އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީއަށް އިތުރު ބަޔަކު މިރޭ ގުޅިއްޖެއެވެ.

މިރޭ ޖުމުހޫރީ ޕާޓީގެ މައި ޖަގަހާގައި އަލަށް ޕާޓީ އަށް ސޮއިކުރެއްވި ފަރާތްތަކަށް މަރުހަބާ ކިޔުމަށް ވަނީ ހާއްސަ ރަސްމިޔާތެއް ބާއްވާފައެވެ.

މިރަސްމިޔާތުގައި ވަނީ ބައެއް ކައުންސިލް މެންބަރުންނާއި ބައެއް އާންމު މެންބަރުން ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވެއެވެ. ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ދިވެހި ރާއްޖޭގެ އެންމެ"ހަލުވި ފޯވާޑް" އައްސަދު އަލީ (އަޑުބަރޭ) ވެސް ހިމެނެއެވެ.

މިރަސްމިޔާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޭޕީގެ ހަރަކާތްތައް އިތުރު ކުރަން ޖެހޭ ކަމަށް ޖުމުހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނެރަލް ސަމީރު ވަނީ ވިދާޅުވެފައެވެ. އަދި އެ ޕާާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ކިބައިން އެކަމަށް އެހީތެރިކަން ބޭނުންވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރިޔާސީ އިންތިހާބާއި ބެހޭގޮތުން އޭނާ ވިދާޅުވީ ގާނޫނުގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ކެނޑިޑޭޓަކު ޖޭޕީއިން ނެރޭނެ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އެ ކެނޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ވާނެ ކަމަށެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސެއިން ރަޝީދު ވިދާޅުވީ ޖުމުހޫރީ ޕާޓީ މިއަދު މިވަނީ ވަރަށް މުހިއްމު ފައްތަރަކާއި ކުރިމަތި ލާފައި ކަމަށެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ވަރަށް މުހިންމު ދުވަސް ކޮޅެއް, ރާއްޖޭގައި މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބު ވަނީ އަޅުގަނޑުމެނާއި ބޯމަތިވެފައި. މި ދަޑިވަޅުގައި ޕާޓީއާއި ގުޅިވަޑައިގެންނެއްވި ބޭއްފުޅުންނާއި, މުހާތަބުކޮށް އެއްޗެށް ދަންނަވާއިރުގައި އެެއްކަމަކީ އަޅުގަނޑުމެން އެބަޖެހޭ, ކުރިއަށް އޮތް ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާކުރުމަށް ގަދަ އަޅައި މައްސަކަތް ކުރަން." ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ޑރ ހުސެއިން ރަޝީދު ވިދާޅުވީ މިކަން ކާމިޔާބު ވާނީ ކޮންމެ މީހަކުވެސް ވަރަށް ކެރިގެން ފަހަތަށް ނުޖެހި މައްސަކަތް ކޮއްގެން ކަމަށެވެ.

"ކޮންމެ މީހަކަށްވެސް މި އިންތިހާބު ކާމިޔާބުކުރުމުގައި އަދާ ކުރެވޭނެ ދައުރެއް އޮންނާނެ " ހުސެއިން ރަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފޑ

    ބުރުމާ އަނެއްކާ ޔާމީނާ ގުޅިގެން ޔާމީން ހޮވާ އޭރުން އޮންނާނީ ވާނެ އެއްޗެއްވެފަ.

  2. އަލްޖިބިރީލް

    ކޮންމެ ފަހަރަކުވެސް ވޯޓު ކައިރި ވީމާ ތިވަރު އަރުވާ..ހަރާން ވާކަމެއް...

  3. ހުސެން

    ދަނގެތީީ ކައުންސިލަރުކޮބާ އޭނަސޮޢިކޮށްފީޔާ
    ޤާސިމު ހޮވޭނެ މިއީތިލަދުންމަތިންފެށިގެން
    ފޯމުލކާދޭތެރޭގެ ހުރިހާވޯޓް

  4. އަޙްމަދް

    ޖުމުހޫރީ ޕާޓީތާ؟ ގުއިރޯނު ޕާޓީތާ!؟ހެހޭ.

  5. މާމިގިލީ މީހާ

    ޖޭޕީ އަކީ އެންމެ ކަޑަ ޕާޓީ ރާއްޖޭގައި އޮތް.. ދެން އަނެއްކާވެސް ޕާޓީ އަށް ސޮއިނުކުރާ ވުއައްޒިފުން ކަޑާ ލާނީ.. މުއައްޒިފުންނަށް ބިރުދެއްކިޔަސް މިޕާޓީއަށް ނުވަންނާނެ އެއްވެސް މީހަކު..ސީވެސް ރަނގަޅަށް ނުދޮންނަ މީހުން އުޅޭނީ..

  6. އަލިފުއަތޮޅު

    ސަމީރުއާއި ހުސެންރަޝީދު ތީ ކަމުދާ ބައެއް ނޫން.....
    # ދެއްކޭ ނުދެއްކޭ ވާހަކައެއް އެގެނީކީނޫން،
    # އެއްދުހު ދެއްކޭ ވާހަކަ އަނެއްދުހު ހަނދާނެއް ނުހުރޭ،
    # ޕާޓީގެ ލީޑަރު ރުއްސަން ދޮގުހަދާކަން ސާބިތުވެފައިވޭ،
    # ޕާޓީން ބޮޑުމުސާރަ ނަގާ،
    # އެހެންޕާޓީއެއްގަ އުޅެފަ ޑީލް ހަދައިގެން ޖުމްހޫރީ ޕާޓީއަށް އައި... އަދިވެސް އަދިވެސް..

    • އަސްލުވެސް

      ތި ދެމީހުން ތީ ޖުމްހޫރީ ޕާޓީގެ ހަލާކު... ތީ އެމްޑީޕީން އައި ދެފުއްކެހެރިން..

    • އިބޫ

      ހުސޭނު ތިޔައީ ވޭމަންޑޫމީހުންގެވެސް ބަލައިގަންނަ މީހެއްނޫނެވެ. ސަމީރު ތިޔައީ އޭނަ ހޮވި ދާއިރާއިން ފެއިލްވެފަ ހުރި މީހެކެވެ.

  7. ޙަފްޞާ / މާލެ

    ސޭޓް ފެލާލުމަށް އަންނަ ދުވަސްވަރު މި ޖެހެނީ! ސޭޓް ބޮލެއް ނެތި ޚަރަދުކުރާނެ ބުނިވަރަކަށް! 3 ފަހަރު ލަނޑުދިންއިރުވެސް އަދިވެސް ހަމަ ޣާފިލްކަމުގަ ސޭޓް އެހުރީ!