މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އިތުރު 5،000 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީސް މި އަހަރަށް ހުޅުވަން މަޖިލިސް ކުރާ ގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތައް، ދިމާވި ބައެއް ސަބަބުތަކާ ހެދި މަޑުޖެހުމަށް ފަހު، އެ މަޝްރޫއުތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އޭގެ ތެރެއިން، 1000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުުވިއެވެ. އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހަފުތާގައި ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި މިޔުނިޓްތަކުގެ އަމަލީ މަސައްކަތް މެއި މަހުގެ ތެރޭގައި ފެށޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ހައުސިން ޔުނިޓުތަކަކީ ކުރިން ތަރައްޤީކޮށްފައިވާ މިގިންތީގެ ހައުސިން ޔުނިޓުތަކާ އަޅައި ބަލާއިރު، ސައިޒުގެ ގޮތުން ތަނަވަސް އަދި، ނިސްބަތުން އަގުވެސް ހެޔޮ ޔުނިޓުތަކަކަށްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިތުރު 2000 ހައުސިން ޔުނިޓާއެކު، މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށެވެ. މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ޕްލޭން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މާލެއާއި އެހެން ބައެއް ރަށްރަށަށް ދިމާވެފައިވާ، ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޅ. ނައިފަރާއި ބ. ތުޅާދޫ އަދި ތ. ތިމަރަފުށީގައި މި ސަރުކާރުން ހަދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ވެސް ހުއްޓުމެއް ނެތި ކުރިއަށދާ ކަމަށެވެ. އަދި މ. ކޮޅުފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއިން ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް ހަދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މާމީ

    ބައްލަވާ އިތުރައް ފުލެޓު އަޅުއްވާ ވާހަކަ ދެއްކުމުގެ ބަދަލުގަ ކުރީސަރުކާރުން އަޅާފަ ލޮލައްފެންނަން ހުރި 7000 ފުލެޓު ހައްގުވެރިންނައް ނުދެވިގެން އުޅެނީ ކީއްވެތޯ؟؟

    66
    4
  2. އިސްތިއުފާ

    މާލެ ސަރަހައްދުގައި އިތުރު 5،000 ހައުސިން ޔުނިޓް އަޅަން ފަށަނީ އޭ އެހެންތޭ ދަ ހިންނަވަރޭ ގެ ފެންވަރެއް ނޫނޭ ތިޔާއީ ތަމެންނަށް ނުވާނެއޭ ތިޔާ ކަމެއް އިންޑިއާގެ ފަޑުއްކަ ކުންފުނި ތަކާއި ގުޅިގެން ތަމެންނަށް ކުރެވޭނެ ކަމެއް ކުރާނެ ކަމެއް ނޯންނާނެއޭ ރައީސް އިބޫ ދެން އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

    30
    6
  3. HayAlqeAtE

    މިފެންނަނީ މީގެ ކުރީގަވެސް ކަޑަތަކެއްގެ ވާހަކަ ދެއްކިބަޔެއްގެ މިފަހަރު ކައުންސިލް އިންތިހާބްގެ ސްޓަންޓެއް ނޫންބާވައޭ ދައުވާމިކުރަނީ މާމޮޅައް ކިޔަވައިގެން ތިބޭވާހަކަ އެކަމަކު ކާބަފައިން ނުކިޔަވާ ތިބިޒަމާނުގަވެސް މިވަރައް އަޅުވެތިކޮއްގެން ރައްޔިތުން ގެންގުޅުނުކަމެއް ތާރީޙަކުން ފެންނާކައްނެތް މިއަދު އަހަރުމެންނައް ފާޑުފާޑުގެ ހުވަފެންދައްކައިގެން ވޯޓް ހޯދާފައި ބާރެއްލިބޭ އިރައް އަހަރުމެން އަޅުވެތި ތިޔަ ހައުސިން ޔުނިޓަކީ އެއިރެއްގަ އޮންނަ ސަރުކާރއެއްގެ އެލްޓިވިސްޓުންނައް ވަޒީފާޔާ އިނާޔަތާ ދޭން ރައްޔިތުންނައް ކުއްޔައްދޭތަންތައް ތިޔޮއްވުރެމާ ރަނގަޅުވާނެ ރިސޯޓް ތަރައްގީކޮއްގެން ޕާޓީކުދިންކޮޅު ރުއްސަން ފަޒީފާޔާ އިނާޔަތާ ދިނުމައްޙަރަދް ހޯދަން ނިކަމެތި ރައްޔިތުމީހާ ހޯދާ މަދުފައިސާކޮޅު ކުލީގެ ގޮތުގައި އަތުލުމައްވުރެ

    35
    4
  4. އަޙްމަދު

    ފުރަތަމަ އަޅާފައި ހުރި ތަންތަން އޭގެ ޙައްޤުވެރިންނަށް ޙަވާލު ކޮށްބަލަ!

