މާފުށީ ޖަލުގައި އަލަށް އިމާރާތް ކުރެވުނު 50 ގޮޅިއާ އެކު "ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް" ގާއިމްކޮށް ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ދެން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ގާއިމް ކުރި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ފުޅާކޮށް ފެތުރެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ހަރުކަށި ފިކުރާ ގުޅުން ހުރި މައްސަލަތަކުގައި ޖަލުގައި ބަންދު ކުރެވޭ މީހުންނާއި އެހެން ގައިދީންނާ މަސްހުނިވެ ޖަލުތަކުގައި އެ ފިކުރު ފެތުރުން ކަމަށެވެ.

"ސްޕެޝަލް މެނޭޖްމަންޓް ޔުނިޓްގެ ގޮތުގައި މިއަދު ހުޅުވުނު ގޮޅިތަކާއެކު ހަރުކަށި ފިކުރަށް ނިސްބަތްވާ ގައިދީން އެހެން ގައިދީންނާ ވަކިކުރެވި ރިހެބިލިޓޭޓް ކުރުމަށް މަގުފަހިވާނެ. މިއީ ހަރުކަށި ފިކުރުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު ރަނގަޅު ކުރިއެރުމެއް،" އިމްރާން ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ހަރުކަށި ފިކުރުގެ މީހުނާއި ބޮޑެތި ކުށްތަކުގައި ހުކުމް ކުރެވޭ މީހުން ބައިތިއްބަން ޚާއްސަ ޔުނިޓެއް ގާއިމް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު އިމްރާން މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އެއީ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުތައް ތަންފީޒު ކުރުމަށް ޓަކައެވެ. އެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ފިކުރުގެ މީހުންނަށް ހުކުމް ކުރެވުމަށް ފަހު، ރެހިބިލޭޓޭޝަން ގެންދިއުމަށް ޚާއްސަ ތަންތަން ވެސް އިމާރާތް ކުރަން ޖެހެއެވެ.

 

މާފުށީ ޖަލުގައި އިތުރު 50 ގޮޅި އިމާރާތްކޮށް ކަރެކްޝަންސްއާ ހަވާލުކޮށްފައިވާއިރު، ޖަލުތަކުގެ ޖާގައަށް ވުރެ ގައިދީންނާއި ބަންދު މީހުން އިތުރުވުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ކަންބޮޑުވުންތައް ފާޅުކުރަމުންދާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.

މިނިސްޓަރު އިމްރާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ޖާގައަކީ ގާތްގަނޑަކަށް 1،200 މީހުން ކަމަށާއި އެކަމަކު 1،800 އަށް ވުރެ ގިނަ މީހުން ޖަލުތަކުގައި ބަންދުގައި ތިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގައުމު ދެކެ ލޯބިވާ

    ބަލަ މީގެ ހަތްވަރަކަށް އަހަރު ކުރިން މިގައުމުގެ ހުރި އެންމެ ހަރުކަށި ފިކުރުގެ ބޭފުޅާގެ ލަގަބު ލިބިފައިވަނީ މަނިކުފާނެއް ނޫންތޯ؟ އެކަމަކު މިހާރު މަނިކުފާނު ހަރުކަށި ފިކުރު ނައްތާލަން މަސައްކަތް ކުރެއްވީމަ މަންޒަރު އެހާ ރީއްޗެއްނޫން.ހަރުކައްޓޭ މަޑުކައްޓޭ ކިޔާ ބައިގަނޑު އެހެން އެކިޔަނީ ތިޔަކަހަލަ މުނާފިގް ދީނީއިލްމްވެރިން މިގައުމުގަ ގިނަވުމުގެ ސަބަބުން.އަމިއްލަ އެދުމުން ފޯވިޔަސް ތަންފުކެއް ބޮޑުވަރުތީ.ﷲ ގެ އިރާދަފުޅާއި މިންވަރު ފުޅުން މަނިކުފާނުވެސް ހިމެނޭގޮތަށް މިގައުމުގެ މިއޮތް ރިވެތި އަޚުލާގާއި މާތްވި އިސްލާމްދީން ނައްތާލަން ތިކުރާ މަސައްކަތް ލާހިކެއްނުން ކާމިޔާބުކުރާކަށް.

