މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސާ ކަމަށް ފަރީޝާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.

އެ މަގާމަށް ފަރީޝާ އައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުންނެވެ.

އެ ކޮމިޝަންގެ ރައީސް އަކަށް ކުރިން ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔަރުކަމަށް 2019 ވަނަ އަހަރުގެ ޑިސެންބަރު މަސް ތެރޭގައި އައްޔަން ކުރެއްވި ހުސްނުއް ސުއޫދެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު، އެކުލަވާލެއްވި މި ކެމެޓީން އަންނަނީ ގިނަ މައްސަލަތަކެއް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝިމް ޢަލީ އާއި، ގެއްލިފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟުވާންގެ މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

އެ ކޮމިޝަންގައި މިހާރު ތިބި މެންބަރުގެ ތެރޭގައި ހިމެނެނީ ފަރީޝާގެ އިތުރުން އަހުމަދު ނާޝިދާއި، މިސްބާހު އައްބާސެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ބަކަރި

  ކކަމެއްވާ ބައެެއް ނޫން.. ލާރި ކެވޭނީ.. 24 ގަޑިއިރު ނުވާތީ ވައުދު ނުފުއްދޭ

  23
 2. ދަރަނި ދަންތުރަ

  މިއަދު މީކުރިން ހަބަރެއްގައި ލިޔެފައި އޮތް ސަރުކާރުގެ ހަރަދުކުޑަކުރާ ވާހަކަ މީގެ ކަމެއްތޯ ؟ ލަފާކުރެވޭގޮތުގައި މަހަކު 450000 ރުފިޔާ ހަރަދު ތިޔަކުޑަ ކުރެއްވީ ސާބަސް ސޯލިބޭގެ އިބޫ އަށް

  15
 3. ދުންތަރި

  ތިޔައީ އިސްލާޟްދީންވެސް ޤަބޫލްނުކުރާ މީހެއް އެފަދަ މީހަކަށް މަރުތަކުގެ ތަޙްޤީޤުކޮށް އިންސާފުހޯދާދެވޭނެބާ؟؟؟؟؟ލާދީނީ ވިސްނުމަކުން އިސްލާމް ދީނުގަވާ އިންސާފެއް ނުހޯދޭނެ

  16
 4. ޅަބޭ

  ހެހެހެހެހެ... ތި ކޮމިޝަނައް ކިޔަންވީ ރައްޔިތުން ގުނބޯހައްދާ ކޮމިޝަން

  16
 5. ޠ

  އެމްޑީއެން މީހެއް ނޫން މީހަކު ހަމަ ނުފެންނަނީދޯ ކިބުލަށް

  13
 6. ލާލާ

  މިވެސް އެމް.ޑީ.އެން ގެ ދިފާއުގަ އުތެމައާ އެއްކޮށް ރިޕޯޓުތައް ހަދަން ނުކުތް މީހެއްދޯ. އަނދިރި ދައުލަތަކީ ކޮބާކަން ވަރަށް ސާފު.

 7. ލޯބިވާ ވަޠަން

  ވަގަކަ އޮށްޓަރު ހުރި ކަމެއް ކޮށްބަލަ.

 8. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  (1) އިންޑިއާ ގައި މިފަދަ ބޮޑެތި މަރުމަރުގެ ކަންތައް ވަކިވަކި ސްޓޭޓް ތަކުން ކޮށެއް ނޫޅެއެވެ. ކަމުގެ ބޮޑު ކަމުންނެވެ. ބޮމްބޭ އަކީ ވަރަށް ބޮޑު ތަނެކެވެ. ނަމަވެސް ޝުޝާންތު ގެ މަރުގެ މައްސަލަ ބޮމްބޭ އަށް ނުވެގެން ޖެހުނީ ހުއްޓާށެވެ. ބޮމްބޭ ގެ ވަސީލަތް ތައް މަދުވެފައި، މިފަދަ މަރެއް ގެ ކަންކަން ބެލޭނޭ ކަމުވޮށިވެގެންވާ ހުނަރުވެރިން އެއޮއްބޮޑު ބޮމްބޭ ގައިވެސް ނެތީ ކަމަށް ދެކި، އެކަން ހުއްޓާ ސީ.ބީ.އައި ނުވަތަ ސެންޓްރަލް ބިއުރޯ އޮފް އިންޓެލިޖަންސް އާއި މައްސަލަ ޙަވާލު ކުރިއެވެ. ސީ.ބީ.އައި އަކީ ސީދާ ވެރިރަށް ޑެލްހީ ގެ އެކްސްޕާޓުން އެކުލެވޭ ބައެކެވެ. ވީމާ ރާއްޖޭގެ މި ކޮމިޓީ އަކީ، "ހުވަނދަކަށް" ވެސް ވާނެ ހެއްޔެވެ ؟ (2) ފަރީޝާ އަކީ ދިވެހިރާއްޖެ ދުށް ކެރޭ، ހީވާގި "ފަހުލަވާނެ"ކެވެ. ކްރައިމް އިންވެސްޓިގޭޓަރަކު، ފޮރެންސިކް އެކްސްޕާޓަކު ނެތް ކޮމިޓީ އެއްގައި ފަރީޝާ އަށް ކެއްކޭނެ ރިހަ އެއް އޮންނާނެ ހެއްޔެވެ ؟ އެންމެ ކުޑަމިނުން ޑޮކްޓަރަކު ވެސް ނެތެވެ. (3) އިންޑިއާ ގެ ޑެލްހީ ގެ އެހީ އާއި ނުލާ މިކަމެއް ނުވާނެއެވެ.

 9. އަޙްމަދު

  ވާޒީފާ ނުދެވި ތިބި މީހުންނަށް ވަޒީފާ ދިނުން ނޫންކަމެއް ނެތް!!!