ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ގަޑީގައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އިހުތިޖާޖް ކުރައްވައިފިއެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް ފެއްޓިވެ ހިސާބުން ފެށިގެން ޖާބިރު ގެންދެވީ މަޖިލީހުގައި އަޑުގަދަކޮށް ވާހަކަ ދައްކަވަމުންނެވެ. ޖާބިރު ދެއްކެވި ވާހަކަ އާއި އޭނާ އިހުތިޖާޖުކުރެއްވި ސީދާ ސަބަބެއް ސާފެއް ނުވެއެވެ.

ރައީސް، ރިޔާސީ ބަޔާން އިއްވެވުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަކުރެއްވި އިރު، ޖާބިރު ވަނީ ބައިގަޑިއިރެއްހާ އިރު ވަންދެން އަޑުގަދަ ކުރައްވައިފައެވެ. ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވީ، ރައީސް ސޯލިހާ މެދުގައި ހިތްހަމަޖެހިވަޑައިނުގެން ކަމަށް ބެލެވެއެވެ.

ޖާބިރު ވަނީ ރައީސަށް "ކަލޭ" ބޭނުން ކުރައްވައިގެން މުހާތަބްކޮށް ރައީސްގެ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައިފައެވެ. އަދި ބޭނުން ވަނީ މަޖިލިހުން އޭނާ ނެރެންތޯ ވެސް ސުވާލު ކުރެއްވިއެވެ.

ރައީސްގެ ވަހަކަފުޅުގައި ކޮވިޑްގެ ދަތިކަމާ އެކުކު ވެސް އެއްވެސް ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާ ކަމާއި، ސިވިލް ސާވިސް މުވައްޒަފަކު ވަކި ނުކުރާ ކަމަށް ވިދާޅުވުމުން އެމްޑީޕީގެ މެމްބަރުން ވަނީ ކޮޅަށް ތެދުވެ އަތްތިލަ ބަޑި ޖައްސަވައިފައެވެ. އެ ހިސާބުން ޖާބިރު ވަނީ އިތުރަށް އަޑުގަދަކުރައްވާ، ރައީސް އަށް ފާޑުކިޔުން އަމާޒު ކުރައްވައިފައެވެ.

ޖާބިރު މަޖިލީހުގައި އަޑުގަދަ ކުރަމުން ގެންދެވި ނަމަވެސް ރައީސް ސޯލިހް ވަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން ކުރިއަށް ގެންދަވައިފައެވެ.

ޖާބިރު މިއަދު މަޖިލީހުގައި އަޑު ގަދަކުރެއްވި ސަބަބު އޮޅުން ފިލުވުމަށް އޭނާ އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވައެވެ.

ޖާބިރު ގެންދަވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި މި ހާލަތުގެ ފައިދާ ނަގާ، ވެރިންނަށް ފައިދާ ވާހެން ވަރަށް ގިނަ ކަންކަން ބައްޓަން ކުރަމުންދާ ކަމަށް ޖާބިރު ތުހުމަތުކުރައްވައެވެ. އެގޮތުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ގެއްލުން ވާގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ވެސް ޖާބިރު ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ލަވް ޔޫ ޖާ

  ޖާ އަސްލުތީ އެމީހުންގެ ބައިވެރިޔެއް އެކަމަކު ތި އުޅެނީ ސަމާލުކަން ހޯދަން ތީ ޖު ހާ ތަ ނޫނީ އަބޫޖަހުލުގެންގުޅޭ ކޮޅުވެއްޓިތަ

  25
  5
 2. މާމި

  ޖާބިރު ދެއްކީ 100% ތެދުވާހަކަ ހަޖަމު ވިއަސް ނުވިއަސް

  34
  5
 3. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  އިބޫ ޑިޒާރވްސް އިޓް. އިބޫ އިސް އަ ޝީޕް އިން ވުލްވްސް ކްލޯދިންގ. މާނަ އަކީ، " ޖާބިރު ކުރެއްވީ އިބޫ އާއި ދިމާލަށް ކުރަން ޙައްޤު ކަމެއް. އިބޫ އަކީ ކަންބަޅި އެއްގެ ހަންގަނޑު ގައިގައި އޮޅައިގެން، ތިމާމީހާ އަކީ މާރަނގަޅު މީހެއް ކަމަށް ހެދިގެން އުޅޭ ހިޔަޅެއް ". މިކަމުގެ ހެއްކަކީ ނަޝީދު ގެ ކޮންމެ ދުޝްމަނަކީ އިބޫ ގެ އެކުވެރިއަކަށް ވާތީ. މައުމޫން އަކީ ނަޝީދު ގެ ހަށިގަނޑަށް "އިންސާނަކަށް ކުރަން ހެޔޮވެސް ނުވާވަރު" ގެ އަނިޔާ ދިން މީހެއް. ނަޝީދު އަނދަގޮނޑި އަޅާފައި، އަތްފައި ބަނދެފައި ގުދަށް އެތައްދުވަހަކު ބޭއްވި. ނަޝީދު އަށް މައުމޫނު ފުޅިތޮށި މުގުރާފައި ކާންދިން. އެކަމަކު އިބޫ އުޅެނީ މައުމޫނާއި ގުޅާލައިގެން. ފައްޔާޒު ވަނީ ވައްކަމަށް ވަރަށް ބޮޑަށް ތުޙުމަތު ވެފައިމަށް ނަޝީދު ވިދާޅުވި. ނަމަވެސް ފައްޔާޒު އަކީ އިބޫ ގެ ވަރަށްގާތް އެކުވެރިއެއް. ޖާބިރު ކުރީ ޙަޔާތް ކުޑަކަމެކޭ މީހަކު ބުނެފާނެ. ސިޔާސީ ކަންކަމަކީ މިޒަމާނު ގައި، "ޙަޔާތް ކުޑަވުމެއް ނުވަތަ ޙަޔާތްކުޑަ ނުވުމެއް" އޮންނަ ކަންކަމެއް ނޫން. އެއީ ސިޔާސީ ކަންކަމަކީ އޭގެ ޒާތުގައި، "ޑާރޓީ" ނުވަތަ މުޑުދާރު ކަަމަކަށްވާތީ. މުޅި އެމް.ޑީ.ޕީ ބައިބައި ކޮށް، ޕާޓިޝަން އެއްޖަހާ، "އިބޫ ފެކްޝަން" އެއް އުފައްދާ ޕާޓިޝަން ޕޮލިޓިކްސް ބޮޑުތަނުުން، އަޑިއަޑިން ކުޅެނީ އިބޫ. ވީމާ މިތަނުން ޙަޔާތް ކުޑަކަށް ބޮޑީ ޖާބިރަށް ވުރެ އިބޫ ގެ. ތަފާތަކީ ޖާބިރު ދިމާލަށް ކުރާތީ. މުޅި ޤައުމަށް ބޮޑެތި ބޮޑެތި ގެއްލުން، އިބޫ ދެނީ އަޑިއަޑިން ސިއްރުން.

