ކޮވިޑް-19 ޖެހިގެން މިއަދުވެސް ދިވެއްސަކު ނިޔާވެއްޖެ އެވެ.

އެ ބަލީގައި މިއަދު ނިޔާވެފައި ވަނީ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ.

އޭނާއަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދިޔަ މީހެކެވެ. އޭނާ ނިޔާވެފައި ވަނީ މިއަދު ހަވީރު 3:42 ގައެވެ.

މީގެ ދެ ދުވަސް ކުރިންވެސް ކޮވިޑް-19 ޖެހިގެން ދިވެއްސަކު ވަނީ ނިޔާވެފައެވެ. އެ ދުވަހު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 88 އަހަރުގެ ފިރިހެނެކެވެ.

މިއަދު ނިޔާވި މީހާއެކު، މިހާރު ކޮވިޑް-19 ބަލީގައި ރާއްޖޭގައި ނިޔާވި މީހުންގެ އަދަދު ވަނީ 53 އަށް އަރާފައެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ކޮވިޑް-19 ފެތުރޭ ވަރު ވަނީ އިތުރުވެފައެވެ.

މިއާއެކު މާލެ ސަރަހައްދުގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަަރުކަށިކޮށްފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19އަށް ފައްސިވި މީހުންގެ އަދަދު ވަނީ 16155 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

  ސޯލިހު ޖެހޭނެ ޒިންމާ ނަގަން.. ކުރިން ކަމެއްވާ އިރަށް މި އެމްޑީޕީ އެެއްޗެހިތައް އަޅުވަނީ ޔާމީން ބޮލުގަ

  23
  6
 2. ޙހހހ

  ބިރަކާއި ނުލާ ކްރިސްމަސް ފާހަގަކުރުމާއި އާއަހަރު ފާހަަގަކުރަން ޖާހިލުންނަށް ޤައުމު ހުޅުވާލުމުން ހުރިހާ ދެރައެއް ނިކަމެތި ރައްޔިތުންނަށް ، މިއަދު ކާފިއު އިއުލާން ކުރީމަ ގެއްލުންވަނީ އަމިއްލަ މަސައްކަތުން ބަނޑުހާކަން ފިލުވަމުންދާ ނިކަމެތި ރައްޔިތުންނަށް ، ސިއްޙިމާހިރުންނާއި މައުމޫނާ މިކަމުގެ ޒިންމާ ނަގަންޖެހޭނެ

  7
  2
 3. ޅަބޭ

  އެހެންވީމާ ކޮވިޑު ވެކުސިން ރާއްޖެ ގެނައިމަ މާ ގޯހެއްނު މިވީ. މަހީކުރީ ދައުލަތުގެ އިއްޒަތްތެރިން ގަޔައް ކޮވިޑު ވެކުސިން ޖެހީމަ ދެން އެއްވެސް ދިވެއްވެސް ކޮވިޑުޖެހިގެން މަރެއް ނުވާނެ ކަމައް.

  4
  2
 4. އަލި ރަސްގެފާނު

  މި އުންމަތުގެ މީހުންގެ އެވްރެޖް އުމުރަކީ 60 އާއި 70 އާއި ދެމެދު، މުސްކުޅި އުމުރައް އަރައިގެން މީހަކު ނިޔާވާއިރު އެމީހާގައިގަ ހުންނާނެ ޒުވާންދުވަސްވަރު ނެތް ކިތަމެ ކަމެތް... ދެން ކޮންމެ މީހަކު ނިޔާވާއިރަށް ކޮވިޑްއާ އަޅިވާނެ ކަމެއް ނެތް ރައްޔިތުން ބިރުގަންނުވާކަށް.... މައްޔިތާގެ ފުރާނައަށް ރަޙްމަތްލައްވާ ސުވަރުގެ މިންވަރުކުރައްވާންދޭވެ، އާމީން

  5
  3
 5. ބީރުމީހާ

  އެންމެ ފުރަތަމަވެސް އިނގިރޭސި ވިލާތުންއާއި ރޯޔަލް ކޭސްތަކެއްގެ ސަބަބުން ޖަރީމާގެޔަށްވަނީ ހަމަ އެ ރޯޔަލް ތަކުގެ ސަބަބުން މަރިށި ދެ ކަބަލުންވެސް ދުނިޔެ އިން ވަކިވީ