބަނދަރަކަށް ގެންދިއުމަށް އެންމެން އެކީ ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަދި ﷲ ގެ ހަޟްރަތަށް ވަކީލްކޮށް ސިއްހީ މާހިރުންނަށް އިތުބާރުކޮށް ބަލިން ސަލާމަތްވުމުގެ ސަބަބުގައި ހިފުމުގެ ގޮތުން އެންމެހައި ރައްޔިތުން ކޮވިޑް-19 އިން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ މުޅި މުޖުތަމައު އަށް ހޯދައިދޭވެނެ ރައްކާތެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި އެއް މަގުސަދަކީ ފުރާނަ ސަލާމަތް ކުރުން ކަމުގައި ވީ ހިނދު، ނުރައްކާތެރި ބަލިމަޑުކަމުގެ ވަބާއިން ފުރާނަ ސަލާމަތްކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެކްސިން ޖެހުމަކީ ޝަރުޢީ މަގްސަދުތައް ނަޒަރުން ބަލާއިރު ޒަރޫރީ ކަމެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ކަން ކުރެއްވި ޝަހީމް ވިދާޅުވިއެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 16،155 އިން މައްޗަށް އަރާފައިވާއިރު އެ ބަލީގައި 52 މީހަކު ނިޔާވެފައިވެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ އިން ވަނީ މި ވައްތަރު ވެކްސިންގެ 100،00 ޑޯޒް ހަދިޔާކޮށްފައެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފައެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ކުރިއަށް އޮތް ދެ މަހުގެ ތެރޭގައި ވެކްސިން ހަމަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެފައިވާ އިރު، ރާއްޖެ އަށް ތަފާތު ވައްތަރުގެ ވެކްސިން ގެންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވާފައިވެއެވެ. އޭގެ ތެރޭގައި ދުނިޔޭގައި މިވަގުތު އެންމެ މަޝްހޫރު ފައިޒާ ވެކްސިން ވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ފަނި

    ރޯނު އެދުރު އައީ ދެއްތޯ

    9
    15
  2. ކްލިއޯޕެޓްރާ

    ތީ އެހާ އިފެކްޓިވް އެއްޗެއް ނޫން. ޢިންޑިޔާއިންވެސް ތި ވެކްސިން ޖެހުންވަނީ މިހާރު ހުއްޓާލާފައި. ޑަބްލިއުއެޗްއޯއިން ވެސް އެޕްރޫވްނުކުރާ އެއްޗެއް ޖެހުން ބުއްދިވެރިވާނެބާ؟!

    22
    14
    • ކަލޭ

      ދުނިޔޭގެ ހަބަރުތަައް ކިޔާ ހަބަރުތައް ބަލާ އުޅޭ މީހެއް ހެން ހިޔެއް ނުވޭ. ޢަނގަ އޮތީމަ ވާނުވާ ނޭނގޭ އިރު ވެސް ތަޅުވަނީ.

  3. Anonymous

    މޯދީ ކިހާވަރެއް ދީގެން ބާ ކުއްލި ފަތުވާ ނެރުނީ

    1
    5
  4. ޤައްދާރު

    ޝަހީމް ފޭކް ވެކްސިން އޯކޭތޯ؟ އާދެބަލަ ރާއްޖެއަށް ވެކްސިން ޖަހަން؟

    4
    1
    • ބޯގޯސް

      ކަލޭ ތީ އެ ވެކްސިންހެދި މީހާތަ؟ ނޫނީ އެ ވެކްސިން ތަހްލީލް ކުރި ލެބޯޓްރީގަ މަސައްކަތް ކުރި މީހެއްތަ؟ ތި އުޅެނީ ހަމަ ސަރުކާރާ ޖެހިފަ އޮންނަ ޒާތީ ހަސަދައަކާ ރުޅިވެރިކަމަކުން މި ސަރުކާރުން ކުރާ އެއްކަމެއްވެސް ތިޔަ އެއްޗެހިންނަކަށް ރަނގަޅެއް ނުވާނެ.

