ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބަދަލު ކުރަން ރައްޔިތުން ބޭނުން ނުވާ ކަމަށާއި ރައްޔިތުން އެމްޑީޕީ އަށް އިތުބާރު ކުރާ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ވައްކަމާއި ކޮރަޕްޝަން މި ސަރުކާރުގައި ވެސް އެބައޮތް ކަމަށް ފާހަގަ ކުރައްވައިފައވެެ. ނަމަވެސް މިހާރު އެ މައްސަލަތައް އެއްވެސް ހުރަހެއް ނެތި ބެލުމަކީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅުުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވަނީ ޖޭއެސްސީގައި އެމްޑީޕީގެ ނުފޫޒު އޮތް ކަަމަށް ބުނާ ވާހަކަ އަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީ އަށް ރައްޔިތުން ދިނީ ޖޭއެސްސީގައި އެމްޑީޕީ މެމްބަރުން ގިނައިން ތިބޭނެކަން އެނގި ތިބެ ކަމަށާއި އެމްޑީޕީ އަށް ރައްޔިތުންގެ އިތުބާރު އޮތް ކަމަށް ވެސް އާޒިމް ވަނީ ފާހަގަކުރައްވއަިފައެވެ.
" ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމީ ޖުޑީޝަރީ އިސްލާހު ކުރުންތޯ؟ ނޫން. ޖުޑީޝަރީ އިސްލާހުކުރުމަކީ ފައިސާ އަށް ހުކުމްކޮށްދިން މީހުންނާ މެދު ފިޔަވަޅު އެޅުން. މިއީކީ ނިދާ ހޭލާ އިރު ރަނގަޅުވާނެ ކަމެއް ނޫން. މިކަންކަމަށް ވަގުތު ނަގާނެ. މިކަންކަމަށް އެމްޑީޕީ ސަރުކާރަށް އައީމަ ރައްޔިތުން ތިބީ ފެންބޮވައިގަނެފައި. އެއީ ރައްޔިތުންގެ އުންމީދު އެމްޑީޕީއާ މެދު އޮތް އުންމީދު." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މި ސަރުކާރުގައި ވެސް ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ފެނުނު ނަމަވެސް މި ސަރުކާރުގައި އެކަން ހިނގާ ނިސްބަތް މަދުކަން ދުނިޔޭގެ ކޮރަޕްޝަންގެ އިންޑެކްސް އަށް ބަލާލުމުން އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަނީ އިންސާފު ވެރި ފަނޑިޔާރުގެ އެއް ގާއިމް ކުރަން ކަމަށާއި އެކަން ނުކުރެވެނީސް ކަންކަމުން އަތްދޫކޮށްލާނީ ކަނޑުކޮސް ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެންނަށްތާ އެނގެނީ ނުހައްގުން ކިތައް ހުކުމްކޮށްފިކަން. ފައިސާ އަށް ކިތަައް ހުކުމްކޮށްފިކަން. ގާތް ތިމާގެ މީހަކަށް ވީތީ ކިތައް ހުުކުމް ކޮށްފިކަން. އަޅުގަނޑުމެން މުޒާހަރާއަކުން ކޮންމެވެސް އެއްޗެއް ކިޔާފަ ގެންދާނެ. ތަހުގީގުކުރަން އެއް މަސް ދުވަސް ބައިންދާނެ ޖަލުގައި. މިހާރު ކާކުތޯ ތަހުގީގު ކުރަން ބައިންދަނީ. ހުދު ރައީސް ޔާމީންވެސް ނުބައިންދާ. މިއީ އިންސާފުގެ ބައިބައިތާ މި އަންނަނީ. މިދިޔަ ސަރުކާރުގެ ހުރިހާ ވަޒީރުން، ހުންނާނީ ވައްކަން ކޮށްފަ. ޖަލަށް ނުލާ ތަހުގީގު ކުރަން. އެބަ އެނގޭތާ އަދުލު އިންސާފު ރަނގަޅު ވާކަން. އިސްލާހުވެ ކުރިއަށް އޮތްތަނުގައި ޖޭއެސްސީގެ ކޮމްޕޮސިޝަންވެސް ބަދަލުވާނެ. އެއީ އިތުބާރު ހުރި ޖުޑީޝަރީއެއް ހޯދާދީފަ. ދެން އަޅުގަނޑުމެން އަތްދޫކޮށްލާނަން ހުރިހާ އެއްޗަކުންވެސް. އެހެން ނޫނީ އަޅުގަނޑުމެން ދޫކޮށްލައިގެން އަޅުގަނޑުމެން ވާނީ ކަނޑުކޮސް ބަޔަކަށް." އޭނާ ވިދާޅުވިއެވެ.
އާޒިމް ވަނީ މިދިޔަ ސަރުކާރުން ތަރައްގީގެ ނަމުގައި ބޮޑެތި ވައްކަންތައް ކޮށްފައިވާ ކަމަށް ވިދާޅުވެ މިދިޔަ ސަރުކާރަށް ވަރަށް ބޮދަށް ފާޑު ވިދާޅުވެފައެވެ.
ޖޭއެސްސީ އަކީ ސިޔާސީ މީހުންގެ ބޮޑު ގުޅަ މާވަހަރު އެއްވެސް ބަޔަކު އެދޫކޮށެއް ނުލާނެ !
