ރައީސް އަބްދުﷲ ޔާމިން މިނިވަން ކުރުަމަށް ގޮވާލާ އިދިކޮޅު މަޖިލީސް މެމްބަރުން މަޖިލީސް ކުރާ ގޭގަގައި ގެންގުޅުއްވި ބެނާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަން މިއަދު ލިބިއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކުރައްވައިފައެވެ. އަދި މަޖިލިހުގެ ޗެމްބަރު ބޭރުގައި މެމްބަރުން ވަނީ ހަމަހިމޭންކަމުގެ އިހްތިޖާޖެއް ކުރައްވައިފައެވެ. ބައެއް މެމްބަރުން ހިފަހައްޓައިގެން ތިއްބެވި ބެނާގައި "ރައީސް ޔާމީން މިނިވަން ކުރޭ"، އަދި "ރައީސް ޔާމީނަށް އިންސާފު ހޯދައިދީ" މިހެން ޖަހާފައިވެއެވެ.

މި އިހުތިޖާޖް ކުރިއަށް ދިޔަ ގޮތް، ކުޑަ ވަގުތުކޮޅެއް ވަންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލިހުގެ ރައީސް ނަޝީދު ވެސް ބައްލަވާލެއްވިއެވެ. އަދި އިދިކޮޅު މެމްބަރުންނާ، ދެ ރައީސުން ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު "ވަގުތު" އަށް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ބެނާއެއް ހިފަހައްޓައިގެން ހުންނަވާ، ރައީސް ސޯލިހަށް ދެންނެވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އެމަނިކުފާނަށް ދެމުން ގެންދަވާ އަނިޔާތައް ހުއްޓާލުމަށް ކަމަށެވެ.

އަދި ރައީސް ޔާމީނަށްް އިންސާފް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، އެމަނިކުފާނަށް އިންސާފް ލިބެދާނެތީ އެކަމަށް ސަރުކާރުގެ ތެރެއިން ހުރަސްއަޅާ ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވި ކަމުގައި ސައީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ރައީސް ޔާމީނު މިނިވަން ކުރުމަށާއި އެމަނިކުފާނަށް ދެމުން ގެންދާ އަނިޔާ ވަގުތުން ވަގުތަށް ހުއްޓާލުމަށް، ރައީސް ސޯލިހް ދެންނެވި ބަލައިދޭނަމޭ." ސައީދު ވިދާޅުވިއެވެ.

ސައީދުު ވިދާޅުވީ ރައީސް ޔާމިންއަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެކަނިކުފާނު ވަގުތުން މިނިވަން ކުރުމަށް ރައީސް ސޯލިހަށް ދަންނަވާފައިވާނެ ކަމަށެވެ. އޭގެ ޖަވާބުގެ ގޮތުގައި ރައީސް ސޯލިހް ދެންނެވީ އެ މައްސަލަ އިންސާފްވެރިކޮށް ނުދާ ނަމަ ބައްލަވާނެ ކަން ކަމުގައި ސައީދު ފާހަގަކުރެއްވިއެވެ.

މަޖިލިސް ތަޅުމުގައި އިދިކޮޅު މެންބަރުން މިއަދު ހާޒިރުވެ ނެތީ އެ މެންބަރުން ބެނާއެއް ހިފައިގެން ތަޅުމަށް ވަންނަން އުޅުމުން، އެކަމަށް މަޖިލީހުގެ އިދާރާއިން ފުރުސަތު ނުދިނުމުން ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސޯލިހު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ މަޖިލިސް އިދާރާ ސަރަހައްދުގައިވެސް އިހުތިޖާޖު ކޮށްފައެވެ. އެ އެއްވުމުގައި 200 އެއްހާ ސަޕޯޓަރުން ބައިވެރިވެފައިވާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި، ދެޕާޓީގެ ލީޑާޝިޕްގެ އިސް ބޭފުޅުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކަނީރު

    ބެނާނަގައި ހޫރައެއްނުލާދޯ!

    27
    27
  2. ކަނީރު

    ބެނާނަގައި ހޫރައެއްނުލާދޯ! މިސަރުކާރަށް ހަޖަމުވާނެ.

