ޑޮލަރުގެ ދަތިކަން ފިލުވުމުގެ ގޮތުން ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ބޭއްވި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ބޭރު ފައިސާގެ އާމްދަނީ ދަށްވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ހޯދުމުގައި ޢާއްމުންނަށާއި ވިޔަފާރިތަކަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އެކަން ޙައްލުކުރުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ޑޮލަރު ފޯރުކޮށްދޭ މިންވަރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، (އެމްއެމްއޭ) އިން މިދިޔަ އަހަރު ތެރޭގައި 3 ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުނު ނަމަވެސް ވިޔަފާރިތަކަށާ، ޢާންމުންގެ ބޭނުންތަކަށް ޑޮލަރު ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހި ރުފިޔާގެ އަގު ހިފަހައްޓައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ، ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ދައުރުކުރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ސަރުކާރުން ކުރަންޖެހިފައި އޮތް ކަމެއް. ރައްޔިތުން ބޭނުންވާ ވަރަށް ދަތިނުވެ ޑޮލަރު ލިބޭނެގޮތް ހެދުމަށްޓަކައި، ސިޔާސަތުތައް ބަދަލުކުރުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު ދާދިފަހުން ރާއްޖެއިން ޑޮލަރު ލިބުން ތާށިވެ ކަޅު ބާޒާރުގައޮ ޑޮލަރުގެ އަގު 20 ރުފިޔާ އަށް އަރައިގެން ދިޔައެވެ. އަދި މިހާރުވެސް ކަޅު ބާޒާރުން ޑޮލަރު ލިބެނީ 18 ރުފިޔާ އާއި 17 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒާ

    ހުސްއަނގަތަޅަނީ

  2. މާމި

    ކޮންމެ ޑޮލަރެއެއްގެ ފަހަތުގަ ފަހަރި ގުރޫޕު މީހަކު ބަހައްޓާ އެއިރުން ތިކަން ހައްލުވާނެ..

  3. މަގުރޫޕް

    ދެން ފަހެ ދިވެހިން ގުނބޯ ހެނޑޭށެވެ.