މާލެ، ވިލިމާލެ، ގުޅިފަޅު، އަދި ތިލަފުށި ގުޅުވާލައި ބްރިޖްގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މި ކަން އިއުލާން ކުރެއްވީ މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވާލުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްވަމުން ގެންދަވާ ރިޔާސީ ބަޔާނުގައެވެ.

"މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު، އަދި ތިލަފުށި ބްރިޖުން ގުޅައިލުމުގެ ޢަމަލީ މަސައްކަތް ވެސް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަ މަސް ތެރޭގައި ފެށިގެންދާނެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފެށޭނެ ކަމަށް ރައީސް މީގެ އެއް އަހަރު ކުރިން އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައިވެއެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ އެ ހާލަތުގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން މިފަދަ ގިނަ މަޝްރޫއުތަކުގެ މަސައްކަތް މަޑުޖެހިގެން ދިޔައެވެ.

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަށް ޖުމްލަ 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބްރިޖު މަޝްރޫއަށް އިންޑިއާ ސަރުކާރުން 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ދީފައިވެއެވެ. އޭޣައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނެއެވެ.

ބުރިޖު މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން އަނެއްކާ ވެސް މަސައްކަތް ކުރަމުންދާއިރު، އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފަހީމް

    ހަމަ މީހަކު ގަނޑެއްގަ ލިޔެފަ ދިނީމަ ގޮސް ކިޔާ ނަގަނީ ، ލިޔެފަ އޮތީ ކީކޭތޯ ވެސް ބަލާ ލަނީއެއް ނޫން!! ބީތާބެ

    32
    1
  2. މެސީ

    އަދި ނުފަށާތަ ، އަހަރެމެން ހީ ކުރީ 2020 ފެބުރުއަރީ ގަ ފަށައިގެން އުޅޭ ކަމަށް. 🤣

    32
  3. މާމީ

    ކުރިން އިުލާން ކޮއްފައޮތީ 2021 ފެބުރުވަރީގަ އަމަލީ މަސައްކަތް ފަށާވާހަކަ ކިހިނެއްމިވީ؟ ކައުންސިލް ތައް ލިބިއްޖެއްޔާ އަވަހައް ފެށޭނީ

    20
    1
    • އިސްލާހު

      2020 ގަ

  4. އަބްދޫ

    ބްރިޖް ގެ މަސައްކަތް ނުކުރެވިއްޖެ ނަމަވެސް އަދި ބްރިޖް ގެއަގު 488 މިލިއަން ޑޮލަރަށް ވުރެ ބޮޑުވިނަމަވެސް މިސަރުކާރާއި ދެކޮލަށް ދައުވާ އުފުލެންވާނެ. ސަބަބކީ ކޮންޓްރެކްތަރުންނަށް ބަޔަކު ހޮވާ މަސައްކަތް ހަވާލުކުރެވިފާ ވަނިކޮށް މިސަރުކާރު އައިސް މަސައްކަތް ހުއްޓުވާލުމުންނާއި. މާލެ ހުޅުމާލެ ބްރިޖް ގެ މަސައްކަތް ކުރި ފަރާތުން 488 މިލިއަންޑޮލަރުގެ ހެޔޮ އަގެއް ހުށަހަޅާފަ އޮތީ އެމީހުން ބްރިޖް މަސައްކަތް ކުރަނ ގެނައި މެސިންރިއާ އިކްވިޕްމަންޓާއި ޓޫލްސް އަތުގާހުރުމުގެ ސަބަބުން.އަލަށް ބަޔަކު ގެންނަނަމަ 488 މިލިއަންޑޮލަރަކުން އެ ބްރިޖް އެޅިދާނެކަމަކަށް ނުދެކެން. މިހާރުވެސް ލަސްވަނީ މިސަބަބާހުރެކަމަށް ވެދާނެ. އެހެންވެ މާލެ ތިލަފުށި ބްރިޖް އެބުނާތާރީހް ގަ ފެށިދާނެ ކަމަކަށް ނުދެކެން.

  5. ޒާ

    ތިބުނި މުއްދަތުގާ ކައުންސިލް އިންތިހާބު ނިމޭނެދޯ. ވައިއަނގަތަޅަނީ

  6. އަހްމަދު

    ޙެހެހެހެހެ. ތިޔަ 6 މަހެއް ނާންނާނެ.

  7. ގލޅ

    އަނެއްކާވެސް ހުވަ ފެނެއް ރައްޔިތުންނަށް ދައްކަންފ
    މި ފެށީ ލޯކަލް ކައުނސިލް އިންތިޚާބާ ދިމާކޮށެވެ ތިޔަބުނާ
    ބުރިޖު ދެކޭނެބަޔަކު ރާއްޖެއަކު ނެތެވެ.

  8. ފައްޔާޒު

    އަހަރެން ކޮންމެދުވަހަކު ޑިއުޓީއަށް މިހާރުދަނީ ތިޔަ ބުރިޖެއްމަތީގަ އުދުހިފަ.