ނެތް.ތިބުނީ ހުރިހާ ބާރެއް އޮތީ އެމްޑީޕީ މުށުތެރޭގައޭތަ؟ރަނަގަޅު އެހެންވިއްޔާ ތިން ބާރުން އަތްދޫކޮށްލީމާ ކަލޭމެންގެ ބާރުކެނޑޭނަތާ އެހެންވެ ތި ބުނީ ކޮހޭ ކޮހޭ ދޯ
ރައްޔިތުންނަށް ވަނީ ކިތައް މީހުން ހަމަވީމަ؟
އަހަރުމެންވެސް މީ ތިބުނާ ދިވެހި ރައްޔިތުން . އަހަރުން ބޭނުން ބަދަލުކުރަން.
ދުވަހުގެ ޖޯކު.... 😀😀😀😀
މަޗާ މިދިއަ ސަރުކާރުގަ ވައްކަން ކުރިވަޒީރަކީ އެންޑީޕީން އެޅުވިފަނި އެހެން ވަޒީރަކުވައްކަން ކުރިވާހަކައެއް ނެއް މިސަރުކާރުގަ ކިތައް ވަޒީރުންތޯ ވައްކަން ކޮއްގެން ވަކިކުރީ ދެން ސަރުބަތު ބޮއެގެން ހުރެ ކޮންވާހަކައެއްތޯ ތިދައްކަނީ؟ ކައުންސިލް އިންތިޚާބުގަ ރައްޔިތުން އިތުބާރު ކުރާވަރު ދައްކާނެ...
ރާއްޖޭގެ ރައްޔިތުންނަކީ ހަމައެކަނި މޑޕ އަށް ކުއްޔަށް
ނަގާ ފައި ތިބި ގުންޑާ އިންނެއްނޫނެވެ.
ޖޭއެސްސީ ބަދަލުކުރުމުގައި ރައްޔިތުންގެ ހިޔާލުހޯދާ ވޯޓެއް އަދި ނުނަގާ. ކޮން ދޮގެއް އާޒިމް ބޮޑު އިބިލީހުގެވެސް އިބިލީސް ތިހަދަނީ. މި މޑޕ ގަ ދޮގުހެދުމުގެ ޕީއެޗްޑީ ނެތް ހަމަ އެކަކުވެސް ނެތީތަ؟
ދައްޖާލު ދޯމިއީ؟
ފެންނަ ފެނުމަށް ހީވޭ!
ލައްބަ މަނިކުފާނު، މިހާރު ޖޭއެސްސީން ކަންކަން ކުރަނީ ތިޔަބޭފުޅުން ހިތްރުހޭ ގޮތައްވީމަ، ބަދަލު ކުރާކަށް ނުޖެހޭނެތާއެވެ. ވައްކަމުގެ ތުހުމަތުގަ ކުރެވުނު ފަނޑިޔާރަކުވެސް، މެމްބަރުގެ ނުފޫޒުން ފިޔަވަޅެއް ނޭޅިއެވެ.
ދިވެހި /ހުރިހާރައިތުން؟ނޭނުބުނާށެ އެބާާރެތްނޯނަނެއެވެ ހަ މަޔަގިނުންވެސް އަހަރެންބެނު އެެ މްޑީޕި އަތްދޮށުން ޖުޑިސަޜީ މިނިވަން ކުރަން މިސަރުކާރުބަދަލްކުރަން
އަހަރެން ކުރިން އިތުބާރު ކުރިން ، މިޙާރު ޕްލެޓް އަތުލާ ދޯކާ ދިން ފަހުން އިތުބާރު ނުކުރަން ވަގު ޔާމީން މާ ރަނގަޅު. ހަމަ ހުވާ މިބުނީ އެމްޑީޕީ އަކަށް ވޯޓެއް ނުލާނަން
ކަލެއަށް މާބޮޑަށް އެނގެނީ ހާމާނު. މޑޕ ބާގައިގެ މީހުން އެކަނި ކަލޭމެން ހިންގާ ޖަރީމާތަކަށް އިތުބާރުކޮށް ރުހި ގަބޫލުވަނީ އެހެން ހުރިހާ ރައްޔިތުން ކަލެއަކަށްވެސް އޑޕ އަކަށްވެސް އިތުބާރެއް ނުކުރޭ ނުވެސް ކުރާނެ
ރައްޔިތުންނޭ ތިކިޔަނީ އެމްޑީޕީ މެމްބަރުންނަށް ހެއްޔެވެ. ގައިމުވެސް ރައްޔިތުންގެ ބޮޑު ޕަަސެންޓެއް މިހާރު އެމްޑީޕީ އަކަށް އިތުބާރެއް ނުކުރެއެވެ.
ޖޭއެސްސީއެއްނޫން މުޅި ވެރިކަން ބަދަލުކޮއް މޑޕ މުޅި މިގައުމުންވެސް ފޮހެލަން ބޭނުންވަނީ.
މީނާއައް ރައްޔިތުންނެއް ނޭނގޭނެ މީ ހަމަ ޖާބިރު އަބަދު ހަމައިންނެއްޓިފަ ..ބޮޑު ދއްޖލު..ހެޔޮނުވާނެ މީނާ ނުނާއެއް އަޑުވެސް އަހަން .. މޒިނާވެސް ބުނާނެ މަމީ ރައްޔިތުންގެ މެންބަރެކޭ...ބޯގޯސް...ލަނޑަޔާ ވާނީ ހަމަ ލަނޑާ..
މެންބަރޫ > މިހާރު ތިޔަ ދައްކަވަނީ ކޮންފަދަ އަކުން؟ ކުރީ ދެއްކެވީ އެހެންފަދަޔަކުން.