    31
    62
  3. ނަޖީބު އައްބާސް

    އަގަނޑު ގަބޫލު ކުރާގޮތުގަ ރައްތުން ފައިސާއިން ވައްކަން ކޮއްގެން ޖަލައް ލައިފަހުރި ބޮޑުވަގެއް ސަލާމަތް ކުރަން މިފާޑައް އުޅޭނީ ގައުމައް ގައްދާރުވާމީހުން

    39
    109
    • ސަނީ

      އަހަންނައް ފެންނީ ދަތް ކޮއްޓާ އިލޮށިން ވަންކަން ކުރި ކިނބުލެއްގެގެ ދިފާއުގަ އުޅޭ ވަގެއްް ކޮމެންޓް ކުރާތަން..

    • Anonymous

      ބެނާ ކުރިމަތީގަ އެތިބީ ތިބުނާ ދެމީހުން ދޯ.

    • ޙަސަނާ

      އަސްލުވަގުކަލޭގެ އަތުންލާރިގަޑު ނެގިފަ އޮތީމަ ބޮޑުވަގު މޕރސ ދަވާލި މީހާ އެހުރީ ހުޅުމާލެ އަމިން އެވެނު ގަ ސަރުކާރުގެ ހިމާޔަތުގަ އަންނި ބޭނުންވަނީ ޔާމިނުގެކިބައިންބަދަލުހިފަން 5އަހަރުނިމެންދެން ޕޕމ ކުދިން ޔާމިނުގެ ތާއީދު އޮތް ކެންޑިދޭތެއްނަގައިގެން މިހާރުންސުރެ މަސައްކަތްކުރުންބުއްދިވެރި..

  4. ޢަސްލުލުތުފީ

    މާތް ﷲ މިނުބައި ލާދީނީ ފާސިގުންގެ ކިބައިން ގައުމު ސަލާމަތްކުރާނެ ދުވަހަ ކީ މިރާއްޖޭގެ ތާރީހު ދެ ކޭނެ ދުވަހެއް މިފަދަ ނުބައި ބަޔަ ކައްވޯޓުދެވުނީ މިމީހުން ދެއް ކި ފޮނިވާހަ ކައިން ނަމަވެސް އަދުލުއިންސާފު ވަނީ ވެއްޔާމޮޑެވިފަ ބަރަހަނާ ރަނޑާލިން ތަ ކެއް އެންމެފަހުބަސްބުނާ ތަނައް ވެރި ކުރުވުމަ ކީ ވަރައް ރުޅިއައި ކަމެއް އަދި ޑިފެންސްގެ މަތީމަގާމުގަވެސް އެފަދަ ކުނިމިލަ ބާގީން

    3
    1
  5. ހުސެން

    އެމްޑީޕީ މެމްބަރުންނަށް މަޖުލިސް ތެރޭގައި ޢިހްތިޖާޖް ކުރެވޭ.އެހެން މީހުންނަށް ނުކުރެވޭ .މިއީ ކޮން ވައްތަރު ކޮރު ޑިމޮކޮރޮސީއެއް

    4
    1
  6. މެކުނު

    ޔާމީނައް އެހާލުޖެއްސިމީހުން މިގޮވަނީ އަނިޔާނުކުރާށޭ

    2
    1
  7. ރަނަލް

    ޕިސް ޕިސް... އިޒް ޔާމީން މޯ އިމްޕޯރޓެންޓް ދެން އަސް ޕީޕަލް؟؟؟؟ ހީ އިޒް ނޮޓް ގޯޑް... ސުޓޮޕް ޓުރީޓިން ހިމް އޭޒް ސަޗް....