    11
  2. ބޯޖަލީލު

    ޖަލުގެ ހާލަތު ރަނގަޅުކުރަން ހަވާލުކުރީތޯ ؟

  3. ދަރަނި ދަންތުރަ

    ސޭހު އިމްރާނަން މުނާފިގުންގެ ސިފަތަށް ކޮންމެވެސް ބޭފުޅަކު ކިޔާލަދީބަލަ ، އެފަދަ މީހަކަށް އިމްރާން ނުވޭތޯ

    • ހައްގު ތެދު

      ތެދުފުޅެއް. އިމްރާން ޕާކިސްތާނުން ޝަހީމު މަދީނާ އިން މި ދެ ސޭހުން ރާއްޖެ އައިއިރު ތި ހަރުކަށި ފިކުރު ރައްޖެއަށް ގެނައީ. އެ ދެ ސޭހުން ރައްޖެ އައި އިރު ތުބުޅި ދިގުކަމުންގޮސް މޭގެ ޖެހޭ ފަޓުލޫނު ކުރު ކަމުންގޮސް ފައިގެ ތަބިކަށީގެ ސީދާ މެދަށް. ގޭގައި ތިބެ ޒުވާނުން ޖަމާކޮށްގެން ދަރުސް ކުލާސްތައް ނެގީ. މައުމޫނު ކާފަރެކޭ އެއީ ﷲ ޝަރީއަތުގެ ބަދަލުގައި ވަޟުޢީ ޝަރިއަތް ތަސްތީގު ކުރާ މުރުތައްދެކޭ ﷲ ގެ ހުކުމްފުޅުގެ ބަދަލުގައި ވަޟުއީ ސަރިއަތަށް ބޯލެބުމަކީ ބޮޑު ޝިރުކޭ މައުމޫނު އެންމެ ފަހުން ގޮސްް ފިރުއައުނު އާއި އެއްވަރުކުރި. ސަޙީމު އާއި އިމްރާނު އިސްވެ ވަކިން ޖަމާއަތް ހަދައިގެން ނަމާދު ކުރަން ފައްޓާ މިސްކިތުގެ ތިބީ ވަޞައީ ސަރިއަތަށް ބޯލަބާ އިމާމުންނޭ ކިޔާފައި. އަދަލަތު ކިޔާ ޕަޓީ އެއް ހަދައި އެއީ އިސްލާމީ ޝަރިއަތައި އެއްގޮތަށް އަމަލުކުރާ ހަމައެކަނި ޕަޓީ އޭ ކިޔާ ހޭރުނު. މިހާރު ސަރުކާރުން މަތީ މަޤާމް ތައް ލިބުމުން އެއްކަލަ ސޭހު ސަހީމު ސޭހު އިމްރާނު މެންގެ އެއްއޯ ދިގު ތުބުޅި ކުރު ކުރަމުން ގޮސް ކަރުގައި ޖަހާފައިވާ ޓައިގެ ގޮށް ވެސް ފެނޭ ތަބިކަށީގެ މެދަށް ހުރި ފަޓުލޫނު ދިގުވެގެން ގޮސް ބައެއް ފަހަރު އަރައިގެން ހުންނަ ބޫޓުވެސް ނުފެންނަ ދަރަޖައަށް ދޭ. މީ ޙަޤީޤަތް. އެ ދެމީހުން ގެ ފެންވަރު.

  4. ހައްގު މިންވަރު

    سبحان الله

  5. ޛަރުބާރު

    ޢިމްރާނު އަކީ ދެފުށް ކެހެރިއެ ހުސް އަނގަ