ފޮޓޯ: ބޯޅަ އެމްވީ، އޭއޯ ނިއުސް

"ދިވެހި ރާއްޖޭގެ އެންމެ"ހަލުވި ފޯވަޑް" އައްސަދު އަލީ (އަޑުބަރޭ) ވެސް މިއަދު ހުރީ ޖުމްހޫރީ ޕާޓީއާއެކު ކަމަށާއި އޭނާގެ ހަލުވިމިނުގައި ގޮސް ޖޭޕީ އިން ކާމިޔާބު ހޯދާނެ ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެެ.

ސަމީރު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން އެ ޕާޓީގެ މައި ޖަގަހަ އަދި އޮފީސް ކަމަށްވާ މ. ކުނޫޒުގައި މިރޭ ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޑުބަރޭ ޖޭޕީ އާއި ގުޅުމުން އެކަމަށް މަރުހަބާ ވިދާޅުވެ ސަމީރު އިތުރަށް ވިދާޅުވީ އަޑުބަރޭގެ ހަލުވިމިނުގައި ޖޭޕީއިން "ގޯލު ޖަހާ ހިސާބަށް" ދާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ "ގޯލު ޖަހާ ހިސާބު" އަކީ މި އަހަރުގެ ފަހު ކޮޅު އޮންނަ ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯދުން ކަމަށް ދޭހަވާ ގޮތަކަށެވެ.

ސަމީރު މިރޭ އިތުރަށް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޭޕީގެ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ޕާާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ކިބައިން އެކަމަށް އެހީތެރިކަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާއި ބެހޭގޮތުން އޭނާ ވިދާޅުވީ ގާނޫނުގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ކެނޑިޑޭޓަކު ޖޭޕީއިން ނެރޭނެ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އެ ކެނޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް  ވާނެ ކަމަށް ކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ ގާސިމްއަށް ގުޅުއްވައިގެން ވާޙަކަ ދައްކަވާ ކަމަށާއި އޭނާގެ އެދިލެއްވުމަކީ ވެސް ޕާޓީގެ ހަަރަކާތްތައް ބާރަށް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ޕާޓީގެ ހަރަކާތްތައް އަތޮޅުތެރެއަށް ވެސް ގެންދިއުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. މިއީ ފުޓްބޯޅަ ދަނޑެއްނޫނެވެ. މިއީ ސިޔާސީ ދަނޑެވެ. އެހެންކަމުން މިދަނޑަށް ބޭނުންވާނީ އިޚްލާޞްތެރި ސިޔާސީ ތަޖުރިބާކާރު ބޭފުޅުންނެވެ. ތިޔަ އަޑުބަރޭ އަކީ ހުރިހާ ޕާޓީތަކެއްގައި އުނގުޅެމުން ދުވާމީހެކެވެ. ހަމަ މާދަމާވެސް އެހެންދިމާލަކުން ރިލޯޑްކޮއްލާއިރަށް އެދިމާލަށް ދާނެއެވެ. އެހެންކަމުން މާމޮޅުކަމެއް ކުރެވިގެން ތިޔަ ވާހަކަ ދައްކާނެކަމެއްނެތެވެ. ޖޭޕީން އެންމެފުރަތަމަވެސް ކުރަންވީކަމަކީ ޕާޓީގެ ރޫޙާނީ ލީޑަރު ގާސިމު ދިވެހިދައުލަތަށް ދަރާއޮތް ދަރަނިދައްކާ ޚަލާޞްކުރުމެވެ. ދެވަނަކަމަކީ އެކި އެކި އަމިއްލައެދުމުގައި ޖީބުބޮޑުކޮށްލަން ރީނދޫ ޕާޓީންއައިސްތިބި ބޮންތަށި ސަމީރުމެން ކަހަލަ މީހުން ޕާޓީން ބޭރުކުރުމެވެ. ތިންވަނަކަމަކީ ޕާޓީ އަށް ސާބިތުކަން ގެނައުމެވެ. އެގޮތުން ނަމޫނާ ޕާޓީއަކީ އެމްޑީއޭ އެވެ.

