ކޮވިޑް-19 ފެތުރެމުން ދާތީ ރާއްޖޭގައި އިއުލާންކޮށްފައި އޮތް އާއްމު ސިއްހަތުގެ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ މާރިޗް 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް މިއަދު މެންދުރު ނެރުއްވި ޤަރާރުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، މާޗް މަހުން ފެށިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށް މިނިސްޓަރ ނަސީމް ނެރުއްވި ޤަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފަލި

  އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތެޅިބާލަނީ ރަސްމީގަޑި ބޭކާރު ލާރި ހޯދުމަށް އޯޓީ ހޯދުނުގޮތަކަށް ހޯދަނީ. މެޗް ކުޅިލާފަ އައިސް އޯޓީ ބޮޑުވަރު ނިކަން މިކަން ބަލާބަލަ

 2. ތުރުކީނާ

  ރަނގަޅު ފިޔަވަޅެއް މަޖިލީހުގެ ރައީސް ބުންޏަސް ރައްޔިތުންނަށްޓަކައި އިނގިރޭސި ވިލާތުންނާ ބޭރުގެ ޤައުމުތަކުން އަންނަ ފަތުރުވެރިންވެސް ކަރަންޓީނުކުރަންފެނެއި އެކަން ބޮއްސުންލައިގެން ދިޔައީ މިކަންކަން ނުބަލައި ދޫކޮށްލުމުން

 3. ރޯޔަލް ބަކަރި

  ސިއްހީ ނުރައްކާތެރިކަމުގެ ހާލަތަށް ވުރެ ބަލާވެރިކަންބޮޑު މި ބައިގަނޑު މި ގައުމަށް

 4. ގެރިގުއިލޯބި

  މުޒަހަރާ ކުރާވަރު މަދީ.. މިވެރިކަން ވެއްޓުނު ދުވަހަކުން މި ބަލާއިން ސަލާމަތްވާނީ