    59
    2
  5. އަނިލް

    ކަލޯ ކޮންމެ ފަހަރަކުވެސް މި އިއްވާ ބަޔާނެއްގައި އެބަ ކިޔާ މި ބޮލިރަވަފަތި ކުރިއަށް
    އޮތީ ލޯކަލް އިންތިޙާބު

    47
    2
  6. ބޯގޯސް

    މިވަ ރުގެ ހަޔާތްކުޑަ ދޮގުހަދާ ވެ ރިއެއް މަނުދެކެން

    52
    7
  7. ޒުވާނާ

    ފުރަތަމަ 7000 ފްލެޓާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ނިންމަ ބަލަ. އެއަށްފަހު ދެން އެހެން ފްލެޓެއް އަޅަން ވިސްނާ. އަދި ވޯޓަށް ވެސް ވިސްނާ...

    32
    2
  8. ވަތަނަބޭ

    ހިޔާލީ ފޮލައިގެ އައްޕަ

    23
    2
  9. ޢ

    ރޔާމީން ފުލެޓް އެޅިޔަސް ކަލެއަކައް ނުވާ އަގްނުތަޅާ ރައްކާވޭ މިގައުމުން ފުލެޓް އެޅޭވަރުގެ މީހުން އެވާހަކަ ދައްކާނީ ކަލެއަކީ އެވަރު މީހެއް ނޫން ކެނެރީގޭ ބުއްޅަބޭބުނާގޮތައް ކަލޭ ތިވެރިކަން ކުރަނީ ކަލޭގެ އެއްވެސް ބާރެއް ނެތް

    14
  10. ސަންފަ

    ނެރެންބުނި ފުލެޓް ލިސްޓް ކޮބާ. އަހާލާނޭ މީހަކުވެސް ނުވޭ

    15
  11. ރިިިީފު

    ފަށަނިިިީ ފަށަނިީ ފަށަނިީ /އަބަދރު ވެސް ފަށަނިިިިީ

    11
  12. އަސްލުލުތުފީ

    ދުނިޔޭގަ އުޅޭ ލަދުހަޔާތް ކުޑަވެރިންވެސް މިވަރު ކަމެއް ނުދެކެން ނާފަހެ ވެރިކަމައް 3 އަހަރައް ހަނދު ބެލިއިރު ނިމިފަހުރި ތަންތަން ހަވާލު ނުކުރެވުނު މިކަހަލަ މޮޔައިން ދައްކާވާހަކަ ގަބޫލު ކުރާނީވެސް މޮޔައިން މިހާލަދުކުޑަ ވެރިޔެއް މިނޫނީ ނުދެކެން.ނ

    12
  13. އމރ

    އެބަހީ: 7000 ފްލެޓުން 5000 ފްލެޓް ނިންމާފަ ދޭ ވާހަކަ

    12
  14. ޒާ

    އަދުވެސް އަޅަނީތަ. ހާދަފުލެޓެއް ތިއަޅަނީ

  15. އއއ

    އެކި ރަށްރަށުގައި މި އަހަރު އަލަށް ފަށާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށްލުމަށް މިހާރު އަންނަނީ ތައްޔާރުވަމުން. މަސައްކަތް ފަށައި، ނުނިމި ހުރި 1500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްވެސް މިހާރު ވަނީ އަލުން ފަށާފައި.

    މާލޭގައި ދިރިއުޅޭ މީހުންނަށް، ހުޅުމާލޭގައި އިތުރު 4000 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތްވެސް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ކުރީ ސަރުކާރުގެ [ހިޔާ] މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ލިޔުން ދީފައިވާ މީހުންނާއި، މަތިން ޕޮއިންޓް ލިބި، ފްލެޓް ނުލިބުނު މީހުންގެ މައްސަލަތަކަކީވެސް، ކުރީ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ މައްސަލަތަކެއް.
    ރިޔާސީބަޔާން 2019 -
    ސްޕީޗް ވަރަށް ފުރިހަމަ.

  16. ފިޔަވަޅު

    ކުރީ ޒަމާނުގަ ރައްޔިތުން ހައްދަން ކަަޑަ ޖެހި ބޭފުޅެއް ކޯލިޝަނުގަ އެބަހުންނެވި .
    ކޮންމެ އިންތިހާބަކަޢް ކަޑަ ޖަހާނެ .އެބޭފުޅާގެ ރައުޔުހެން ހީވަނީ ..

  17. ބުއްޅަބެ

    ތިގޮތަށް މާލޭގައި ކުލީ ތަންތަންއަޅާއިގެން ރައްރަށުމީހުން މާލެގެންގޮސް މާލޭމީހުން މުއްސަދިވަނީތި ރައްތައް ނިކަމެތިވެ އިނދަޖެހެނީ