 2. މުހަންމަދު

  ކަލޯ ތީ މިހާރު ރިޓަޔާޑް ފޯވާޑެް

 3. ފޯވާޑު؟؟؟

 4. ސަމީރު ބުނި ތައްޔާރަށް ހުރި އެއްކެޑިޑޭޓް ކޮބާހޭ؟

 5. ސަމީރަށް ފޯވާޑުންނާއި މިޑްފީލްޑަރުންނާ ވަކިކުރަން އެނގޭބާ؟ އަޑުބަރޭއަކީ ފޯވާޑެއް ނޫން. އެއީ މިޑްފީލްޑަރެއް. ސަމީރަކީ މެދުރޮނގާ ހަމައަށް ސައްޕު ނުޖެހޭ ގޯލްކީޕަރެއް.

 6. ތީ އެއްވެސް އަގެއްނެއް މީހެއް ...އެޭނާގެ ވަނަމުންވެސް އެކަން ދޭހަވޭ...

 7. އަޑުބަރޭއަކީ ތޮއްޑޫ ކަރާގެ ފަހަތުން ދުވާ މީހެއް.

 8. ރާއްޖޭގެ އެންމެ އަޚްލާގު ގޯސް ކުޅުންތެރިޔާ.......................

 9. ޖޭޕީ ފުޓްބޯޅަ ކުޅެންފަށަނީބާ!

 10. ފޯވާޑު ހަލުވި!
  އެކަމަކު ޕާޓީ ބަރަވެލި ސްޕީޑް
  ބޮސް ގައިދީއެއް!؟ހެހޭ

 11. ސަމީރު ކަލޭވެސް މޮޔަފުޅު ވީ ދޯ

 12. އަސްފާގަށް ވުރެ ހަލުވި މޮޅުފޯވާޑެއް ރާއްޖެއަކު އަދިޔަކު ނުހުންނާނެ އަސްފާގު ހިރީ ސަރުކާރާއެއކް ތީފޯވާޑެއްނޫން ފޯގާޑެއް

 13. ކޮންމެ ކަރައެއް ފަހަތުގާ ބަރު އަޑެއް.

 14. ގާސިމް އަޅާދީފައި އޮތް ޓާފް ދަނޑެއް ވޮލީ އަދި ބަށި ކޯޓެއް ނޯންނާނެ މިރާއްޖޭގައި. އަދި އޭނަގެ އެހީތެރިކަމެއް ނޯންނާނެ. ޢެއިން އެއްވެސް ކަމެއް ވީމާ ތިކުޅުން ތެރިއާ ކުޅެން ޖެހޭނީ މިސަރުކާރުން އަޅާފައި ހުރި ދަނޑުތަކުގައި. ރައީސް ޔާމީން އުފައްދަވާފައި ތިބި ޒުވާން ކުދިންނާއެކު. މީދޯ ހަގީގަތަކީ.

 15. ގާސިމު ފެލާ ގުރޫޕް...އަޑު ބަރޭތީ އެއްވެސް ބަރު ދަނެއް ހުރި ސިޔާސީ މީހެއް ނޫން...ވ ލަދުހަޔާތް ކުޑަ ނުކިޔާވާ ހުރި މީހެއްތީ...މާ މޮޅުތަކެއް ވާނެޔޭ ހީވެގެން ތިއުޅެނީ...

 16. މުސްކުޅިއެއްގެ ވާހަކަ ތިބުނީ ރިޓަޔާޑް މުސްކުޅިއެއް

 17. ޝަރުތު ތިހިރީ ހަމަވެފާ! ދެން ފުރަގަސް ލައިގެން ހުރޭ!

 18. މޮފަހަރުތިނެގުނީ ރިޓަޔާޑް ފޯވާޑެއް

 19. ބޮލި މުލައް

  އެއީ ޢަލީވަހީދު ގެންގުޅޭ ޕްލޭ ބޯއީ އޭނަ ދިޔަތަނަކަށް ޖެހޭނީ ދާން