ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މިސްކިތްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނުދާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރ އަފްރާހު ވިދާޅުވީ، މިސްކިތްތައް ބަންދު ކުރުމާއި ގުޅޭ ގޮތުން އަދި މަޝްވަރާ އެއް ކުރަމުން ނާންނަ ކަމަށާއި އެހެން ނަމަވެސް ހާލަތައް ބަލައި އެކަން މުރާޖާ ކުރަމުން އަންނަ ކަމަށެވެ.

މާލޭގައި ވޭދަނަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި މިސްކިތްތައް ބަންދު ނުކުރިނަމަވެސް، މީގެ ކުރިން މި ބަލި މަޑުކަމާއި ހެދި ގެނައި ފުރަބަންދާއި އެކު މިސްކިތްތައްވެސް ވަނީ ބަންދު ކޮށްފައެވެ.

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެން ފަށާފައިވާތީ، ސަރުކާރުން ވަނީ މިސްކިތައް ދާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ވަޑައިގަތުމަށް އިލްތިމާސް ކޮށްފައެވެ.

މާލޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވާން ފެށުމާއި އެކީ މިވަގުތު ވަނީ މާލޭގައި ކާފިއު ވަގުތު އިތުރުކޮށް އެއްގަމު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅާފައެވެ. މީގެ އިތުރުން އާންމުންނަށް ހިދުމަތްދޭ ތަންތަންވެސް ވަކި ގަޑިއަކަށް ހުޅުވިފައި ބެހެއްޓޭނެ ގޮތަށް ސަރުކާރުން ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިސްތު

    މިސްކިތުން އެކަނި މި މީހުނަށް ކޮވިޑު ފެންނަނީ.. އެޗްޕީއޭ މީހުން އޯކޭ ޕާޓީ ބާއްވާ މަޖަކުރަން

  2. ޜައްޔިތުމީހާ

    ޢައްނަޜޯދަމަހައް މިސްކިތްތައް ބަންދުކުރަންޖަހާމަޅި ލާދީނީބައިގަނޑު.