މާސްކް ނާޅާ ނަމަ ހުރިހާ ރަށެއްގައިވެސް ޖޫރިމަނާ ކުރާނެ

މާސްކު ނާޅާ ނަމަ ހުރިހާ ރަށެއްގައިވެސް ޖޫރިމަނާކުރާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނުސްވެރިންގެެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުލުިހުންގެ ހެެޑް އޮފް ޓްރެެފިކް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެެއްގައިވެސް ފުލުހުން ނެތް ކަމުގައި ވިޔަސް ޓާސްކު ފޯހެއް ހަދާފައި އޮންނާނެ ކަމަށާއި، އެހެން ކަމުން ރަށްރަށުގައި މާސްކު ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

"މާލެެއެކޭ އެއްގޮތަށް ހަމަ އަތޮޅުތަކުގައިވެެސް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށްރަށުގައި ކައުންސިލްތަކުންވެސް އަދި ހާއްސަކޮށް ކޮވިޑާއި ގުޅިގެން ޓާސްކުފޯހެއް ކޮންމެ ތަނެއްގައިވެސް ހެދިފައި އެބަ އޮވޭ. އެ ޓާސްކު ފޯހަށްވެސް އިހްތިޔާރު ލިބިގެން ވޭ މިކަންކަމުގައި ޖޫރިމަނާކުރުމަށް" ސަމީރު ވިދާޅުވިއެވެ.

ރަށްރަށުގައިވެސް ޖޫރިމަނާކުރަމުން އަންނާނީ 1000 ރުފިޔާއިން ފެށިިގެން ކަމަށް ސަމީރު ވިދާޅުވިއެެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކޮށްފައި ވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.

މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެެތުރުން އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. މިހާރު މި ބަލި ފެތުރޭ މިންވަރުު އިތުރުވުމުގެ އިތުރުން، ބަލީގެ އަލާމާތްތައް ފެންނަ މީހުންނާއި، މި ބަލި ޖެެހިގެން ހޮސްޕިޓަލްތަކުގައި އެނދުމަތި ކުރަން ޖެެހޭ މީހުންގެެ އަދަދުވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެެވެ

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކުޅަދާނަ

  މިއަދުވެސް ދެކުނިން ރޯމާ ދުވާލު ބަނގްލަދޭސް ބޭފުޅެއް މާސްކު ނާޅާ.... ނުބެލެހެއްޓޭނެ ކަލޭމެނަކަށް.

  14
 2. ބަސީރު

  ރައްޔަތުން ފެލުމުގާ މި ސަރުކާރު މެކުހަންޖަހާފަ

  30
  1
 3. ފަހުމީ

  ރައްޔިތުން ފެލައިގެން ދައުލަތައް ފައިސާ ހޯދަން ރަނގަޅު ޚިޔާލެއް.މިއުޅެނީ ހުރިހާ ރަށެއްގައި ކޮރޯނާ ފެތުރިގެނެއްނުން.ކޮރޯނާގެ ބިރުވެރިކަން އޮތް ރަށްރަށުގަ މާސްކު އެޅުން މައްސަލައެއްނުން.މިކަމަކީ ސީދާ ރުފިޔާ ހޯދަންވެގެން ކުރާކަމެއް.މިވަރުގެ ރައްޔިތުން ފެލަން އުޅޭ ސަރުކާރެއްނުދެކެން.މިވަރުން ދަންޔާ މިގައުމުގަ އުޅޭތީ ފައިމަގުގަ އުޅޭތީ މާގިނައިން ނޭވާލާތީވެސް ޖޫރިމައިނާ ކުރާނެ.ވަރަށް ސާފުކޮށް މިބުނީ ކަރުބިރިކޮށްލިޔަސް މިސަރުކާރަށް ވޯޓެއްނުދޭނަން.

  20
  1
 4. ބަކަރި

  މިވަރުން ދަންޏާ ރައްޔިތުމީހާގެ ގޮހޮރާ ކިޑްނީވެސް މަގުމަތިން ހިނގާލާފަދާ ގަޑީގަ ދަމައިގަންނާނެ

  22
  1
 5. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

  މިވަރުން ދަންޏާ ރައްޔިތުމީހާގެ ގުނަވަންތައްވެސް ނޭގެ ކާނުލާނެކަމެއް.. އިސްތިއުފާ

  16
  1
 6. ކަންނެލި އޮޑި 19

  މާސްކެއް ހާ ހިސާބު ދޭން ނުކެރޭ މި ސަރުކާރުގަ ތިބި ބާގީންނާއި ގުންޑޭއިންނަކަށް

  16
  1
 7. ބަކަރި

  ގެރި ސަރުކާރު އިސްތިއުފާ

  15
  1
 8. ކޮރަލް

  ކޮވިޑް ގެ ނާޖާއިޒް ފައިދާ ނަގާ އެތައް ބަޔަކު މިލިއަނަރުންނަށް ވެއްޖެ އެވެ.