    • ސަހީމް

      ފޭކު ވެކްސިނާ ބެހޭގޮތުން އައިސްފަ ހުރި ކަންކަން ޖެހޭނީ ބަލާލަން ވަގުތުކޮޅެއްދީ ހަބަރެއްވާނަން

  5. ވގ ޔނ

    ނުނޭ ޕޕ ކުދިން ނުޖަހާތި ވަގުކަލޭގެ އެބައާދޭ ވެކްސިންހިފައިގެ ނަމަކީ ޓިނޯ ވެކްސިން

    4
    6
    • Anonymous

      ޕޕމ ކުދިންގެ ވެކްސިން އަކީ ޔާމީންއޯ އެނޫން އެއްޗެއް އެމީހުން ގަޔައް ޖަހަން ހެޔޮވެސް ނުވާނެ

  6. ހަސަނުބެ2323232323

    ތިޔަ ވާހަކަ އެނގިލައްވާނީ މައިމޫނާއަކަށް ނޫންތަ ޝަހީމޫ

    1
    5
  7. ކޮލި

    އެހެންވީޔާ އަދުރެވެކްސިން ޖަހަންވީނުންތޯ

    3
    2
  8. އަޙްމަދް

    ވެކްސިނަކީ ކޯއްޗެއްކަން އެގނިގެންފަތުވާ ނެރެބަލަ!
    ކޮއްމެވެސް ވަރަކަށް ދިންކިޔަވާލިއަކަސް އަދި ވެކްސިނަކީ ކޯއްޗެއްކަމެއް ނޭންގޭނެއެވެ!
    ވެކްސިނަކީ އިންސާނެއްގެ ސިއްޚަތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ އެއްޗެއްތޯއެވެ؟.
    އަހަރެމެންގެ ހަށިގަނޑަށް ބޭނުންވާ އެއްވެސް އެއްޗެއް ވެކްސިންގައި އެކުލެވިގެން ވޭތޯއެވެ؟
    އަހަރެމެންގެ އިސްލާމީ ޝަރީއަތުގެ އެންމެ މަތިވެރި އެއް މަގުސަދަކީ ފުރާނަ ސަލާމަތްކުރުންކަމުގައި ވީ ހިނދު، ހަށިގަނޑަށް ވެކްސިންގައި އެކުލެވިގެންވާ ވިހަ މާއްދާތައް ކަމުގައިވާ އެލްމިނިއަމް، މާކުރީ، ފްލައިސޯބޭޓް 80, ފޯމަލްހައިޑް، ދަރިވައްޓައިން ކަތިލައި ހަދާފައިވާ ސެލްލައިނެއް ފުރާނަ ސަލާމަތް ކުރާށެބުނެ ހަށިގަނޑަށް ފޮނުވާލުމުގެ ބޭނުން ޖެހިގެން ވަނީތޯއެވެ؟އެއްވެސް ވެކްސިނަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓެއް ނުވަތަ ކާނާގެ މާއްދާއެއް އެކުލެވިގެންވާ އެއްޗެއްތޯއެވެ؟.
    ތިމާމެން ކިޔެވި އެއްޗަކާއި އެއްގޮތަށް ތީމެންގެ ޢަމަލުތަށް ސީދާނުކުރެވުނުތާ ތިމާމެންގެ މޮޅުކަން ދައްކަން ތިމާމެންނުދައްނަ ކަންކަމުގެ ވާހަކަ ދައްކާ އުޅެނީ ރޯނުއެދެރުން ނޫންދެން ކޮންބައެއްތޯއެވެ؟

  9. ތެދުމަގު

    ކޮމެންޓް ކުރާ ކުދިން ނަށް ޑރ ޝަހީމް އެވިދާޅުވަނީ ވެކްސިން ޖެހުމަކީ ޒަރޫރީ ކަމެކޭ އެއްގޮތަކަށްވެސް ކޮވިޝީލްޑް ޖަހާޝެކޭނޫން ، ދުނިޔޭގަ ނަން މަޝްހޫރު އެތައް ވެކްސިނެއް އެބަ ގެންގުޅޭ ، މަވެސް ކޮވިޝީލްްޑް ޖެހުމާ ދެކޮޅު އެކަމަކު އެސްޓްރާޒެން ޖަހާނަން އިންޝާﷲ

  10. ސޭހް

    ސާބަހޭ ވެކްސިން ޖެހުމުގެ ވާހަކަވެސް ދީނުގަ އެބައޮތްތަ؟ ހަމަ އަޖައިބުވެ އަންތަރީސްވެއްޖެ