  8. ރ

    މިސަރުކާރުގަ މިރިބީހުސް ވަގުން ގައުމައް ގައްދާރުވާ މީހުންވެސް ތިބީމިސަރުކާރުގަ އެމް އެމް ޕީއާރްސީލާރުގަޑު ކައިގެންވެސް ތިބީ ހަމަ މިސަރުކާރުގަ ވަގުންގެ ސަރުކާރު ބޮަޑު ވަގު އިބޫ ބޮޑުވަގު ލާދީނީ އަންނި

  9. އަދިކިރިޔާ މިލިބުނީ

    އަޞްލު ގަޓުހުރި ރައީސެއް މިލިބުނީ އަދި ކިރިޔާއެވެ. އިދިކޮޅުން ޙަރަކާތް ހިންގަމުން ދަނިކޮށް އެމީހުންގެ ކައިރިއަށް ވަޑައިގަނެ އެމީހުންގެ ބޭކާރު ވާހަކަތައް އަޑުއެއްސެވޭނީ ވަރަށް ގަޓު ހުރީމަ އެވެ. ކުރީގަ އުޅުނު ފޭކް ގަޓް ރައީސް ހެއްދެވި ގޮތަކީ، އެމަނިކުފާނާއި ޚިޔާލު ތަފާތުވާ މީހަކު ވިއްޔާ، ގަދަކަމުން ހިފާ ހައްޔަރުކޮށް ޖަލަށް ލަނީ އެވެ. އެމީހެއްގެ ފިރިހެން ދަރިޔަކު ހުރިއްޔާ އެދަރިވެސް ދޫނުކުރައްވަ އެވެ.

    1
    2
  10. ގޮނޑި ކޮއްކޮ ސަރުކާރު

    ކޯއްޗެއް ހަޖަމުވާ ބައެއް. ލާދީނީ އެމްޑީޕީގެ ލާދީނީ ސަރުކާރަކީ ރައްޔިތުންނަށް ޖެހިފަ އޮތް ބަލާ މުސީބާތެއް.
    ތިމީީހުންނަށް ބެނާއެއް ނުފެންނާނެ އެބައި މީީހުންނަކީ ލޯކަނު ކަންފަތް ބީރު ބައެއް.

  11. ލާދީނީ ވަގުސަރުކާރު އިސްޔިއުފާ

    މިސަރުކާރަށްހަޖަމްވެފައެއްނު އެއޮތީ ދެންއަތްޖަހާ ބެނާއެއްއެކަނި ދޯ އޮތީ ހަތިޔާރެއްނެތް މޭޒުމައްޗަކަށް ކޮޅުފައިންނެއްނާރާ ދޯ ސަރުކާރަށް ތިއޮތީ ހަޖަމްވެފަ ދެންވެސް ދެކޮޑުހުޅުން ދެއަތްނެއްޓޭ ވަރަށް އަތްޖަހާ!

  12. ✓kek

    😂?vagun minivan kurun ae justice

  13. ާއަބޫ

    މިއީ ވަރަށް މާނަ ފުން އަދި ތާރީޚީ ހާދިސާއެއް. އަސްލު މިހާދިސާއިން އަޅުގަނޑަށް ފާހަގަވި ކަމަކީ ރައީސްގެ ސާބިތު ކަމާއި ހިތްވަރު، ހިތްތިރި ކަމާއި ޓޮލަރެންސް. އޮޕޮޒިޝަންގެ އިހުތިޖާޖުތައްވެސް އިހުތިރާމާއި އެކު ގަބޫލު ކުރެއްވިކަން، ކައިރިން ބެއްލެވުމުގެ ގަޓު ހުރިކަން.

  14. މެޑަމް ފާތު

    ވަކަސައީދުގެ ރިޔާސީ ކެމްޕައިންދޯ.

  15. އެމަންޖެ

    މިސާރުކާރު މާގިނައިން ކައިފި ލާދީނީ ނަޖީބު އައްބާސް.

  16. އަޙްމަދު

    ދެންނެވުމާއިވިދާޅުވުމާއިތަފާތެއްހުރިކަންނޭގޭގަމާރެއް!
    އެކަމަކުހަމަވަޒީރުކަމާއިމަޖިލީގުމެންބަރުކަންވެސްކުރަނީ! ވިސްނާލާދިވެހިންގެޙާލަތު! މިކަހަލަގަމާރުން
    އަހަރުމެންގެވެރިންނަށްތިބޭހާދުވަހަކުދިވެހިންނަށްހަމަ
    ލިބޭނީނިކަމެތިކަން!