މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ބިއްލޫރި ޕެލެޓްގައި ދަށުވެ ނިޔާވި ނ. ލަންދޫ ފޭރުގަސްދޮށުގެ އަބްދުﷲ އާސިމް، ލިޓަސް އަށް ދައްކަން ހުރި ހުރިހާ ދަރަންޏެއް އެ ކުންފުނިން މާފު ކޮށްފިއެވެ.

ބިއްލޫރި ޕެލެޓްގައި ދަށުވެ ފަރުވާ ދެމުން ދަނިކޮށް އާސިމް ނިޔާވެފައިވަނީ ލިބުނު ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

އާސިމް ލިޓަސް އަށް ފައިސާ ދައްކަން އޮތީ އޭނާ އެތަނުން ނަގާފައިވާ ސައިކަލަކަށް ފައިސާ ނުދެއްކުމުން ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ލިޓަސް ކުންފުނީގެ ސީނިއާ ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ، އާސިމްގެ އެކްސިޑެންޓްގެ މައުލޫމާތު ލިބުމާއި އެކީ އޭނާގެ އާއިލާއަށް ގުޅައި އެތަނުގައި ހުރި ދަރަނި މާފު ކޮށްދޭން ނިންމާފައިވާ ކަން އަންގާފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ، ދަރަނި މާފުކޮށްދީފައިވާކަން ކޯޓަށް މިހާރު އަންގާފައިވާނެ ކަމަށާއި ކޯޓުން އެކަން ކުރަމުން އަންނަ ކަމަށެވެ.

އާސިމްގެ ދަރަނި މާފު ކުރިނަމަވެސް، އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމަށް ލިޓަސްއިން ހާމަ ކޮށްފައެއް ނުވެއެވެ.

އާސިމް ނިޔާވެފައިވަނީ ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އެމްޕީއެލްގައި ހިނގި އެންމެ ނުރައްކާތެރި ހާދިސާގައެވެ. މީގެ ކުރިން އެތަނުގައި އެންމެ ނުރައްކާތެރި ހާދިސާއެއް ހިނގާފައިވަނީ 2014 ވަނަ އަހަރުއެވެ. އެއީ ކޮންޓޭނަރެއް ވެއްޓިގެން ހިނގި ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ފަނީ

  ލިޓަސްގެ ވިޔަފާރިއަށް ބަރަކާތް ލައްވާށި.

  184
  4
 2. ބާޓާ

  ވަރައް ރަގަޅު ވިޔަފާރި އެއް
  2 ފަރާތައްވެސް ފައިދާ ވާ ވިޔަފާރީގައި ބަރަކާތް ލައްވާށި
  އާމީން

  124
  1
 3. Anonymous

  ވިޔަފާރީގައި ބަރަކާތް ލައްވާ އިތުރު ކުރަށްވާށި. އާމީން.
  ނަމޫނާ މިސާލެއް.

  125
  2
 4. ޢަހުރ

  ކިހާ މިންވރެއްކަން ވެސް ހާމަ ކޮސްލި ނަމަ. ބަރަކާތް ލައްވާށި.

  41
  4
 5. ދާރު

  މީގެން ނަމޫނާކަމެއް ނުފެނުނު. މީހަކު ނިޔާވުމުން އޭނާގެނޫހުގައި ނުޖެހިޔަސް ޢާއިލި މިހުނަށް އެކަނި އަންގާލާފަ މަޢާފު ކުރިނަމަ. މިހާތު ތި ވީ އިޝްތިހާރަކަށް އަދި ނިޔާވި މީހާ ލިޓަސްއަށް ފައިސާ ތަކެއް ނުދެއްކިގެން ކޯޓުން ހުކުމް ކުރީމަވެސް ފައިސާ ނުދެއްކި ހުރިކަން. އަސްލު އެމީހާގެ ޢާއިލާ އާއި އެމިހާ އިތުރަށް ފަޟީހަތް ތިޔަ ކުރީ. ލިޓަސް އަކަސް އަދި އެހެން ފަރާތަކަށް ވިޔަސް އިޙްލާސްތެރިކަން ދައްކަންޏާ ތިނުން ގޮތަކަށް ޢަމަލުކުރުމަށް ނަސޭހަތް ތެރިވަން.

  98
  7
 6. ސަމްސުލްހަރީރާ

  ޙެޔޮ ކަމެއްގޮތުގައި ކުރިނަަމަ ތިވަރަށް އިއުލާނު ކޮށް ފޮޓޯޖައި ނުހަދާނެ. އިސްތިހާރެއް މިހާރުތިޔަ ކުރީ. ލިޓަސްގެ އިންޓެންޝަން ރަނގަޅެއްނުވި! ސަދަގަތާއި އެފަދަ ކަން ކަން ކުރާއިރު މީހުންނަށް ނޭނގި ސިއްރުކުން ކުރުން އެދެވިގެންވަނީވެސް. މިހާރު މުޅިގައުމަށް ހާމަތިޔަ ކުރީ މަރުހޫމްގެ ދަރަނި ލިޓަސްގައި އޮތް ކަންވެސް!

  62
  4
 7. ބޮލި މުލައް

  މާތް ﷲ ތިޔަ ވިޔަފާރީގަ ބަރަކާތް ލައްވާށި.

  19
 8. Anonymous

  ސަދަގާތް އަކީ ސިއްރާ ފާޅުގައި ހޭދަކުރެވޭ އެއްޗެއް ކަން އަޅުގަޑު ދަންނަނީ

  24
  3
 9. އަހަރެން

  ލިޓަސް ކުންފުންޔައް ބަރަކާަތްލައްވާަށި އާމިިީން
  ވރައްބޮޑު ހެޔޮކަމެއް ތިކޮށްދެއްވީ

 10. ާަަަިހަ

  ތިވާހަކަ ނޫހުގަ ނުޖެހިނަމަ ހާދަޜަނގަޅޭ ހިތަށްއަޜާ

  14
  1
 11. ޙާތިމް

  ބޭންކުން މިފަދަ ކަމެއް ކު ރާނެ ނަމަ

 12. Anonymous

  ﷲﷲﷲﷲ

 13. ާހމ

  ލިޓަސް ތީ ވަރަށް ދެއްކުންތެރި ބައެއް.އާސިމް ނެގި ސައިކަލް ލިޓަސް އާ އަނބުރާ ހަވާލު ކުރީމަވެސް އޭނަ ކޯޓަށް ދަމާ ހަދާފަ މިހާރު ވިޔަފާރި ސްޓަންޓއ ޖައްސަނީ

  2
  1
 14. މީ އަހުރެން

  ބަރަކާތް ލެއްވިގެންވާ ސަދަޤާތަކީ ކަނައަތުން ކުރާ ސަދަޤާތް ވައަތަށްވެސް ނޭގޭހާ ސިއްރުން ކުރެވޭ ސަދަޤާތެވެ.
  ތިކަން އިސްތިހާރު ނުކުރިނަމާ ވަރަށް ސަޅިވީސް.

 15. ޙާކިމާ

  ލިޓަސް އަކީ ބަރާބަރު ބައެއް. އާއްޓޭ އަދި މާބަރާބަރު. ތޭންކދް އޯލް ލިޓަސް !!!!!!

  • ޢލަި

   ވާނުވާނޭގޭ މީހުން އަންގަނުތަޅާނީ. އާއްޓެއަކީ ލިޓަސްއެއްނޫން މޮޔަޔާ

 16. އަލީ

  ލިޓަސްއަކީ ނިކަމެތިންގެ ލޭބޯލާތަނެއް