ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުތު މަޖިލީހުގެ ތަޅަމަށް އިިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ނުވެއްދުމުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންނަށް މަޖިލީހުގެ ތަޅުމަށް ވަނުމުގެ ފުރުސަތު ނުދިންކަމުގެ މައުލޫމާތާއެކު "ވަގުތު" ނޫހުގައި ޝާއިއުކޮށްފައިވާ ލިޔުމެއް ހިއްސާ ކުރައްވަމުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއިން ބާރުތައް ހޯދުމަށް އަބަދުވެސް ޑިމޮކްރެޓިކް ހަމަތަކަށް ވަކާލާތު ކުރާ ކަމަށާއި އެކަމަކު އެމްޑީޕީއަށް ބާރު ލިބުމުން އެ ހަމަތައް އިސްކުރާ މަންޒަރު ނުފެންނަ ކަމަށެވެ.

ޖަމީލް ވަނީ މިޔަންމާގައި މިހާރު ހިނގަމުންދާ މިލިޓަރީ އިންޤިލާބުގެ ސިފައިންނާއި ރައީސް ނަޝީދުގެ މިޖާޒާއި ދާދި އެއްގޮތް ކަމަށް ސިފަކުރައްވާފައެވެ. މި ގޮތަށް ޖަމީލް ސިފަ ކުރައްވާފައި ވަނީ ވެސް މިޔަންމާގައި މިހާރު ހިނގަމުންދާ ގަޑުބަޑުތަކާއި ރައީސް ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ މުޒާހަރާއާ އެއްގޮތް ކުރައްވައި ވާހަކަފުޅު ވެސް ދައްކަވާފައިވަނިކޮށެވެ.

"މިއަދު ފަޅާއަރައި ނިމިއްޖެ. ތިމާމެން އަމިއްލައަށް އިސްކުރި ކަންތައްތައްވެސް ކަމަކު ނުދިޔަ. ތިޔަ އުޅުއްވަނީ މިޔަންމާގެ މިލިޓަރީ އުޅޭ ގޮތަށް. ތިޔައީ މަޖްލިސްތެރޭގައި ހަތަރެސްފައި ޖަހާފައި އުޅުނު ޕާޓީ. ތިޔައީ ރަނގަޅަށްވެސް ޑަބަލް ސްޓޭންޑަޑް. ލަދުގެ ކަންފުޅެއްވެސް ނެތީތޯ؟" ޖަމީލް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ރައީސް ސޯލިހް ރިޔާސީ ބަޔާން އިއްވަވަމުން ގެންދިޔަ ވަގުތު އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާ އެކު ސަޕޯޓަރުން ގެންދިޔައީ މަޖިލިސް ކައިރީ އިހްތިޖާޖް ކުރަމުންނެވެ. އިހްތިޖާޖްގެ ބައިވެރިން ގޮވާލަމުން ދިޔައީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށެވެ.

އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ފަހުން މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރުމުން، ބެނާ ހިފައިގެން ވަންނަން އެ ތަނުގެ ސެކިއުރިޓީއިން ފުރުސަތު ނުދިން ކަމަށް އެ ކޯލިޝަންގެ މެންބަރުން ވިދާޅުވެއެވެ. ސެކިއުރިޓީއިން އެ ބޭފުޅުން ހިފަހައްޓަން އުޅޭ މަންޒަރުތައް ހިމެނޭ ވީޑިއޯއެއް ވެސް ދަނީ ދައުރުވަމުންނެވެ.

މީގެ ކުރިން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެމްޑީޕީގެ މެންބަރުން ވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވި ޖަލްސާތަކުގައި މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގެ ތެރޭގައި އިހްތިޖާޖް ކޮށްފައެވެ. އެކަމަކު ފަހުން ސިފައިންގެ ސެކިއުރިޓީ ބަހައްޓައިގެން ބައެއް މެންބަރުންނަށް ވަންނަން ފުރުސަތު ނުލިބުނެވެ. އޭރުއާއި މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއިން ވަކާލާތުކޮށް އަޑުއުފުލި އެއް ކަމަކީ އެ ޕާޓީގެ މެޖޯރިޓީގައި އެފަދަ ގޮތަކަށް ވާދަވެރިންނާ މެދު އަމަލު ނުކުރާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ވަގު އެމްޑީޕީ ސަރުކާރު

  މިސަރުކާރުގައި ފުރަތަމަވެސް ކުރިކަމަކީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުން. ބަދަލު ދިނުމުގެ ނަމުގައި ވެރިކަމައް އައުމައް އެހީތެރިވެދިން މީހުންނައް ރައްޔިތުންގެ ފައިސާ ބަހާ ހުސްކޮއްލީ. ޔާމީނު ދައުރައްވުރެ ބޮޑު ބަޖެޓް އޮތް ދެއަހަރު ވޭތުވެދިއައިރު އެެއްކަމެއްވެސް ނުކުރެވި އޮތީ ވައްކަން ބޮޑުކަމުން.

  14
  2
 2. ސަމޭދާން ބުނި ގަތޫރާ

  ޖަމީލަކީ ތާކުންތާކުންޖެހޭ މީހެއްނޫން. ބަލާ! މިހާރުވެސް އެހުރީ މިޔަންމާގެ ދިވެހިލީޑަރާއެއްކޮށް ހަވީރުކުރާން.

  5
  8
 3. ސައީދު

  ޖަމީލް ތިބޭފުޅާ އަކީ އާއިލީ ތިމާގަ މީހެއް ވީތީ ލަދު ގަނޭ ވަގެއްގެ އަނިޔާވެރިކަމުން ސަލާމަތް ކޮށްދީއެހީތެރިވި މީހާއަ އަތުގަ ދަތް ތިއަޅަނީ ވަލުޖަނަވާރުންނަވުރެވެސްދަށަށް ތިދިޔައީ<

  4
  5
 4. އިއްސޭ

  ޖަމީލު އެހައްދަވަނީ ތެދު މި ހާރި 30 އަހަރުގެ ބާނީ ގެ ހުދުމުހުތާރު ކަމައްވުރެވެސް މިފާއިތުވި 2 އަހަރުތެރޭ އެކަނިވެސް.ވެދާނެ...މީހުންގެ ގިތްނޭނގޭ މަރު އެވަރު.....ރައްޔިތުން އަތުން އެކކިނަންނަމުގައި އެހާލާރި ދަމައިފި...ބޭރުގެ ގައުމުތައްކައް ތަންތަން ވިއްކައިފި....ނޭވާހޮޅިން ވައްކ ކަން... ބަޖަޓް ދަވާލައިފި...ހަޒާނާ ދަވާލައި....ކޮވިޑަށް މުއައްސަސާ ތަކ ކައް ފައިސާ ކަނޑަ އަޅައި އެފައިސާ ވެސް ނުދީ ދަމާލައިފި...ބޭރުގައުމުތަކުން ކޮވިޑާއި ގުޅގެން ދިން އެހީތައް ކާލާނިންމާލައިފި. ކީއްތޯ ނުކުރަނީ..

  3
  1