ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ގަޑީގައި އިހުތިޖާޖް ކުރެއްވުމުން، އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ ގައިގައި ޖެއްސެވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް ފެއްޓިވެ ހިސާބުން ފެށިގެން ޖާބިރު ގެންދެވީ މަޖިލީހުގައި އަޑުގަދަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރީ މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ނުކުރާތީ ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ހުރީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ރައީސް، ރިޔާސީ ބަޔާން އިއްވެވުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަކުރެއްވި އިރު، ޖާބިރު ވަނީ ބައިގަޑިއިރެއްހާ އިރު ވަންދެން އަޑުގަދަ ކުރައްވައިފައެވެ. ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވީ، މި ސަުކާރުން ކުރާ ނުރަނގަޅު ކަންކަމާއި މެދު ބަސް ނުބުނެ ހަނު ހުންނަން ބޭނުން ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އަޑު ގަދަކުރީ ރޯ ބުހުތާން ދޮގު ހަދާތީ. އޮޅުވާލާތީ. އަޅުގަނޑަކީ ޑީއާރުޕީގެ ލީޑަރު. ޖަވާބުދާރީކުރުވުމަކީ އަޅުގަނޑުގެ ޒިންމާއެއް. ޖާބިރު އަކީ ކާށިދޫ ދާއިރާގެ މެމްބަރު. އޭނާގެ މަސައްކަތަށް މިއަދުވެސް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅި. އަޑު ގަދަ ކުރަން ފެށީމަ ހަތަރު ވަރަކަށް މީހުން އުޅުނު ހުއްޓުވަން އެމްޑީޕީ މީހުން އެއީ. ދެ މެމްބަރުން އަޅުގަނޑުގެ ގައިގައި ޖެހި. އަޅުގަނޑަކަށް ނޭނގެ ދެން އުފަލުން ކަމެއް ދެރަވެގެން ކަމެއް ރުޅި އައިސްގެން ކަމެއް ޖެހީކީ. ޖެހި އަޅުގަނޑު ގައިގައި." އޭނާ ވިދާޅުވިއެވެ.

ޖާބިރު ވަނީ ރައީސަށް "ކަލޭ" ބޭނުން ކުރައްވައިގެން މުހާތަބްކޮށް ރައީސްގެ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައިފައެވެ. އަދި ބޭނުން ވަނީ މަޖިލިހުން އޭނާ ނެރެންތޯ ވެސް ސުވާލު ކުރެއްވިއެވެ. ޖާބިރު މަޖިލީހުގައި އަޑުގަދަ ކުރަމުން ގެންދެވި ނަމަވެސް ރައީސް ސޯލިހް ވަނީ ހުއްޓުމެއް ނެތި ރިޔާސީ ބަޔާން ކުރިއަށް ގެންދަވައިފައެވެ.

ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ޚާއްސަކޮށް ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ގެއްލުން ވާގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ވެސް ޖާބިރު ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ސާބަހޭ ޖާބިރު

    34
    8
  2. Anonymous

    ސާބަހޭ ޖާބޭ

    34
    9
  3. Anonymous

    ސާބަހޭ ޖާބެ

    32
    9
  4. ސަންރައިސް

    ކަލޭ ކާށިދޫ މީހުންނަށް ހެދި ދޮގު މި ނޫހުންވެސް ފެންނަން ހުންނާނެ

    17
    22
    • ޑަބިޔާ

      ބުރޯ ގަބުލު ކޮއްފި މިޔަދު ސޯލިހު ދެއްކީ ހުސް ދޮގުވާހަކަ ކަން

      21
      3
      • ފުއް ޑަބިޔާ

        ސާބަހެ ޖާބެ ތި ހަމަ މޭންއެއް

        11
        2
      • ދިވެހި

        ދިވެހިބަސް ކިޔަވަންވީނު ފުރަތަމަ

  5. ރަދީފް

    ސާބަހޭ ޖާބިރު.ވާންކޮއްފަ ބަހައްޓާތި.ވ.ވެދުން

    36
    5
  6. ޟިހާ

    ޖާބިރު ހޮވީ ގާފަރު 2 އަންހެނުންގެ ވަރަށް ބުރަ މަސައްކަތުން........ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭh

    12
    11
  7. ރާގޮޑިރާޖަ

    ޙޮޑައިދޫކަތީބު މިއަދުވެސް އުޅުނީ ސަންސެޓް ފެނޭތޯ.

    17
    10
  8. ހޭބަލި

    ސާބަހޭ ޖާބެ. ތީ މޭން އެކޭ......ހެސްކިޔާފަ ކިކުގަ ހުންނާތި...މި ވެރިކަން ވެއްޓޭކަށް ނެތް މާ ގިނަ ދުވަހެއް އިންޝާ ﷲ

    20
    2
    • 2018 ޔަގީން

      2018 ކީ ޔާމީނުއޭ ހޮވޭނީ. ދެން މިހާރު ތިކިޔަނީ މިވެރިކަން ވެއްޓެނިއްޔޭ. ބަލަ ވެރިކަން ދެއްވަނީވެސް ގެންދަވަނީވެސް އެއްކައުވަންތަ ރަސްކަލާންގެ. އުއްމީދު ކުރުމަކީ ނެތްކަމެއް ނޫން

  9. އިޒުރޭލު

    އެމީހެއްގެ ގައިގަހުންނަ ފެންވަރަކުން އެމީހަކު އުޅޭނީ އެހެން ނޫންނަމަ ކަންތަށްވާނީ ޖާބިރުއަށް ދިމާވިގޮތަށް

    6
    9
  10. ނިޒާމު

    މިޖާބިރު މެންވެސް ރޯފިލާފަ ތިބީމަ ވާނުވާ އިނގޭ ވިސްނުން ތޫނު .. އަލީއާޒިމު މެންހެން ގައުމައް ހަރާންނކޯރެއްނުވޭ..އާޒިމު އަބަދުވެސް ބަލާނީ ފުޅިއެއް ދަމާލެވޭތޯ...ތިޔައީ ހަމަދައްޖާލޭ ބުންޏަސް ދޮގެއްނޫން އެވަރައް ދޮގުހަދާނެ..ވާނުވާއެއް ނޭނގޭނެ... ކީކޭ ބުނާނީދޯ ގައުގެ ހާލަތި

    5
    2