  14
 9. ރައްޔިތު މީހާ

  ސަރުކާރުން މާސްކް ފޯރުކޮށްދެއްވާ. ގަނެގެން އަބަދަކު ނޭޅޭނެ

  15
  1
 10. ޅަތީފާ

  ކުރިއަތް އޮތް 5 އަހަރައްވެސް ދައުލަތް ހިންގާލެވޭނެ މިފަހަރު ކިނބޫ

  12
  1
 11. ތިންބާރު

  ތިއީ ކުރެވޭނެ ޖުރިމަނާއެއްގެ ވާހަކައެއްނޫން.
  ކޮންބައެއް ތިކަން ބަލަންތިބީ.
  ތި އިއުލާނެއް ކުރިފަހުންވެސް ކައުންސިލަރުން އަދި މުއައްސަސާތަކުގެ އިސްވެރިން އެއުޅެނީ މާސްކްނާޅާ.
  ތިހެން ނެރޭ އިއުލާނެއް އަޑުއަހަން ބަޔަކުނެތް.

  12
 12. ރަމީޡަ

  މާލޭގައި ކުރި ހުރިހާ ޖުރިމަނާ މައުފު ކުރި. ކީއްވެ ؟
  ކީއްވެތަ ރަށްރަށުގައި އުޅޭ މީހުން އަތުން ފައިސާ އަތުލަން ތިއުޅެނީ ؟
  އަހަރެން ޖުރިމަނާ ފައިސާއެއް ދައްކާނީ ކުރިން މައުފުކުރި މީހުން އަތުންވެސް އަނބުރައި އަތުލާކަމަށްވާނަމަ.
  އެހެން ނޫނީ ކޯޓަށް ދާނަން.

  14
 13. ޖުސތ

  ނުކުރެވޭނެ ތިކަމެއް! މިހާރުވެސް ބަލާބަލަ މަޖީދީ މަގާ އަމީނީ މަގު މާލޭގެ. ކިތައް 'ބޭފުޅުން' އެތިބަ ދަނީ މާސްކު ނާޅާ. ކުރީގެ ފޮތްވިއްކާ ފިހާރައިގެ ވޭނާ ލޯރިވެސް.....

 14. Anonymous

  ސަރުކާރު ބަނޑަޖެހުނީތޯ.
  ކޮވިޑް ނެތް ރަށްރަށުގައި ކިޔެއްކުރަން މާސްކު އެޅުން މަޖުބޫރުކުރަންވީ. 3 ފޫޓަށްވުރެ ކައިރި ވަންޏާ ރަގަޅު މާސްކްއަޅަން.

 15. މަސްއޫދު

  ފައިދާ ހޯދާނެގޮތެއް އަނެއކާވެސް ހޯދީ! ދިވެހިންގެ އަތްމަތި ދަތިވެފައިވާ ވަގުތެއްގައި އަނެއކާވެސް ބޮޑުބުރައެއް! ބަލ ކޮވިޑުގެ ކުރީކޮޅު ސަރުކާރުންބުނީ ގަދަންކޮށްފައި ލައްކައިން މާސްހުންނާނެކަމަށް! މި މާސްކުތައް ރައްޔިތުންނަށް ދޭންވީއެއްނޫން! ކަލޭމެންނަކީ އެންމެ އޯގާތެރި ސަރުކާރުކަމަށް ދައުވާ ކުރާ ސަރުކާރު!

 16. Anonymous

  ކޮވިޑް ނެތް ރަށްރަށުގަ ނެތް ހާލަތެއް އުފައްދައިގެން މާސްކު އެޅުމާ ޖޫރިމަނާ ކުރުމަކީ ވަރަށް ދެރަކަމެއް. އެޗްޕީ އޭއިން އަދި ވިސްނާލައްވާ

 17. ސަޅި

  ރަށް ރަށައް ކޮވިޑް ގެންގޮސްފަ މި ކިޔަނީ މާސް ކް ނައަޅާފިއްޔާ ޖޫރިމަނާ ކުރާނެ ވާހަހަކަ.

 18. ށަރީފު

  ޖޫރީމާނާ ސަރުކާރު ނަން ބަދަލު ކުރަން ފެނ ޭ

 19. އާރިސް

  ކޮވިޑް ނެތް ރަށްރަށުގަ ނެތް ހާލަތެއް އުފައްދައިގެން މާސްކު އެޅުމާ ޖޫރިމަނާ ކުރުމަކީ ވަރަށް ދެރަކަމެއް. އެޗްޕީ އޭއިން އަދި ވިސްނާލައްވާ