އެމްޕީއެލްގެ ދެ ބަސް އެޓެންޑެންޓެއް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
''ވަގުތު'' އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ އޮޕިޝަލަކު ވިދާޅުވީ ދެ ބަސް އެޓެންޑެންޓަކު އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.
އެ އޮފިޝަލް ވިދާޅުވިގޮތުގައި، ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ދެ ފިރިހެން މުވައްޒަފެކެވެ. އަދި އެ މީހުންނާއި ގާތުން އެއްތާވި މީހުން ހޯދުމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން އެމްޕީއެލް ބަހުގައި ދަތުރު ކުރި ފަރާތްތަކަށް ބަލި ފެތުރިގެން ދިއުމުގެ ފުރުސްތު ކުޑަކަަމަށް އޭނާ ވިދާޅުވިއެވެ.
''އަނެއްހެން ބަހުގައި ދަތުރުކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ބަލި ފެތުރުމުގެ ޗާންސް ވަރަށް ކުޑަ. އެފަރާތްތަކާ ފަޅުވެރިންނާ އެހާ ބޮޑަށް ބައްދަލެއް ނުވާނެ'' އޭނާ ވިދާޅުވިއެވެ.
އަދި ކޮންމެ ދަތުރަކަށް ފަހު ބަސްތައް ޑިސް އިންފެކްޓު ކުރާކަމަށާއި، އެއީވެސް ފަޅުވެރިއެއްގެ ފަރާތުން ބަލި ފެތުރިގެންދިއުމުގެ ފުރުސަތު ކުޑަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްސިވި ދެމީހުން މިހާރު ތިބީ ހޯމް އައިސޮލޭޝަނުގައެވެ. އަދި އެ މީހުންނާ ގާތުން ބައްދަލުވި އެހެން މުވައްޒަފުންވެސް އަންނަނީ ކަރަންޓީން ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޢެމްޕީއެލް ތިލަފުށިސައިޓް އެއްމެން ކަހަލަގޮތަކަށް ފައްސިވެގެން އުޅޭތާވެސް ހަފުތާޔަކަށްވުރެވެސް ގިނަވެދާނެ