މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކާ ބައްދަލުކުރަން ދިޔަ މީހަކު ބަރަހަނާކޮށް، ބިރު ދެއްކުމަށް ފަހު ފޭރިގެންފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ޖަވާހިރު ގޯޅީގައި ހުރި ގެސްޓް ހައުސްއަކަށް އަންހެނަކާ ބައްދަލުކުރުމަށް ދިޔަ މީހެއްގެ ފޯނާއި ވޮލެޓްގައި ހުރި ފައިސާތަކެއް، އެ އަންހެން މީހާއާއި އިތުރު ދެ މީހަކުވެގެން ފޭރިގަތުމަށްފަހު އެމީހާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެތަކެތި ބޭނުންކޮށްގެން އިތުރަށް ފައިސާ ހޯދުމަށް ބިރުދައްކައި ބްލެކް މެއިލްކޮށް އޭނާގެ އެކައުންޓުން ފައިސާ ޓްރާންފަރވެސް ކުރުވާފައިވާ ކަމަށެވެ.

އޭނާގެ އަތުން ފޭރިގަތީ ކިހާ އަދަދެެއްގެ ފައިސާކަމެއް މީޑިއާ އޮފިޝަލް ހާމައެއް ނުކުރެ އެވެ.

މިމައްސަލައާ ގުޅިގެން 27 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކާއި 33 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ އެއިދާރާއިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަ

    މީހުން ޑޭޓް ތަކަށް ދޭ ތަ ގެސްޓްހައުސްތަކަށް؟

    37
    2
  2. Anonymous

    އެ އަންހެން މީހާ އަކީ ކަބީ ޔަކަށްވީމާތާ ފިރިހެނެއްގެ އަތުން އެގޮތައް ލާރި ފޭރެން ކެރުނީ މަވާ ހިލޭ ވެދުމަކަށް ފޮށްޓަކަށް ލާފަ ދިނަސް ބޭނުމެއް ނުކުރާނަން

    28
  3. ތެދު

    މީ އަޅެ ސާވްދާން ގެ އެޕިސޯޑެއްތަ

    38
  4. މާމިގިލީ މީހާ

    އެމްވީ ކޯލް ގާލް، ޓެލެގްރާމް ގުރޫޕުން ކުރާ ކަމެއްތީ. އެމީހުން ބުނާ ތާކައް ދާތީ ވާގޮތްތީ. އެމީހުން އަންހެނުން އެބަތިއްބޭ ކިޔާގެން މީހުންނައް މަކަރު ހަދާ ފޭރޭ ބައެއް އެއީ. އެގުރޫޕަކީ ޕާޓޭން ހިންގާ ގުރޫޕެއް.

    27
    • ދީވާނާ

      ތިޔަ ކަހަލަ މީހުނަށް ބްލެ ކްމެއިލް ކުރުމުގެ ޗާންސް ނުދޭންވީ އަންހެނެއްގެ ބޭނުމުގަ ދިޔަޔަސް އޮރިޔާން ކޮށްފަ ފޮޓޯނަގާފަ މީސްމީޑިއާގަ އާއްމު ކުރާ ނަމޭ ބުންޏަސް ހަމަޕޮލިހަށް އަންގަން ވީ އޭރުން އެފާޑަށް މީހުން އަތުން ފޭރޭ ކަށް ނު ކެރޭނެ. ތިމާޔަށް ގޯހެއް ހެދިފަ އޮތަސް ޕޮލިހާ ހިއްސާ ކުރަންވީ
      މިފަދަ މައްސަލަތައް ދިމާވަނީ ފާޙިޝް އަމަލްތައް ހިންގުމަށް މަސައް ކަތް ކުރާތީ . އެހެންނާ ފަހެ ޑޭޓަ ކަށްދާނީ ގެސްޓް ހައުސް އަ ކަށް ނޫނެއްނު

    • ހާދަ ހީވެޔޭ

      މާމިގިލީ މީހާ، ތިބުނި ވާހަކަޔަކުން ހާދަ ހީވެޔޭ ކަލެއަށް ވެސް އެކަހަލަ ލޮޓިއެއް ލިބިފައި ހުރިހެން! ހާދަހާ ތަފްޞީލުކޮށޭ ތިއޮތީ ކިޔައިދީފަ!

      • ދީޖުމަ

        މީހަކަށް އެއްޗެއް އެނގުމަކީ ތަޖުރިބާކުރުމުގެ ދަލީލެއް ނޫން. ތިބޭފުޅާއަށްވެސް އެނގޭނެ އަލިފާން ހިފާގޮތް. އޭގެ މާނައެއްނޫން ތިއީ ތާކު ހުޅުޖެހި މީހެކޭ. ކިތަންމެ ތަފުސީލުކޮށް ކިޔާދިނަސް.

  5. ޖޫދު

    ފޭރުނު ސަރުކާރެއް އޮތް ތަނެއްގައި އޮންނާނީވެސް ފޭރުން.

    7
    1
  6. ކޮންމެ

    9 އަހަރު 3 އަހަރު ގެ މީހުން ތިބޭ ތަ

  7. ލާމު

    ޑޭޓަކަ ކަށޭ. ގެސްޓުހައުސަށޭ. ތީ ކޮން ކަހަލަ ޑޭޓެއް.

  8. ދެރަކަމެއް

    ތި މިހާ ގެސްޓް ހައުސް އަށް ދިޔައީ ރަގަޅު ބޭނުމެއް ގަ ތަ؟ އެމީހާ ވެސް ހައްޔަރު ކުރޭ