  17
  5
  • ޝައްފަ އަލީ

   ވަަރަށްމޮޅުޑޮކްޓަރގެވާހަކަ. ތޭންކްސް.

   2
   1
  • މުޙައްމައިދީ

   މުސްލިމުވަންތަކަމަކީ ސޯލިހު ކުރާގޮތަށް ވަގުވަގަށް ކަންތައްކުރުންތަ؟

 4. ނަައީމް

  ހެއްދެވިހާދުގުން ހީވަނީ މިވިއްސާރައިގަ ދެނެއްބޭރަކައް ސޯލޭނުނިކުންނާނެހެން ޖެހިލުމެއްނެތި ލިޔެފަހުރި ހުރިހާދޮގެއް އޮއްސަމުންގެންދިޔައީ ގުގުރުއެއް ހިނެއް ވިދުވަރެއްމަތިން ހަދާންނައްތާލާ މުސްލިމުވަންތަކަމާ ސީދާ އިދިކޮޅަށް ވވވވވސަލާމް

  3
  1
 5. ބާބޫ

  ޖާބިރު ޔޫރިން ޓެސްޓެއް ހަދާލަނި ކޮށް ސައިޒު ވެދާނެ. މަޖިލީހަށް ދަނީ އިމަށް ހިއްޕަވައިގެން.........

  2
  3
 6. ޙައްވަ

  ނިވް ޔޯކުގެ އަރާމު ޚާނާ ތަކުގައި ފިލާ ހުރެ ހިތައް އައިހާ ސާބިތު ނުހިފޭ ވާހަކަ ނުދައްކާ އަމިއްލަ ފަސްގަނޑަށް ދުރުވެ ފައިދާ ހުރި މަސައްކަތެއް ގައުމަށް ކޮށްދެއްވާ! އަނެއްކާ ޑަކްޓަރުވެސް ވެިރިކަން ބޭނުންފުޅީތޯ؟

  4
  2
  • ވަގުވައްތަރު ހިޔަޅު

   އިބޫ ޖާބިރު ގޮތަށް (ސާބިތު ހިފޭގޮތަށް) ދިމާލަށް ކަންތައް ނުކުރާ ވާހަކައެއްނު ޑޮކްޓަރ އެވިދާޅުވީ. ޕޮއިންޓަކީ އެއީ އެއްނު. އައިނެއް އަޅައިގެން އަލުން ކިޔާލަ ބަލަ.

  • މުޙައްމައިދީ

   ވެންޓިލޭޓަރ މައްސަލަ ސާބިތުވިތަ ؟ މަރާލިމީހުންގެ މައްސަލަ ސާބިތުވިތަ ؟ އިބޫ ކުރާގޮތަށް ސިއްރުން ކުރާކަންތައް ސާބިތުކުރެވޭތަ؟

 7. ސލ

  ޖާބިރަކީ ޑިމަކްރަސީ ތަމްސީލް ކުރުމުގައި ނަމޫނާ
  ބޭ ފުޅެކެވެ މިއަދުވެސް ގައުމު ހަމަ މަގަށް އެޅުވުމަށް
  އެކުރެއްވި މަސައްކަތީ އޭގެ މިސާލެކެވެ ގައުމީ މައްސަލަ
  ތަކުގެ ވާހަކަތައް ދައްކައްކަވައި ނިދާފ ފައޮތް މޑޕގެ ބަރުހެލި ސަރުކާރު ހޭލެއްވިއެވެ.

 8. ހަސްފަސް

  ސުވާލަކީ ޖާބިރު އަވަގުރާނަ ގޮވީއިރުވެސް ނުނެރުނީ ކީއްވެގެންހޭ؟

 9. ބަރުގޮނު

  ހަޅޭލެއްވި އަޑެއްނޫން... ކޭބަލްކާރުގައި އިންނަވާފައި ކޯލެއް ކުރެއްވީ...

  1
  1