ހުޅުމާލެ ދެވަނަ ފިޔަވަހި އަށް ޓެކްސީ ދަތުރު ކުރާ އަގުތައް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

އެ އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ފެބުރުވަރީ 10 ވަނަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރާ ޓެކްސީ ދަތުރު ތަކަށް އަގުނަގާ ގޮތް ކަނޑައަޅާފައިވާ ކަމަށެވެ. މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެ އިއުލާނުގައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިއަށް ކުރާ ދަތުރުތަކަށް ކަނޑައަޅާފައިވާ އަގުތަކެވެ.

  • މާލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/90 ރުފިޔާ
  • ހުޅުމާލެ 2 ވަނަ ފިޔަވަހި - މާލެ ދަތުރެއްގެ އަގު -/90 ރުފިޔާ
  • ހުޅުމާލެ 2 ވަނަ ފިޔަވަހި - ހުޅުލެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުލެ - ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 - ހުޅމާލެ ފިޔަވަހި 2 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 2 - ހުޅމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/40 ރުފިޔާ

އެ އިއުލާނުގައި ވަނީ މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކަށް ނަގާ އަގުތައްވެސް ހިމަނާފައެވެ.

  • މާލެ ، ހުޅުމާލެ ފިޔަވަހި 1 އަދި ހުޅުމާލެ ފިޔަވަހި 2 ގެ އެތެރޭ ދަތުރުތަކުގެ އަގު މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ
  • މާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުލެ - ހުޅުމާލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • ހުޅުމާލެ - ހުޅުލެ ދަތުރެއްގެ އަގު -/60 ރުފިޔާ
  • މާލެ - ހުޅުމާލެ ފިޔަވަހި 1 ގެ ދަތުރެއްގެ އަގު -/75 ރުފިޔާ
  • ހުޅުމާލެ ފިޔަވަހި 1 - މާލެ ދަތުރެއްގެ އަގު -/75 ރުފިޔާ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޯދާ

    115=40+75
    90 ރުފިޔާ ވީމަ ހިސާބު ދިމަލެއް ނުވޭ.
    70 ރުފިޔާ އަށް ކުރިން ދަތުރު ކުރީ، އެވެސް ބޮޑު ކޮށްލީ،

    12
  2. Anonymous

    ސީޕްލޭން އޭރިއާ އިންނަނީ އެއަރޕޯޓު ގެ މެދެއްހާހިސާބުގަ މާލެ ދާން ޓެކްސީ އެއްގަ ނޫނަސް ސައިކަލުގަ ދިޔަސް ދެވޭނީ ހުޅުމާލެ އައް ޢެރުމައްފަހު އެހެންވީމަ 60 ރ އެއްބަޔަކު ނަގަނީ އަނެބަޔަކު 75ރ މިޔައްވެސް ގޮތެއް އޮންނަންވާނެ

    11
    1
  3. ހަމީދޫ

    ހުޅުމާލެ ފިޔަވަހި 2 ކުން ހުޅުމާލެ ފިޔަވަހި 2ކައް ކިހާވަރެއް..؟

    3
    2
    • ޢާލިމް

      -/25 ކަމަށް ބުނެފަ އެ އޮތީނު. އަދި ރަނގަޅައް ކިޔާލަބަލަ.

      3
      1
  4. ދާއިމީ

    ދާއިމީ ފްލެޓް ލިސްޓް މިދިޔަ މަސް ނިމުމުގެ ކުރިން އިއުލާން ކުރާނެވާހަކަ ނޫސްތަކުން ފެނުނު. އަދި ލިސްޓެއް ނުފެނޭ. މިކަންތަކަށްވީ ގޮތެއް ބެލިދާނެތޯ

    7
    1
  5. ާއަލި

    ކީއްވެތޯ ޓެކުސީގަ އަޅާގަނެގެން ނުނެއްޓިގެން ތިއުޅުެްވަނީ ބަގަ ޕިކަޕު ވެސް ކުލީ ދަތުރުކުރކުރޭ

    3
    1